Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާބައިދޫ

މާބައިދޫގައި ފުލުހުން ތިބެންޖެހޭ، އާދޭސް ކުރާތާ 12 އަހަރު: ކައުންސިލް

9 އޮކްޓޯބަރު 2017 | ހޯމަ 07:30

ހާދިސާއެއް ދިމާވުމުން ކަންކުރަންވީ ގޮތް ރޭވިފައި ހުންނަންޖެހޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 9 އޮކްޓޯބަރު 2017 | ހޯމަ 07:30
މާބައިދޫގައި ހިނގި އަލިފާންގަނޑު ނިންވަން ރައްޔިތުން މަސައްކަތް ކުރަނީ

މާބައިދޫގައި ހިނގި އަލިފާންގަނޑު ނިންވަން ރައްޔިތުން މަސައްކަތް ކުރަނީ

ލ. އަތޮޅު މާބައިދޫގައި ފުލުހުންގެ ސްޓޭޝަނެއް ގާއިމް ކޮށްދިނުމަށް ފުލުހުންގެ މުއައްސަސާގެ އިސްވެރިންގެ ކިބައިން އާދޭސް ދަންނަވާތާ 12 އަހަރުވީއިރު ވެސް ހައްލެއް ލިބިފައިނުވާ ކަމަށް މާއިބައިދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާބާދީގައި 1170 މީހުން ދިރިއުޅޭ މާބައިދޫ ތެޔޮ ގުދަނާއި ، ފިހާރައިގައި އާދީއްތަ ދުވަހު އަލިފާން ރޯވި ހާދިސާއާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ނައިބް ރައީސް ޝަރީފް ވިދާޅުވީ ނުރައްކާތެރި ހިތާމަވެރި ހާދިސާއެއް ދިމާވާ ކޮންމެ ފަހަރަކު މާބައިދޫގައި ފުލުހުން ނުތިބޭތީ އެކަމުގެ ގެއްލުން ރައްޔިތުންނަން ކުރާ ކަމަށެވެ. އަދި ފުލުހުންގެ ކުޑަ ނަމަވެސް ސްޓޭޝަނެން ގާއިމްކޮށްދިނުމަށް އެދި ފުލުހުންގެ މުއައްސަސާގެ އިސްވެރިންގެ ކިބައިން އާދޭސް ދެންނެވުމުން ދެނީ ބީރުކަންފަތެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މާބައިދޫގައި ތެޔޮ ގުދަނަކާއި ފިހާރަގައި އަލިފާން ރޯވެފައި

" އަދޭސް މިކުރަނީ ފުލުހުން ރަށުގައި ބައިތިއްބައިދިނުމަށް އެދި، ނިމިދިޔަ ހަފްތާގައި ވެސް އޭސީޕީ ނަވާޒް އާއި ވެސް ބައްދަލުކުރިން، މި ގޮތަށް އާދޭސް ކުރާތާ 12 އަހަރު " ޝަރީފް ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާއެއް ހިނގާއިރު، އަލިފާންގަނޑު ނިންވާލެވޭނެ އިންތިޒާމް ރަށުގައި ގާއިމްކޮށްދިނުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށް ފާހަގަކުރަމުން ޝަރީފް ވިދާޅުވީ މާދަމާ އަލިފާނުގެ ހާދިސާއެއް ރަށުގައި ހިނގި ނަމަވެސް އަލިފާން ނިންވަން ބޭނުން ކުރާ ތަކެތި ވެސް ރަށުގައި ނެތް ކަމަށެވެ. އެހެންކަމުން ގުދަނުގައި އަލިފާން ރޯވުމުން ރަށުގެ ރައްޔިތުން އަބަދުވެސް ޖެހޭނީ ބާލިދީ ތަކަށް ފެންއަޅައިގެން ގޮސް އަލިފާންގަނޑަށް ފެންޖަހަން ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަލިފާންގަނޑު ނިންވާލުމަށް ބާލިދީ ތަކަށް ފެން އަޅައިގެން ގެންދަނީ

ލ. އަތޮޅުގޭގައި ފުލުހުންނާއި ސިފައިންގެ މައި ސްޓޭޝަން ހުންނަނީ ލ. ގަމުގައެވެ. މައިބައިދޫގައި އަލިފާން ރޯވުމުން ކައްދޫގައި ތިބި ސިފައިން އަލިފާން ނިންވުމަށް އެރަށަށް ދިޔައިރު އަލިފާންގަނޑު ވަނީ ވަރަށް ބޮޑަށް އެރަށުގެ ރައްޔިތުން ކޮންޓްރޯލް ކޮށްފައެވެ.

"ސިފައިން ރަށަށް ދިޔައިރު އަލިފާން ގަނޑު ވަނީ ކޮންޓްރޯލްވެފައި، މިފަދަ ކަންކަމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ފެނިގެންދާ އެއްބައިވަންތަ ކަމަށް ޝުކުރު ދަންނަވަން" ޝަރީފް ވިދާޅުވިއެވެ.

ލޮނުގެނެސް ވެއްޔަށް އެޅުމަށް ފަހު، ތެމިފައި ހުރި ވެލި އަލިފާންގަޑަށް އަޅަން ތައްުޔާރުކުރަނީ

ޝަރީފް ވިދާޅުވީ މީގެ ދެ މަސް ދުވަސް ކުރިން އެރަށަށް އުދަ އަރައި ރަށަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، އެރަށުގައި ފުލުހުން ތިބި ނަމަ ރައްޔިތުންނަން ނުހަނު ފަސޭހަ ވާނެ ކަމަށެވެ. ނުވަތަ ޑިޒާސްޓަރ މެނޭޖްމެންޓުގެ ފަރާތުން މިފަދަ ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ފެންޖެހުމަށާއި، ފެން ހިއްކުމަށް ބޭނުން ކުރާ ޕަންޕު ފަދަ ތަކެތި ކައުންސިލަށް ފޯރުކޮށްދިނުމަށް އެދިލައްވާ ކަމަށެވެ. އަދި ފުލުހުންނަން ނުވާނަމަ ރަށުން ބަޔަކު ތަމްރީން ކުރުވަން ޖެހޭ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް