ކޮންމެ އިންތިހާބާކާ ދިމާކޮށް ރައްޔިތުން ވާ ވެއްދުމަށް ރަށްރަށަށް ފޮނުވާ ސިމެންތި ނިމިގެން ދަނީ ގާވެގެން، ވެހިކަލްތައް ބަނޑުޖެހިފައި އޮންނަގޮތަށް ދަނީ ދަބަރަށް ވަމުން: މޫކޭ
14 އޮކްޓޯބަރު 2026 | ބުދަ 13:49ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކާ ދެކޮޅަށް ކަންކަން ހިނގަމުންދާތީ، ގައުމުގެ އިގުތިސާދީ އަދި ތަރައްގީގެ ހާލަތު ރަނގަޅުވާނެ ކަމުގެ އުންމީދެއް ނެތް ކަމަށް އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލިމަނިކު ވިދާޅުވެއްޖެ. ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ރައްޔިތުން މާޔޫސްވެފައިވާ ކަމަށާއި، ގައުމުގެ ހާލަތު އޮތީ ރައީސް އިސްތިއުފާ ދެއްވަންޖެހޭ ފަދަ ދަރަޖައެއްގައި ކަމަށް އޭނާ ފާހަގަކުރެއްވި


އާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސަ އަލިމަނިކު (މޫކޭ) | ރާއްޖެއެމްވީ
ކޮންމެ އިންތިހާބާކާ ދިމާކޮށް ރައްޔިތުން ވާ ވެއްދުމަށް ރަށްރަށަށް ފޮނުވާ ސިމެންތި ނިމިގެން ދަނީ ގާވެގެން ކަމަށާއި، ރަށްރަށަށް ގެންދާ ވެހިކަލްތައް ބަނޑުޖެހިފައި އޮންނަގޮތަށް ދަބަރަށް ވެގެން ގޮސްފައިވާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ވައުދުނާމާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫކޭ ވިދާޅުވީ މިއަދު ރައްޔިތުން ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށާއި، ކަމެއް ރަނގަޅަށް ދާނެ ކަމަށް ރައްޔިތުން އުއްމީދު ކުރަންވީ ތަނެއް ނުފެންނަ ކަމަށެވެ. އަދި މިހާތަނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްޗެއް ވިދާޅުވެއްޖެ ނަމަ ކަންތައް ވަނީ ދިމާ އިދިކޮޅަށް ކަމަށް މޫކޭ ވިދާޅުވި އެވެ.
އަނެއްހެން ނުކުރައްވާނަމޭ ބުނި ހުރިހާ ކަމެއް ވެއްޖެޔާ ފުރިހަމަ ކުރައްވައިފި. އަޅުގަނޑުމެންނަަށް ފެނުނު ހަމަ އިންސާނަކު ނުކުރާ ބާވަތުގެ ހުވައެއް ކުރެއްވީ ވެސް އެއީ ނުދިރޭ އެއްޗަކާއި ދިމާއަށް ބަލާފައި ހުރިހާ ރައްޔިތުންނަށް ފުރަގަސްދީފައި އޭ މިހިރަ ދިދަޔާއޭ ކިޔާފައި ގޮވާލައްވާފައި އެ ފެއްޓެވި ހުވަޔާއެކީގައި އަޅުގަނޑުމެން ހީކުރީ ދަމާލި ފަލަ ރޮނގާ އެކީގައި ގައުމީޔަަތާއި އަޅުގަނޑުމެންގެ ހުރިހާ ކަމެއް ވަރަށް ބަރާބަރަށް ދީނުގެ ތަރަހައިގެ ތެރޭގައާއި ދެން އެހެރަ އިވޭ އަޑުތަކާއި އެމަނިކުފާނު ކަންތައް ކުރައްވާ ގޮތް އެ ދުވަހު ކުރި ހުވަޔަކާއި އެއްގޮތަކަށް ވެސް ދިމައެއް ނުވޭމޫސާ އަލިމަނިކު (މޫކޭ)
އެހެންކަމުން، ދިވެހި ރައްޔިތުން އިގުތިސާދީ ހާލަތު ރަނގަޅު ވާނެ ކަމަށް، ދިރިއުޅުމުގެ ހާލަތު ރަނގަޅު ވާނެ ކަމަށް އަދި ތަރައްގީގެ ޕްރޮޖެކްޓެއް ހިންގޭނެ ކަމަށް ކުރާނެ އުއްމީދެއް ނުފެންނަ ކަމަށް މޫކޭ ވިދާޅުވި އެވެ.
ކޮންމެ އިންތިހާބަކާއި ދިމާކޮށް ރައްޔިތުން ވާވެއްދުމަށްފަހު ދެން އެވާ ގޮތެއް ނޭނގޭ. ސިމެންތި ކޮޅެއް ގެންގޮސްފިއްޔާ އެ ގާވެގެން ނިމެނީ. ގެންދާ ވެހިކަލްއެއް ވެއްޖެޔާ އެ ބަނޑުޖަހައިގެން އެ އޮންނަ ގޮތަށް ދަބަރަށްވެ ނިމެނީމޫސާ އަލިމަނިކު (މޫކޭ)
މީގެ އިތުރުން، މޫކޭ ވިދާޅުވީ މިހާރު ސަރުކާރުން ވަޒީފާތައް ދީފައިވާ މުސާރަވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންގެ މަސައްކަތަކީ ބިދޭސީއަކަށް ދިވެހިރާއްޖޭގެ ބިން މިލްކު ކޮށްދިނުމަށްޓަކައި ވަކާލާތު ކުރުން ކަމަށެވެ. އަދި އެނޫން އިތުރު ކަމެއް ކުރާތަން ނުފެންނަ ކަމަށް މޫކޭ ވިދާޅުވި އެވެ.
ހަމައެއާއެކު، ގައުމު މިއޮތީ ރައީސް މުއިއްޒު އިސްތިއުފާ ދޭން ޖެހޭ ހާލަތުގައި ކަމަށް ވެސް މޫކޭ ވަނީ ވިދާޅުވެފަ އެވެ.







