Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްމާޓް ޑްރޯ

އެކްސިޑެންޓްތަކުގެ ތަހުގީގުތައް ޒަމާނީކޮށް ހަރުދަނާ ކުރުމަށް "ސްމާޓް ޑްރޯ" ސޮފްޓްވެއަރ ބޭނުން ކުރަން ފަށައިފި

11 އޮކްޓޯބަރު 2026 | އާދީއްތަ 11:07

މަގުމަތީގެ އެކްސިޑެންޓްތަކުގެ ސްކެޗްތައް ކުރެހުމަށް ޚާއްސަ "ސްމާޓް ޑްރޯ" ސޮފްޓްވެއަރ ބޭނުންކުރަން ފެށުމަކީ ތަހުގީގުތަކުގެ ފެންވަރު މަތިކޮށް، ހެކިތައް ޑޮކިއުމެންޓްކުރުން އަވަސްވާނެ ކަމެއް ކަަމަށް ފުލުހުން ބުނޭ. މިއީ ރާއްޖޭގައި އެކްސިޑެންޓްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ފުލުހުންގެ ޚިދުމަތް ޒަމާނީ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް

އަމްނާ އިމާދު
އަމްނާ އިމާދު | 11 އޮކްޓޯބަރު 2026 | އާދީއްތަ 11:07
ފުލުހުން "ސްމާޓް ޑްރޯ" ސޮފްޓްވެއަރ ބޭނުން ކުރަނީ

ފުލުހުން "ސްމާޓް ޑްރޯ" ސޮފްޓްވެއަރ ބޭނުން ކުރަނީ | މޯލްޑިވްސް ޕޮލިސް ސާރވިސް

މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް، އަވަސްކުރުމަށާއި، ތަހުގީގުތަކުގެ ސައްހަކަމާއި ފަންނީ މިންގަނޑުތައް މަތިކުރުމުގެ ގޮތުން "ސްމާޓް ޑްރޯ" ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއަރ ރަސްމީކޮށް ބޭނުންކުރަން ފަށައިފި އެވެ.

މި ސޮފްޓްވެއަރ ތައާރަފުކޮށް ބޭނުންކުރަން ފަށާފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުންނެވެ.

Advertisement - newsAdvertisement

"ސްމާޓް ޑްރޯ" އަކީ އެކްސިޑެންޓް ހިނގާ ސަރަހައްދުތަކުގެ ޑައިގްރާމްތަކާއި ސްކެޗްތައް ފަސޭހަކަމާއެކު ކުރެހުމަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ޔޫޒަރ-ފްރެންޑްލީ ސޮފްޓްވެއަރއެކެވެ.

ފުލުހުން ބުނީ، މި ސޮފްޓްވެއަރގައި އިންޓަރސެކްޝަން، ޓީ-ޖަންކްޝަން އަދި ސީދާ މަގުތައް ހިމެނޭހެން ތަފާތު މަގުތަކުގެ ލޭއައުޓްތައް ކުރީބައިގައި ފަރުމާކޮށް ހިމަނާފައިވާ ކަމަށެވެ. 

މީގެ އިތުރުން، އެކި ބާވަތުގެ އުޅަނދުފަހަރާއި، ސައިކަލް، ޓްރެފިކް ނިޝާންތައް، މަގުބައްތިތައް އަދި ތަހުގީގަށް ބޭނުންވާ މުހިންމު އެލިމެންޓްތަކުގެ ރެޑީމޭޑް ސިމްބަލްތައް ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެކްސިޑެންޓް ހިނގި ސަރަހައްދުގެ މަންޒަރު އެންމެ ފުރިހަމައަށް އަދި ސައްހަކޮށް ދައްކުވައިދިނުމަށްޓަކައި، ގޫގުލް މެޕްސްއާއި، ސެޓެލައިޓް އިމޭޖްތައް ސޮފްޓްވެއަރއަށް އަޅައިގެން ޑައިގްރާމް ތައްޔާރުކުރުމުގެ ފުރުސަތު ވެސް މި ސޮފްޓްވެއާ އިން ލިބިގެންދާ ކަމަށް ފުލުހުން ބުނެ އެވެ. 

މިއީ މަގުމަތީގެ އެކްސިޑެންޓް ތަހުގީގުކުރުމުގެ މަރުހަލާތައް ޒަމާނީ ކުރުމަށާއި، ތަހުގީގީ ރިޕޯޓުތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ހެކި ޑޮކިއުމެންޓްކުރުން ވަރުގަދަކޮށް، އޮޕަރޭޝަނަލް ހިންގުން އަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ބުނެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދޭ ޕޮލިސިންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި އައު ވަސީލަތްތައް ތައާރަފުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އެ ޚިދުމަތުން ބުނެ އެވެ. 

އެކްސިޑެންޓްތަކުގެ ތަހުގީގުތައް ޒަމާނީކޮށް ހަރުދަނާކުރުމަށް "ސްމާޓް ޑްރޯ" ސޮފްޓްވެއަރ ބޭނުންކުރަން ފަށާފައިވާއިރު، މުޅި ރާއްޖޭގައި ވެސް އެކްސިޑެންޓްތައް ހިނގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފަ އެވެ. ޚާއްސަކޮށް މާލެސިޓީގަ އެވެ. މިފަހުން ވެސް މާލޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މީހުންގެ ފުރާނަ ގެއްލިފައިވެ އެވެ. 

ސްމާޓް ޑްރޯދިވެހި ފުލުހުންގެ ޚިދުމަތް

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

3

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

4

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

5

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

އިތުރަށް ކިޔާލަން

08 އޮކްޓޯބަރު 2026

ދިވެހި ފިލްމީ ތަރިންތަކެއް މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކޮށްފި

08 އޮކްޓޯބަރު 2026
ދިވެހި ފިލްމީ ތަރިންތަކެއް މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކޮށްފި
08 އޮކްޓޯބަރު 2026

ދިވެހިންގެ ބިން ޔަހޫދީންނަށް ވިއްކާލާއިރު އަހަރެމެން މިތިބެނީ ބަލަންތޯ؟ ހުވާކޮށްގެންތިބި ސިފައިންނާއި ފުލުހުން ކޮބައިތޯ؟ ޤައުމުދެކެވީ ލޯބި ވިއްކާލީތޯ؟

08 އޮކްޓޯބަރު 2026
ދިވެހިންގެ ބިން ޔަހޫދީންނަށް ވިއްކާލާއިރު އަހަރެމެން މިތިބެނީ ބަލަންތޯ؟ ހުވާކޮށްގެންތިބި ސިފައިންނާއި ފުލުހުން ކޮބައިތޯ؟ ޤައުމުދެކެވީ ލޯބި ވިއްކާލީތޯ؟
08 އޮކްޓޯބަރު 2026

ހުޅުމާލޭ އެކްސިޑެންޓު: ދެމީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!

08 އޮކްޓޯބަރު 2026
ހުޅުމާލޭ އެކްސިޑެންޓު: ދެމީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!
07 އޮކްޓޯބަރު 2026

ވިލިމާލެއާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

07 އޮކްޓޯބަރު 2026
ވިލިމާލެއާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ
07 އޮކްޓޯބަރު 2026

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

07 އޮކްޓޯބަރު 2026
ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!
07 އޮކްޓޯބަރު 2026

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

07 އޮކްޓޯބަރު 2026
ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!
06 އޮކްޓޯބަރު 2026

ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ތަކުރާރުކޮށް ސައިބަރ ހަމަލާތަށް އަންނަނީ ދެމުން: ފުލުހުން

06 އޮކްޓޯބަރު 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ތަކުރާރުކޮށް ސައިބަރ ހަމަލާތަށް އަންނަނީ ދެމުން: ފުލުހުން
06 އޮކްޓޯބަރު 2026

ބާޒާރުމަތީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ސީރިއަސް އަނިޔާއެއް ނުވޭ: ޕޮލިސް

06 އޮކްޓޯބަރު 2026
ބާޒާރުމަތީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ސީރިއަސް އަނިޔާއެއް ނުވޭ: ޕޮލިސް
04 އޮކްޓޯބަރު 2026

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރި ދެ ބިދޭސީން 1700ށް ވުރެ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު އަތުލައިގަނެފި

04 އޮކްޓޯބަރު 2026
މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރި ދެ ބިދޭސީން 1700ށް ވުރެ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު އަތުލައިގަނެފި
02 އޮކްޓޯބަރު 2026

އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް ހެދުން އަޅާ ބިދޭސީންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފި

02 އޮކްޓޯބަރު 2026
އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް ހެދުން އަޅާ ބިދޭސީންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް