Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިތިއޯޕިޔާގެ ދާޚީލީ ހަނގުރާމަ

އިތިއޯޕިޔާގައި އަލުން ފެށި ހަމަނުޖެހުންތަކާ މެދު އދ.ގެ ގުތެރޭޝް ކަންބޮޑުވުން ފާޅުކުރައްވައިފި

10 އޮކްޓޯބަރު 2026 | ހޮނިހިރު 07:00

އިތިއޯޕިޔާގައި އެރިޓްރެޔާގެ ސިފައިން ހަރަކާތްތެރިވާ ކަމުގެ ރިޕޯޓުތަކާ ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް ކަންބޮޑުވުން ފާޅުކުރައްވައި، އެއްވެސް ގައުމެއްގެ މިނިވަންކަމަށް އަރައިނުގަތުމަށް ވަނީ ގޮވާލައްވާފައި. ދެ ގައުމުގެ ގުޅުން ގޯސްވެފައިވަނީ ރަތް ކަނޑުގެ ބަނދަރަކަށް ވަދެވޭނެ މަގެއް ހޯދުމަށް އިތިއޯޕިޔާއިން ކުރާ މަސައްކަތްތަކާ ގުޅިގެން އުފެދުނު ނުތަނަވަސްކަމާ އެކުގައި

ނިއުސް ޓީމް
ނިއުސް ޓީމް | 10 އޮކްޓޯބަރު 2026 | ހޮނިހިރު 07:00
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ | އަނަދޮލު އޭޖެންސީ

އިތިއޯޕިޔާގެ ޓިގްރޭ، އާފާރް، އަދި އަމްހާރާ ސަރަހައްދުގައި "އަލުން ފެށި ހަމަނުޖެހުންތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ" ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ހުކުރު ވިދާޅުވެއްޖެ އެވެ. ގުތެރޭޝްގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް މެދުވެރިކުރައްވައި ނެރުއްވި ބަޔާނެއްގައި ގުތެރޭޝް ވިދާޅުވީ، "ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށާއި، ޕްރިޓޯރިޔާ އެއްބަސްވުމުގެ އޮނިގަނޑުގެ ދަށުން އަލުން މަޝްވަރާތަކަށް ރުޖޫއަވުމަށް" ހުރިހާ ފަރާތްތަކަކަށް ގޮވާލައްވާ ކަމަށެވެ.

ސަރަހައްދުގެ ހަމަޖެހުން އިތުރަށް ގެއްލިދާނެ ފަދަ "ކަންކަން ގޯސްވުމުގެ ނުރައްކާތަކާ" މެދު އދ.ގެ ވެރިޔާ ވަނީ އިންޒާރު ދެއްވާފަ އެވެ. "އިތިއޯޕިޔާގައި އެރިޓްރެޔާގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމުގެ ރިޕޯޓުތަކާ މެދު އިތުރަށް ކަންބޮޑުވޭ" ގުތެރޭޝްގެ ބަޔާނުގައި ވިދާޅުވި އެވެ.

Advertisement - worldAdvertisement

އދ.ގެ ޗާޓަރުގެ ދަށުން ސަރަހައްދުގެ ހުރިހާ ޤައުމުތަކެއްގެ މައްޗަށް ލާޒިމުކުރާ ގޮތަށް، "އެއްވެސް ޤައުމެއްގެ ސަރަހައްދީ ނަޒާހަތްތެރިކަމާ ނުވަތަ ސިޔާސީ މިނިވަންކަމާ ދެކޮޅަށް ބާރުގެ ބޭނުން ނުކުރުމަށާއި އެފަދަ އިންޒާރެއް ނުދިނުމަށް" ގުތެރޭޝް ވަނީ ހަނދާންކޮށްދެއްވާފަ އެވެ. މީގެ އިތުރުން، ދާޚިލީ ކަންކަމާ ނުބެހުމުގެ އުސޫލަށް ތަބާވުމަށް ވެސް އޭނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.

އަދި، މައްސަލައިގައި ޝާމިލުވާ ފަރާތްތަކަށް ނުފޫޒު ފޯރުވޭ ޤައުމުތަކުން "ހަމަނުޖެހުން ކުޑަކުރުމަށް އެ ނުފޫޒުގެ ބޭނުން ކުރުމަށާއި، މައްސަލަ އިތުރަށް ގޯސްވެދާނެ އެއްވެސް އަމަލަކުން ދުރުހެލިވުމަށް" އޭނާ ގޮވާލެއްވި އެވެ. "އެމަނިކުފާނުގެ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް" ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

2020 އިން 2022 އަށް ހިނގި ޓިގްރޭ ހަނގުރާމައިގައި އިތިއޯޕިޔާއާއި އެރިޓްރެޔާއިން މަސައްކަތްކުރީ އެކީގަ އެވެ. ނަމަވެސް، އޭގެ ފަހުން ދެ ޤައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، ސަރަހައްދީ ހަމަޖެހުމަށް ނުރައްކާކުރާ ކަމަށް ބުނެ ދެ ސަރުކާރުން ވެސް ދަނީ އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުތައް ކުރަމުންނެވެ. ރަތް ކަނޑަށް، ޚާއްސަކޮށް އެރިޓްރެޔާގެ އައްސަބް ބަނދަރަށް ވަދެވޭނެ މަގެއް ހޯދުމަށް އިތިއޯޕިޔާއިން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ވެސް ނުތަނަވަސްކަން ވަނީ އިތުރުވެފަ އެވެ. އެއީ އެ ޤައުމުގެ ސިޔާދަތީ ސަރަހައްދުގެ ބައެއް ކަމަށް އެރިޓްރެޔާގެ ވެރިރަށް އަސްމާރާއިން ދަނީ ބުނަމުންނެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

އިތިއޯޕިޔާ-އެރިޓްރެޔާއެންޓޯނިއޯ ގުޓަރޭޒްޓިގްރޭ

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

3

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

4

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

5

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2026

އދ. ފޭލުވަނީތަ؟ މާހިރުން ވިދާޅުވީ އދ.ގެ ކުރިމަގާ މެދު ބޮޑެތި ސުވާލުތަކެއް ހުރިކަމަށް!

24 ސެޕްޓެމްބަރު 2026
އދ. ފޭލުވަނީތަ؟ މާހިރުން ވިދާޅުވީ އދ.ގެ ކުރިމަގާ މެދު ބޮޑެތި ސުވާލުތަކެއް ހުރިކަމަށް!
24 ސެޕްޓެމްބަރު 2026

ޣައްޒާ އާރާސްތުކުރުމަށް ބޯޑް އޮފް ޕީސްއިން 2.4 ބިލިއަން ޑޮލަރުގެ ޕްލޭނެއް!

24 ސެޕްޓެމްބަރު 2026
ޣައްޒާ އާރާސްތުކުރުމަށް ބޯޑް އޮފް ޕީސްއިން 2.4 ބިލިއަން ޑޮލަރުގެ ޕްލޭނެއް!
23 ސެޕްޓެމްބަރު 2026

ދެ ދައުލަތުގެ ހައްލަށް އޮތް ތާއީދު ހަމައެކަނި ބަސްތަކަކުން ނިންމާލެވޭކަށް ނެތް: ގުޓެރޭޝް

23 ސެޕްޓެމްބަރު 2026
ދެ ދައުލަތުގެ ހައްލަށް އޮތް ތާއީދު ހަމައެކަނި ބަސްތަކަކުން ނިންމާލެވޭކަށް ނެތް: ގުޓެރޭޝް
13 ސެޕްޓެމްބަރު 2026

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

13 ސެޕްޓެމްބަރު 2026
އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް