Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީ

ފަސް ލައްކައިން ޖޫރިމަނާ ކުރީ ގާނޫނީ ހަމައެއް ނެތި ޖަޒުބާތުގައި: ރާއްޖެޓީވީ

8 އޮކްޓޯބަރު 2017 | އާދީއްތަ 16:22

ރާއްޖެޓީވީ ޖޫރިމަނާ ކުރީ ފަސް ލައްކަ ރުފިޔާއިން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 8 އޮކްޓޯބަރު 2017 | އާދީއްތަ 16:22
ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒާއި ބައެއް ނޫސްވެރިން:-

ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒާއި ބައެއް ނޫސްވެރިން:-

ރާއްޖެ ޓީވީ ޖޫރިމަނާކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާފައިވަނީ އަދުލުއިންސާފުގެ ހަމަތަކާއި ގާނޫނުއަސާސީއާ ހިލާފަށް އެ ކޮމިޝަނުން ޖަޒްބާތުގައި ޖެހިގެން ކަމަށް ރާއްޖެޓީވީން ބުނެފި އެވެ.

ފަސް ލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކުރީ ޖުލައި 28، 2017 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "މިރައީސް" ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކައާ ގުޅިގެންނެވެ. މި ކަމާ ގުޅިގެން އެ ރާއްޖެ ޓީވީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެ ފިޔަވަޅަކީ ރާއްޖެ ޓީވީ އަށް އަނިޔާވެރި ވުމަށް ގާނޫނީ އިމުގެ ބޭރުން ޒާތީވެ ސިލްސިލާކޮށް ކުރަމުން ގެންދާ މަސައްތަކުގެ ތެރެއަށް އިތުރުވި ބޮޅެއްކަމަށް ދެކޭ ކަމަށެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަން އިންސާފުގެ ހަމައިން ނެއްޓިފައިވާކަމާއި، މައްސަލަތައް ބެލުމުގެ ގާބިލްކަމެއް ކޮމިޝަންގައި ނެތްކަން އެ ކޮމިޝަންގެ ކޮންމެ ނިންމުމަކުން ހާމަވާ ކަމަށް އެ ބަޔާނުގައިވަނީ ބުނެފަ އެވެ.

Advertisement - newsAdvertisement

މެމްބަރު މުސްތަފާ ދެއްކެވި ވާހަކައިގެ ތެރެއިން ކޮމިޝަނުން ބަލަމުން ދިޔައީ އޭނާ ދެއްކެވި ވާހަކައިން ތިން ނުކުތާއެއްގެ މައްސަލަ ކަމަށްވާއިރު އެ ތިން ނުކުތާއަށް ޖަވާބުދާރީވުމަށް ރާއްޖެ ޓީވީއަށް ފޮނުވާފައިވާ ލިޔުމުގައިވާ ޓްރާންސްރިޕްޓްގެ ފުރަތަމަ ނުކުތާ ފިޔަވައި ބާކީ ދެ ނުކުތާ އޮތީ މެމްބަރު މުސްތަފާ ބަހުން ބަހަށް ވިދާޅުވި ގޮތަކަށް ނޫން ގޮތައް ކަމަށް ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި މުސްޠަފާ ވިދާޅުވި ބަސްފުޅަށް ބްރޯޑްކާސްޓިން ކޮމިޝަންއިން އުނިއިތުރު ގެނެސްފައިވާތީ އެކަން ފާހަގަކޮށް، އެކަން އެހެން އޮތުމުން އެއީ ރާއްޖެ ޓީވީން ޖަވާބުދާރީވާން ޖެހޭނެ މައްސަލައެއް ކަމަށް ނުދެކޭ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް އެންގިކަންވެސް ބަޔާންކޮށްފައިވެ އެވެ. އެހެން ނަމަވެސް "މިނިކާވަގު ބަކަރި ކާލާ އުސޫލުން" ރާއްޖެޓީވީ ބޮޑު އަދަދަކުން ޖުރިމަނާކޮށްލީ ކަމަށް އެބަޔާނުގައިވެ އެވެ.

"ބްރޯޑްކާސްޓިން ކޮމިޝަނުން ފޮނުވި ޓްރާންސްކްރިޕްޓާއި މުސްތަފާ ދެއްކެވި ވާހަކައިގައި ތަފާތުތަކެއް އުޅޭތީވެ، ރާއްޖެ ޓީވީން ޖަވާބު ދާރީވާން ނުޖެހޭ ކަމަށް ފެންނަ ކަމުގައި ދެންނެވުމުން، މައްސަލަ އިތުރަށް ތަހްގީގުކުރުމެއް ނެތި ކޮމިޝަނުން ނިންމީ ޖޫރިމަނާކުރުމަށެވެ."

މީގެ އިތުރުން ކިތަންމެ މުހިންމު ގާނޫނީ އަދި އިޖްރާއީ ނުކުތާތަކެއް ފާހަގަ ކުރި ނަމަވެސް މައްސަލަ ބަލަން ފެށުމުގެ ކުރިން ދޭނެ އަދަބު ކަނޑައަޅައިގެން މަސައްކަތް ކުރާ ކޮމިޝަނަކަށް ޖަވާބުދާރީ ވުމަކީވެސް ފޫނެއް ފަޔަށް ފެން ފުރުން ފަދަ ކަމެއްގޮތުގައި އެ ރާއްޖެ ޓީވީން ވަނީ ސިފަ ކޮށްފަ އެވެ. އަދި މުސްތަފާ ދެއްކެވި ވާހަކައަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓެއް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައެޅިއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ކަނޑައެޅުމުގެ ބާރު އޮތީކީ ބްރޯޑްކާސްޓިން ކޮމިޝަނަކަށް ނޫންކަން ގާނޫނުތަކުން އެނގޭ ކަމަށްވެސް އެ ނޫސްބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

މުސްތަފާ ދެއްކެވި ވާހަކައަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް ވާހަކައެއްކަން ކަށަވަރުވަނީ މިހާތަނަށް ވެސް ސިފައިންގެ ފަރާތުން ވެސް، ނުވަތަ ސަލާމަތީ ހިދުމަތް ދޭ އެއްވެސް މުއައްސަސާއަކުން ވެސް އެ މައްސަލަ ބަލާފައި ނުވަތަ ބަޔާނެއް ވެސް ނެރެފައި ނެތުމުން ކަމަށްވެސް ބުނެފައިވެ އެވެ.

" ސިފައިންގެ ގާނޫނުގެ 7 ވަނަ މާއްދާގެ ވ. ގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކޮށް ހިމާޔަތްކުރުމަށާއި އަދި ގައުމީ ސަލާމަތަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ކަންކަމާ ބެހޭ މައުލޫމާތު ހޯދައި އެއްކޮށް ދިރާސާކޮށް އެކަންކަމާބެހޭ ގޮތުން ގާނޫނުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސިފައިންގެ މަސްއޫލިއްޔަތެއްކަމަށް ބަޔާންކޮށްފައިވާއިރު، ޖުލައި 28، 2017 ދުވަހުގެ ރޭ މެމްބަރު މުސްތަފާ ދެއްކެވި ވާހަކައަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް ވާހަކައެއްކަން ކަށަވަރުވަނީ މިހާތަނަށް ވެސް ސިފައިންގެ ފަރާތުން ވެސް، ނުވަތަ ސަލާމަތީ ހިދުމަތް ދޭ އެއްވެސް މުއައްސަސާއަކުން ވެސް އެ މައްސަލަ ބަލާފައި ނުވަތަ ބަޔާނެއް ވެސް ނެރެފައި ނެތުމުންނެވެ. އަދި މުސްތަފާ ދެއްކެވި ވާހަކައާ ގުޅިގެން ފުލުހުން އެ މައްސަލަ ބަލާފައެއް ނުވެއެވެ. "

މީގެ އިތުރުން މެމްބަރު މުސްތަފާގެ ވާހަކައިގައި ރައީސް ޔާމީން ވެރިކަމުން ދުރުކުރުމުގެ ވާހަކަ ދައްކާފައިވާއިރު، މިއީ މިފަދަ ވާހަކައެއް ރާއްޖޭގެ މީޑިއާއަކުން ބްރޯޑްކާސްޓްކުރި ފުރަތަމަ ފަހަރެއް ނޫން ކަމަށާއި އަދި ވެރިކަން ބަދަލުކުރުމުގެ ވާހަކަ ދެއްކުމަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ދެކޭއިރު، ސަރުކާރު ބަދަލުކުރުމުގެ ވާހަކައަކީ އިދިކޮޅު ފަރާތްތަކުން ކުރަން ޖެހޭ ކަމެއް ކަމަށް، މިހާރުގެ ރައީސް އަބްދުﷲ ޔާމީން ދި ޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވެފައިވެފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެ ވާހަކަ ރާއްޖޭގެ މީޑިއާތަކުން އަދި ރާއްޖެ ޓީވީން ވެސް އެތައް ފަހަރަކު ބްރޯޑްކާސްޓްކޮށްފައިވާއިރު، މުސްތަފާ ދެއްކެވި ވާހަކަ ގައުމީ ސަލާމަތަށް ނުރައްކާވެދާނޭ ވާހަކައަކަށް ވާނޭނަމަ، ރައީސް ޔާމީން ދެއްކެވި ވާހަކަ ނުރައްކަލަކަށް ނުވާންވީ ސަބަބެއް ނޭނގޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކުރުމަށް ކެނޑިނޭޅި ޓީވީތަކުން ވާހަކަ ދައްކަމުން ދިޔަ އިރުވެސް ބްރޯޑްކާސްޓިންގ ކޮމިޝަން އޮތް ކަމަށާއި ރެކޯޑްތަކުން އެނގޭ ގޮތުގައި އެފަދަ ވާހަކަ އެއް ދައްކައިގެން ކޮމިޝަނުން ބްރޯޑްކާސްޓަރަކަށް ފިޔަވަޅު އަޅާ އަދަބުދީފަ ނުވާ ކަމަށް ބުނެފައިވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް