Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީ

ރާއްޖެ ޓީވީ 5 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

8 އޮކްޓޯބަރު 2017 | އާދީއްތަ 08:37

މިއީ ރާއްޖެ ޓީވީ ޖޫރިމަނާކުރި 3ވަނަ ފަހަރު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 8 އޮކްޓޯބަރު 2017 | އާދީއްތަ 08:37
ރާއްޖެޓީވީގެ މުވައްޒިފުންތަކެއް ކްރިމިނަލް ކޯޓް ސަރަހައްދުގައި

ރާއްޖެޓީވީގެ މުވައްޒިފުންތަކެއް ކްރިމިނަލް ކޯޓް ސަރަހައްދުގައި

ރާއްޖެޓީވީ މިފަހަރު ޖޫރިމަނާކޮށްފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ 28ވަނަ ދުވަހުގެ ރޭ ވަގުތުން ގެނެސްދިން ޕްރޮގްރާމެއްގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ބުނެފައެވެ. ރާއްޖެޓިވީ ޖޫރިމަނާކުރިކަން އަންގައި ރާއްޖެ ޓީވީގެ ސީއޯއޯ ހުސެން ފިޔާޒް މޫސާއަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައިވަނީ މިޖޫރިމަނާކޮށްފައިފަނީ މެމްބަރު މުސްތަފާ "ރާއްޖޭގެ ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާ ބޭރުކުރުމަށް ގޮވާލައްވާ ދައްކަވާފައިވާ ވާހަކައަކީ، ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރެއް ވައްޓާލުމަށާއި، ޣައިއު ޤާނޫނީ ޢަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިއްވަރު ލިބޭ ގޮތަށް، އަދި ރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ، ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫެރިއްޔާގެ ޤާނޫން އަސާސީއާ އެއްގޮތަށް އިންތިޚާބު ކުރެވިފައިވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙިމާޔަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އަތުވެދާނެ ވާހަކަތަކެއް"ކަމަށް ބުނެ ހުށެހެޅިފައިވާ މައްސަލައެއް ބެލުމަށްފަހުގައިކަމަށެވެ. މިމައްސަލައިގައި ޖަވާބުދާރީވަމުން ރާއްޖެ ޓީވީއިން ވަނީ މިމައްސަލައިގައި ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާގައި މެމްބަރު މުސްތަފާގެ ވާހަކަފުޅުން 3 ނުކުތާއެއް ފާހަގަކޮށްފައިވާއިރު، އެ ޓްރާންސްކްރިޕްޓްގެ ފުރަތަމަ ނުކުތާ ފިޔަވައި ބާކީ ދެ ނުކުތާ ގެނެސްދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު މުސްތަފާ ބަހުން ބަހަށް ވިދާޅުވި ގޮތަށް ނޫންކަމަށާއި، މީހަކު ދެއްކި ވާހަކައެއް ދެއްކި ގޮތަށް ލިޔާނަމަ އޮންނަންވާނީ ދެއްކި ޢިބާރާތުން ބަހުން ބަހަށް ކަމަށާއި، މީހަކު ދެއްކި ވާހަކައެއް އަމިއްލައަށް ދޭހަވިގޮތަށް ތަރުޖަމާކޮށްގެން ލިޔާނަމަ، އޭގައި އޮންނާނީ އަމިއްލަ ރަޢުޔުކަމަށްވާތީ، ރާއްޖެ ޓީވީއިން ބްރޯޑްކާސްޓްކުރި ކޮންޓެންޓްގައި ދެއްކި ވާހަކަ އޮޅުވާލައި، އުނި އިތުރު ގެނެސްފައިވާކަން ފާހަގަކޮށްފައެވެ.

5 ލައްކަ ރުފިޔާއިން ރާއްޖެ ޓިވީ ޖޫރިމަނާކޮށްފައިވާއިރު، މިފަހަރުވެސް ޖޫރިމަނާކޮށްފައިވަނީ އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ގުޅޭ ޤާނޫނުގެ ދަށުންނެވެ. 2016ވަނަ އަހަރު ފާސްކުރި މިޤާނޫނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މިއީ މީޑިއާގެ މިނިވަންކަން ނަގާލުމަށް ވުޖޫދަށް ގެނެވުނު ޤާނޫނެއްކަމަށް ބުނެ، މިޤާނޫން އުވާލުމަށް ނުވަތަ އިސްލާހުކުރުމަށް ނިމިގެންދިޔަ ހަފްތާގައި އީޔޫއިން ރާއްޖެއާއި ދެކޮޅަށް ފާސްކުރި ޤަރާރުގައިވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އަބުރު ރައްކާތެރިކުރުމުގެ ޤާނޫންގެ ދަށުން މީގެ ކުރިން 2 ފަހަރެއްގެ މަތިން ރާއްޖެ ޓީވީ ވަނީ ޖޫރިމަނާކޮށްފައެވެ. އެގޮތުން ފުރަތަމަ ޖޫރިމަނާކޮށްފައިވަނީ 2 ލައްކަ ރުފިޔާއިންނެވެ. އަދި ދެވަނަ ފަހަރު ޖޫރިމަނާކޮށްފައިވަނީ 1 މިލިއަން ރުފިޔާއިންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް