ދަރަނީގެ މައްސަލައިގައި ގޮނޑި ގެއްލުނު ސިނާން އެގްރޯނެޓްގެ އެމްޑީއަކަށް އައްޔަނުކޮށްފި
6 އޮކްޓޯބަރު 2026 | އަންގާރަ 04:08މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސި އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ސިނާން އައްޔަނުކުރިއިރު، އެ ކުންފުނީގެ ޗެއާމަންގެ މަގާމަށް މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް ވަނީ ހަމަޖައްސަވާފައި. ސިނާންގެ މަޖިލިސް ގޮނޑި ގެއްލުނީ ބޭންކް ލޯނެއްގެ ސާބިތު ދަރަނި ހުކުމާ އެއްގޮތަށް ނުދައްކާ އޮތުމުން ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައި


ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން | ޕީއެންސީ
ބޭންކް ލޯނެއްގެ މައްސަލައިގައި ހިމެނޭ ދަރަނި ނުދައްކައިގެން މަޖިލީހުގެ ގޮނޑި ގެއްލުނު ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ކުރީގެ މެންބަރު މުހައްމަދު ސިނާން، އެގްރޯނެޓްގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމަށް އައްޔަނުކޮށްފި އެވެ.
މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސި އެގްރޯނެޓްގެ އެމްޑީގެ މަޤާމަށް އޭނާ އައްޔަނުކުރީ 5 އޮކްޓޯބަރުގަ އެވެ.
މީގެ އިތުރުން، އެގްރޯނެޓްގެ ޗެއާމަންއަކަށް މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް ވެސް ވަނީ އައްޔަނުކުރައްވާފަ އެވެ.
ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީއޭނާ އިސްލާމިކް ބޭންކަށް ދައްކަން ޖެހޭ ލޯނެއް، ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާކަމަށް ބުނެ ހުށަހެޅި މައްސަލައެއްގެ ހުކުމުގަ އެވެ.
ގާނޫނުއަސާސީގައި ވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހުކުމާއި އެއްގޮތަށް ސާބިތު ދަރަނި ދައްކަވަމުން ނުދާނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. އެގޮތުން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގައި އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވުމަކީ މަޖިލިސް މެންބަރުންގެ ޝަރުތެކެވެ.










