Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ސިޔާސީ މަސްރަހު

ރާއްޖޭގެ ޖުޑިޝަރީގެ އިތުބާރުވަނީ ގެއްލިފައި: ޕްރޮފެސަރ ސެލީނާ މުހުސިން

8 އޮކްޓޯބަރު 2017 | އާދީއްތަ 07:46

ރާއްޖެ ވަނީ ފެއިލްވެފައިވާ ދައުލަތަކަށްވުމަށް މިސްރާބު ޖަހާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 8 އޮކްޓޯބަރު 2017 | އާދީއްތަ 07:46
ސަފީރުކަމުގައި ސެލީނާ ހުންނެވިއިރު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ބައްދަލުކުރައްވަނީ

ސަފީރުކަމުގައި ސެލީނާ ހުންނެވިއިރު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ބައްދަލުކުރައްވަނީ

ރާއްޖޭގެ ޖުޑީޝަރީގެ އިތުބާރު ގެއްލިފައިވާކަމަށް ބަންގްލަދޭޝްއިން ރާއްޖެއަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު ޕްރޮފެސަރ ސެލީނާ މުހުސިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް މަސައްކަތު މީހުންނާއިމެދު ދިވެހިން އަމަލުކުރާ ގޮތާއި އަދި އެމީހުންގެ ޙާލަތާއި ބެހޭ ގޮތުން ބަންގްލަދޭޝްގެ 'ދަ ޑެއިލީ ސްޓަރ' ނޫހުގައި ޝާއިއުކުރެއްވި ލިޔުމެއްގައި ސެލީނާ ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަން ޢާއްމުވެފައިވާކަމަށާއި، އަދުލު އިންސާފުގެ ނިޒާމްގެ އިތުބާރު ގެއްލިފައިވާކަމަށެވެ. އަދި ޤާނޫނު އަސާސީއަށް އިހްތިރާމްކުރުމެއް ރާއްޖޭގައި ނެތްކަމަށް އޭނާ ސިފަކުރެއްވިއެވެ. މީގެ އިތުރުން މާރާމާރީ އާއި ހަމަނުޖެހުން އާއްމުވެފައިވާއިރު، ސިޔާސީ ޕާޓީތަކުގެ މެދުގައި އޮންނަ ހަމަނުޖެހުންތައް އިތުރުވެ، ފެއިލްވެފައިވާ ދައުލަތަކަށްވުމަށް ދިވެހިރާއްޖެ މިސްރާބު ޖަހާފައިވާކަމަށް އޭނާ ސިފަކުރެއްވިއެވެ.

މި ލިޔުމުގައި މައިގަނޑު ގޮތެއްގައި ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ މަސައްކަތު މީހުންގެ ހާލަތާއި އެމީހުންނާއި ދޭތެރޭ ދިވެހިން އަމަލުކުރާ ގޮތަށް އަލިއަޅުވާލާފައިވާއިރު، ރަސްރަނި ބަގީޗާއަށް ވަނުމަށް ބިދޭސީން އަތުން ފީއެއް ނަގާތީ، އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. ސެލީނާ ވިދާޅުވީ އެތަނަކީ ތޮއްޖެހި، ކާރޫބާރޫ ބޮޑުވެފައިވާ މާލޭގައި ބަންދު ދުވަސްދުވަހު ހިތްހަމަޖައްސާލަން ބިދޭސީންނަށް ދެވެން އޮންނަ މަދު ތަންތަނުގެ ތެރެއިން އެއް ތަންކަމަށެވެ. އަދި ހަމައެއާއިއެކު، ބިދޭސީން ބޭރަށް ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސް ނަގަން ފެށުމުން ވެސް ސެލީނާ ފާޑުވިދާޅުވިއެވެ.

ރާއްޖޭގައި ތިބި ބިދޭސީންގެ ހާލަތުގެ ވާހަކަ ބަޔާންކުރުމަށް ފަހު ސެލީނާ ވަނީ ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ މަސައްކަތު މީހުންގެ ހާލަތު ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށް ބަންގްލަދޭޝް ސަރުކާރަށާއި ބައިނަލްއަޤްވާމީ މުޖްތަމައަށް ގޮވާލައްވާފައެވެ.

ޕްރޮފެސަރ ސެލީނާ މުހުސިންއަކީ 2008ވަނަ އަހަރުން ފެށިގެން 2010ވަނަ އަހަރަށް ރާއްޖޭގައި ހުންނެވި ބަންގްލަދޭޝްގެ ސަފީރެވެ. އެކަމަނާވަނީ އޭގެ ކުރިން ކެނޭޑިއަން އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އޭޖެންސީގެ މުޝީރުކަން ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް