Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑްކަޕް ކޮލިފައިން

ވޯލްޑްކަޕް ކޮލިފައިން: ފްރާންސް އަދި ޕޯޗުގަލް ކޮލިފައިވުމުގެ އުންމީދު އާކޮށްފި

8 އޮކްޓޯބަރު 2017 | އާދީއްތަ 05:44

ޕޯޗުގަލް ވަނީ 24 ޕޮއިންޓް ހަމަކޮށް، ގްރޫޕްގެ ދެވަނައިގައި ހަމަޖެހިލާފައި

ލީވާން އަލީ
ލީވާން އަލީ | 8 އޮކްޓޯބަރު 2017 | އާދީއްތަ 05:44
ޕޯޗުގަލް އަށް ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅު ކުރަނީ

ޕޯޗުގަލް އަށް ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅު ކުރަނީ | ޓްވިޓަރ

ވޯލްޑްކަޕް ކޮލިފައިންގައި ފްރާންސް އަދި ޕޯޗުގަލް ކުޅުނު މެޗުތައް ކާމިޔާބުކޮށް، ކޮލިފައިވުމުގެ އުންމީދު އާކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ފްރާންސް ކާމިޔާބު ކުރީ ބަލްގޭރިއާއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

ބަލްގޭރިއާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ފްރާންސްއެވެ. އެގޮތުން އެޓީމުން ވަނީ ފުރަތަމަ ހާފް ފެށިގެން ތިންވަނަ މިނެޓު ތެރޭގައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބްލައިސް މަޓުއިޑީއެވެ.

މި ލަނޑަށްފަހު ވެސް ފްރާންސް އިން ދިޔައީ ބަލްގޭރިއާގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން ލަކަޒެޓް އަދި އެންޓޯނިއޯ ގްރިޒްމަންއަށް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ބަލްގޭރިއާގެ މައްޗަށް ފްރާންސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ފްރާންސްއެވެ. އެގޮތުން އެޓީމުން ވަނީ ބަލްގޭރިއާގެ ގޯލަށް ނުރައްކާކޮށް ދެވަނަ ހާފްގައިވެސް ހަމަލާތަކެއް ފޮނުވާލާފައެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެޓީމުން ވެސް ދެވަނަ ހާފްގައި ކުޅުނީ ވަރަށް ޑިފެންސިވްކޮށެވެ. ދެވަނަ ހާފްގައި ބަލްގޭރިއާއަށް ވެސް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ފްރާންސް ވަނީ ކުޅުނު ނުވަ މެޗުން 20 ޕޮއިންޓް ހަމަކޮށް، ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. ދެވަނައިގައި އޮތީ ފްރާންސްއަށް ވުރެ އެއް ޕޮއިންޓް މަދުން ލިބިގެން ސްވިޑެންއެވެ. ތިންވަނައިގައި ނެދަލޭންޑްސް އޮތީ 16 ޕޮއިންޓާއެކުގައެވެ. ގްރޫޕްގެ އެއްވަނަ ވޯލްޑްކަޕްގެ ސީދާ ޖާގައެއް ލިބޭއިރު، ދެވަނައަށްދާ ޓީމު ކުޅެންޖެހޭނީ ޕްލޭއޮފްއެވެ.

ގްރޫޕްގައި ދެން ބާކީ އެއް މެޗު އޮތްއިރު، ސްވިޑެން ނިކުންނާނީ ނެދަލޭންޑްސްއާ ދެކޮޅަށެވެ. އަދި ފްރާންސް ނިކުންނާނީ ބެލަރުސްއާ ދެކޮޅަށެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޕޯޗުގަލް މޮޅުވީ އެންޑޯރާއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

އެންޑޯރާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅުނީ ޕޯޗުގަލްއެވެ. އެގޮތުން އެޓީމުން ވަނީ އެންޑޯރާގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

އެހެންނަމަވެސް ދެވަނަ ހާފަށް ޕޯޗުގަލް ނިކުތީ ބަދަލުތަކާއެކުގައެވެ. އެގޮތުން ދެވަނަ ހާފަށް އެޓީމުން ވަނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ބޭނުން ކޮށްފައެވެ.

ޕޯޗުގަލް އިން މެޗުގެ ލީޑު ނެގީ 65 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ރޮނާލްޑޯއެވެ. މި ލަނޑަށް ފަހު ޕޯޗުގަލް އިން ވަނީ އެޓީމުގެ އެޓޭކްތައް އިތުރައް ވަރުގަދަކޮށްފައެވެ.

އެގޮތުން މެޗުގެ ނިމުމުގެ ކުރިން ޕޯޗުގަލްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު 86 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އެންޑްރޭ ސިލްވާއެވެ.

މި ނަތީޖާއާއެކު ޕޯޗުގަލް ވަނީ ނުވަ މެޗުން 24 ޕޮއިންޓް ހަމަކޮށް، ގްރޫޕްގެ ދެވަނައިގައި ހަމަޖެހިލާފައެވެ. އެއްވަނައިގައި 27 ޕޮއިންޓާއެކު އޮތީ ސްވިޒަލޭންޑެވެ. ގްރޫޕްގެ އެއްވަނައަށް ސީދާ ވޯލްޑްކަޕުން ޖާގަ ލިބޭއިރު، ދެވަނަ އަށް ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ.

ގްރޫޕްގައި ބާކީ އެއް މެޗު އޮތްއިރު، ޕޯޗުގަލް ނިކުންނާނީ ސްވިޒަލޭންޑާ ދެކޮޅަށެވެ. އެ މެޗުން ޕޯޗުގަލް މޮޅުވެއްޖެނަމަ އެޓީމު ކޮލިފައިވާނެއެވެ. ލަނޑުގެ ތަފާތުން އެޑްވާންޓޭޖް އޮތީވެސް ޕޯޗުގަލްއަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ އަށް ފަސޭހަ ގްރޫޕެއް؟

22 އެޕްރީލު 2017
އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ އަށް ފަސޭހަ ގްރޫޕެއް؟
29 މާރިޗު 2017

އިންޓަރނޭޝަނަލް ފްރެންޑްލީ: ފްރާންސްގެ މައްޗަށް ސްޕެއިން ކުރިހޯދުން

29 މާރިޗު 2017
އިންޓަރނޭޝަނަލް ފްރެންޑްލީ: ފްރާންސްގެ މައްޗަށް ސްޕެއިން ކުރިހޯދުން
26 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

26 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް
25 މާރިޗު 2017

އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ

25 މާރިޗު 2017
އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ
25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް