އޭޝިއަން ގޭމްސް: ފަހު މެޗުގައި ޤައުމީ ފިިރިހެން ބީޗު ވޮލީ ޓީމުން ބަންގްލަދޭޝްއާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށްފި
25 ސެޕްޓެމްބަރު 2026 | ހުކުރު 03:57މި މެޗުގެ ކުރިން އީރާންއާ ދެކޮޅަށް ކުޅުނު މެޗާއި ޖަޕާންއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވެފައި ވަނީ ސީދާ ދެ ސެޓުން


އޭޝިއަން ގޭމްސްގައި ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން | އެމްއޯސީ
ޖަޕާންގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026 ގައި ވާދަވެރި ކުޅުމަކަށް ފަހު، ރާއްޖޭގެ ޤައުމީ ބީޗު ވޮލީ ފިރިހެން ޓީމުގެ މައްޗަށް ބަނގްލަދޭޝް އިން ކުރި ހޯދައިފި އެވެ.
ނަގޯޔާގެ ހެކިނަން ރިޔޮކުޗީ ބީޗު ކޯޓުގައި ކުޅުނު ގުރޫޕު ސްޓޭޖުގައި ރާއްޖޭގެ ފަހު މެޗުގައި ބަންގްލަދޭޝް އަތުން ބަލިވެފައި ވަނީ ދެ ސެޓު އެއް ސެޓުންނެވެ. މި މެޗުގެ ކުރިން އީރާންއާ ދެކޮޅަށް ކުޅުނު މެޗާއި، ޖަޕާންއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވެފައި ވަނީ ސީދާ ދެ ސެޓުންނެވެ.
ރާއްޖޭގެ އެއް ނަންބަރު ޕެއާ އިސްމާއީލް ސާޖިދު އާއި އާދަމް ނަސީމް ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ފުރަތަމަ ސެޓު ކާމިޔާބުކޮށްފަ އެވެ. ރާއްޖޭގެ ޕެއާ އިން ފުރަތަމަ ސެޓު ކާމިޔާބުކޮށްފައި ވަނީ 21-13 އިންނެވެ. ނަމަވެސް، ބަންގްލަދޭޝް އިން ވަނީ 19-21 އިން ދެ ވަނަ ސެޓު ކާމިޔާބުކޮށްފަ އެވެ. އަދި ވާދަވެރި ކުޅުމަކަށް ފަހު، ބަންގްލަދޭޝް އިން ތިން ވަނަ ސެޓު ކާމިޔާބު ކުރީ 15-17 އިންނެވެ.
20 ވަނަ އޭޝިއަން ގޭމްސްގައި ދިވެހި އަންހެން ބީޗު ވޮލީ ޓީމުގެ ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި މޮންގޯލިއާއާ ދެކޮޅަށް ނުކުންނާނީ ހޮނިހިރު ދުވަހު އެވެ.
މަސްދަރު: މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)










