Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކާވާ ބީޗު ވޮލީ ޓުއާ

ފައިނަލުން ބަލިވެ، ކުޑަ ކާއްޓޭއާއި އެޑަމްއަށް ރިހި މެޑަލް

ފައިނަލްގައި ވާދަކުރި އިންޑިއާގެ ޕެއާގެ މައްޗަށް، ގްރޫޕް ސްޓޭޖުގައި ކުޑަ ކާއްޓޭއާއި އެޑަމް ކުރި ހޯދި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ސެޕްޓެމްބަރު 2023 | ހޮނިހިރު 04:48
ރިހި މެޑަލާއެކު ކުޑަ ކާއްޓޭއާއި އެޑަމް

ރިހި މެޑަލާއެކު ކުޑަ ކާއްޓޭއާއި އެޑަމް

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ބީޗު ވޮލީ ބޯޅަ ޓުއާގައި ރާއްޖޭގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ފައިނަލުން ބަލިވެއްޖެއެވެ.

ބަންގްލަދޭޝްގައި ކުރިއަށްދާ މުބާރާތުގެ ފައިނަލުގައި ކުޑަ ކާއްޓޭއާއި އެޑަމް ނިކުތީ އިންޑިއާގެ ނިތިންއާއި ރާމާގެ ޕެއާއާ ދެކޮޅަށެވެ. އިންޑިއާގެ ޕެއާއިން ފައިނަލް މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-19 އަދި 21-14އިންނެވެ. މިއީ މި މުބާރާތުގައި ކުޑަ ކާއްޓޭއާއި އެޑަމް ބަލިވި ފުރަތަމަ މެޗެވެ. މިއަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ އިތުރުން، ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލް މެޗުވެސް ކުޑަ ކާއްޓޭއާއި އެޑަމް ވަނީ ކާމިޔާބުކޮށްފައެވެ. އަނެއްކޮޅުން، ފައިނަލްގައި ވާދަކުރި އިންޑިއާގެ ޕެއާގެ މައްޗަށް ގްރޫޕް ސްޓޭޖުގައި ކުޑަ ކާއްޓޭއާއި އެޑަމް ކުރި ހޯދިއެވެ.

ކުޑަ ކާއްޓޭއާއި އެޑަމްއަކީ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރި ޕެއާއެވެ. އެހެން ނަމަވެސް، ފައިނަލުން ބަލިވެ މިއަހަރުގެ މުބާރާތުން ވަނީ ރިހި މެޑަލް ލިބިފައެވެ. މިދިޔަ އަހަރުގެ މުބާރާތް ކުޑަ ކާއްޓޭއާއި އެޑަމް ކާމިޔާބ ކުރީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

ސެންޓްރަލް ޒީން ބީޗް ވޮލީ މުބާރާތްޤައުމީ ބީޗު ވޮލީބޯޅަ ޓީމުވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު