އޭޝިއަން ގޭމްސް ބީޗް ވޮލީ: ރާއްޖެ ބަލިކޮށް އީރާން އިން ފުރަތަމަ މޮޅު ހޯދައިފި
21 ސެޕްޓެމްބަރު 2026 | ހޯމަ 05:50މިޒޫހޯ ޕާކް ސްޓޭޑިއަމްގައި އާދީއްތަ ދުވަހު ކުޅުނު މި މެޗުގެ ސެޓުތައް އީރާން އިން ކާމިޔާބުކުރީ 21-12 އަދި 21-14 އިން


އޭޝިއަން ގޭމްސްގެ ބީޗު ވޮލީގައި ރާއްޖެ އާއި އީރާން ކުޅުނު މެޗުގެ ތެރެއިން | އެމްއޯސީ
ޖަޕާންގެ ނަގޯޔާގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ބީޗު ވޮލީބޯޅަ އިވެންޓުގައި، ދިވެހިރާއްޖޭގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައި އީރާން އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
މިޒޫހޯ ޕާކް ސްޓޭޑިއަމްގައި އާދީއްތަ ދުވަހު ކުޅުނު މި މެޗުގެ ސެޓުތައް އީރާން އިން ކާމިޔާބުކުރީ 21-12 އަދި 21-14 އިންނެވެ. ގުރޫޕު ސްޓޭޖުގެ މި ފެށުމާއެކު އީރާން އިން ވަނީ މުބާރާތުގައި އިތުރު އިތުބާރެއް ހޯދާފަ އެވެ. ބޮޑު އުންމީދަކާއެކު މުބާރާތަށް ނުކުތް އީރާންގެ ޓީމުން އަމާޒު ހިފާފައިވަނީ ނޮކްއައުޓް ބުރަށް ދަތުރު ކުރުމަށެވެ. އެގޮތުން ގުރޫޕު ސްޓޭޖުގައި އެ ޓީމަށް ކުރިމަތިވާނެ އެންމެ ބޮޑު ވާދަވެރިކަމަކީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ޖަޕާންއާ ދެކޮޅަށް ކުޅޭ މެޗެވެ.
20 ވަނަ އޭޝިއަން ގޭމްސް "އައިޗީ-ނަގޯޔާ 2026" ކުރިއަށްދަނީ ސެޕްޓެމްބަރު މަހުގެ 19 އިން 27 ގެ ނިޔަލަށް، ޖަޕާންގެ މެދުތެރޭގެ އައިޗީ ޕްރިފެކްޗާގެ އެކި ސަރަހައްދުތަކުގަ އެވެ. މި ފަހަރުގެ މުބާރާތުގައި އީރާން އިން 38 ކުޅިވަރަކުން 305 އެތުލީޓުން ބައިވެރިވެ އެވެ.
އީރާންގެ ވަފުދަށް ދީފައިވާ ނަމަކީ "މިނާބް އެންޖެލްސް" އެވެ. މިއީ 2026 ވަނަ އަހަރުގެ ފެބްރުވަރީ 28 ވަނަ ދުވަހު އެމެރިކާ އިން ދިން މިސައިލް ހަމަލާއެއްގައި ޝަހީދުވި ސްކޫލު ކުދިންގެ ހަނދާނުގައި ދީފައިވާ ނަމެކެވެ.




