Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔަމަނުގެ ދާޚިލީ ހަނގުރާމަ

ލަދުގެ ލިސްޓަށް އެރުވުމާއިއެކު ސައުދީގެ އަސްކަރީ ކޯލިޝަނުން ރާއްޖެ ވަކިވުމަށް އެމްޑީޕީން ގޮވާލައިފި

އދ އިން ސައުދީ ކޯލިޝަން ބްލެކްލިސްޓް ކޮށްފައިވަނީ ކުޑަކުދިންނާއި ދެކޮޅަށް ޖަރީމާ ހިންގާތީ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2017 | ހޮނިހިރު 13:11
ސައުދީ ކޯލިޝަނުން ހަމަލާއެއް ދިން ސަރަޙައްދެއްގައި ކުޑަކުއްޖަކު

ސައުދީ ކޯލިޝަނުން ހަމަލާއެއް ދިން ސަރަޙައްދެއްގައި ކުޑަކުއްޖަކު

ސައުދީ ޢަރަބިއްޔާއިން އިސްވެ ޔަމަނުގައި ކުރިއަށް ގެންދާ ޤަތުލު އާންމާ ގުޅިގެން ސައުދީ ޢަރަބިއްޔާއިން އެކުލަވާލާފައިވާ އަސްކަރީ ކޯލީޝަން، ކުޑަކުދިންނާއި ދެކޮޅަށް ޖަރީމާތައް ހިންގާ ބައެއްގެ ގޮތުގައި އދ. އިން ބްލެކް ލިސްޓު ކުރުމާއެކު ދިވެހިރާއްޖެ ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލީޝަނުން މިހާރުން މިހާރަށް ވަކިވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފިއެވެ.

އެ ޕާޓީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސައުދީ ޢަރަބިއްޔާއިން އެކުލަވާލާފައިވާ ކޯލީޝަނުން ކުރިއަށް ގެންދާ ޤަތުލު ޢާންމުގައި މައުސޫމް ކުޑަކުދީންނާއި، އަންހެނުން އަދި އެތައްހާސް އާންމު ރައްޔިތުން މެރުމާއި، ރައްޔިތުން ދިރިއުޅޭ ހިސާބުތަކަށް ބޮން އެޅުމާއި މިފަދަ ލާއިންސާނީ ކަންކަން ކުރިއަށްގެންދާތީ، ފައިތުވީ ހަފްތާގައި އދ. ގެ ސެކެޓަރީ ޖެނެރެލް މި އަސްކަރީ ކޯލީޝަން ”ލަދުގެ ލިސްޓު“ ގައި ހިމަނުއްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

24 އޯގަސްޓުގައި އދ. އިން އާންމު ކުރި ރިޕޯޓުގައި ބުނެފައި ވަނީ، ސައުދީގެ ކޯލީޝަނުން ޔަމަނަށް ދެމުންދާ ރަޙުމެއްނެތް އަނިޔާވެރި ޙަމަލާތަކުގެ ސަބަބުން ގާތްގަނޑަކަށް 700 ކުޑަކުދިން މަރުވެ، 40 ސްކޫލާއި ހޮސްޕިޓާ ބިމާ ހަމަވެފައިވާ ކަމަށެވެ.

އެމްޑީޕީން ބުނީ، އދގެ "ލަދުގެ ލިސްޓު" ގައި ސައުދީގެ ކޯލީޝަން ހިމެނިގެންދިއުމާއެކު ދިވެހިރާއްޖެ ފެނިގެންދަނީ މުސްލިމް މައުސޫމް ތުއްތުކުދިންނާއި އަންހެނުންނަން އަނިޔާވެރި ހަމަލާދީ މަރަމުން ގެންދިއުމުގެ ލަދުވެތި ލާއިންސާނީ ޖަރީމާތަކުގައި ބައިވެރިވާ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި މިފަދަ ލާއިންސާނީ ޢަމަލުތައް ހިންގާ ބައެއްގެ ކޯލީޝަނަކާ ދިވެހިރާއްޖެއިން ގުޅިފައިވާކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަން ފާހަގަކޮށް، އެމްޑީޕީން ބުނީ، ދިވެހިރާއްޖެއަކީ ޞުލްޙައަށް ލޯބިކުރާ ޤައުމަކަށް ވީހިނދު، މިފަދަ އަނިޔާވެރިކަމެއް ކުރާ ބައެއްގެ މަސައްކަތްތަކަށް ހިތްވަރުދީ ޢަމަލީ ގޮތުން ސައުދީ އިން ހިންގާ މިފަދަ ކަންކަމުގައި ބައިވެރިވުމަކީ ދިވެހި ދައުލަތުންނާއި ދިވެހި އަސްކަރިއްޔާ އިން ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ނަން ބޭރު ދުނިޔޭގައި އިތުރަށް ކިލަނބުވެ، ރާއްޖެ އެކަހެރިވެގެންދާނެ ކަމަށާ، ސިޔާސީ މަންފާއެއް ޙާސިލް ކުރުމަށް މިފަދަ ލާއިންސާނީ ކަންކަމުގައި ދިވެހި އަސްކަރިއްޔާ ބޭނުންކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޔަމަނުގައި ހަރަކާތްތެރިވާ އަސްކަރީ ކޯލީޝަނުން ރާއްޖެ ވަކިވުމަށް އެމްޑީޕީން ގޮވާލި ނަމަވެސް، އދ އިން "ލަދުގެ ލިސްޓް" ގައި ހިމަނައި، ބްލެކްލިސްޓް ކޮށްފައިވާ ސައުދީގެ އަސްކަރީ ކޯލީޝަންގައި ރާއްޖެއެއް ނުހިމެނެއެވެ. އދ ބްލެކްލިސްޓް ކޮށްފައި ވަނީ، 2015 ވަނަ އަހަރުގެ މާޗް މަހު ސައުދީން އިސްވެ އޮވެ، އަބްދުރައްބު މަންސޫރު ހާދީގެ ސަރުކާރަށް ވާގިވެރި ވުމަށާއި، ޔަމަނުގެ ހޫޡީންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އުފެއްދި ކޯލީޝަނެކެވެ. އެ ކޯލީޝަންގައި ސައުދީ އަރަބިއާގެ އިތުރުން ދެން ހިމެނެނީ، އެކުވެރި އަރަބި އިމާރާތް، ބަޚްރެއިން، ކުވެއިތު، މިޞްރު، އުރުދުން، މޮރޮކޯ، ސެނެގޯލް އަދި ސޫދާނެވެ. މި ކޯލީޝަންގައި ކުރިން ޤަތަރު ހިމެނުނު ނަމަވެސް، ސައުދީ އާއި ދެމެދު އުފެދުނު ސިޔާސީ ނުތަނަވަސްކަމަށް ފަހު، މި އަހަރުގެ ޖޫން މަހު ޤަތަރު ވަނީ މި ކޯލިޝަނުން ބޭރު ކޮށްފައެވެ. މި ކޯލިޝަނަށް ވާގިވެރިވާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ، އިނގެރޭސިވިލާތް، ފްރާންސް، ތުރުކީ، އަދި ބެލްޖިއަމްއެވެ.

އދ އިން "ލަދުގެ ލިސްޓް" ގައި ހިމަނައި، ބްލެކްލިސްޓް ކޮށްފައިވާ ސައުދީގެ އަސްކަރީ ކޯލީޝަންގައި ރާއްޖެ ނުހިމެނުނު ނަމަވެސް، 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު، މައިގަނޑުގޮތެއްގައި ހަނގުރާމަވެރި ދައީޝް ޖަމާޢަތާއި ހަނގުރާމަ ކުރުމަށް ސައުދީ އިސްވެ އޮވެ އުފެއްދި، އިސްލާމިކް މިލިޓަރީ އެލަޔަންސް (އިސްލާމިކް މިލިޓަރީ އެލަޔަންސް ޓު ފައިޓް ޓެރަރިޒަމް)، ނުވަތަ ޓެރަރިޒަމާއި ދެކޮޅަށް ހަނގުރާމަކުރާ އިސްލާމީ އިއްތިހާދުގައި ދިވެހިރާއްޖެ ހިމެނެއެވެ. ރާއްޖޭގެ އިތުރުން 40 ޤައުމެއް ހިމެނޭ މި ކޯލިޝަންގައި ރަސްމީކޮށް ރާއްޖެއިން އަދާކުރާނެ ދައުރެއް މިހާތަނަށް ހާމަކޮށްފައި ނުވާއިރު، މި ކޯލިޝަނުން، އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދިއުން ނޫން އިތުރު ކަމެއް ކޮށްފައި ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވޯލްޑް ބޭންކް ލަދުގެންފި، އައިއެމްއެފް އުޅެނީ ރާއްޖެއިން ލޯނު ނުނަގައިގެން: ރިޔާޒް

ވޯލްޑް ބޭންކް ލަދުގެންފި، އައިއެމްއެފް އުޅެނީ ރާއްޖެއިން ލޯނު ނުނަގައިގެން: ރިޔާޒް

25 އޮކްޓޯބަރު 2017
އަސްކަރީ ތަމްރީންތަކުގެ ވާހަކައަކީ ދޮގު ޚަބަރެއް : އެމްއެންޑީއެފް

އަސްކަރީ ތަމްރީންތަކުގެ ވާހަކައަކީ ދޮގު ޚަބަރެއް : އެމްއެންޑީއެފް

04 ސެޕްޓެމްބަރު 2017
ފާރިސް ހައްޔަރުކޮށްފިއްޔާ އިދިކޮޅު ފަރާތްތަކުގެ ލިސްޓަށް މަޖިލީހުގެ 5 މެންބަރުން އިތުރުވާނެ: މުސްތަފާ

ފާރިސް ހައްޔަރުކޮށްފިއްޔާ އިދިކޮޅު ފަރާތްތަކުގެ ލިސްޓަށް މަޖިލީހުގެ 5 މެންބަރުން އިތުރުވާނެ: މުސްތަފާ

04 ޖުލައި 2017
މަޑިފުއްޓާއި ކޮމަންޑޫގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުބައިލައިފި

މަޑިފުއްޓާއި ކޮމަންޑޫގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުބައިލައިފި

17 މެއި 2017
ސައުދީ އަރަބިއްޔާގެ އަސްކަރީ މަނަވަރެއް މާލެ ކައިރީ!

ސައުދީ އަރަބިއްޔާގެ އަސްކަރީ މަނަވަރެއް މާލެ ކައިރީ!

10 މާރިޗު 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު