މިސަރުކާރުން ދަނީ ދިވެހިރާއްޖޭގެ ގާނޫނީ އިމަށް ފުށުއަރާގޮތަށް ގާނޫނުތަކަށް އިސްލާހު ގެނެސް ބާރުތައް ނަގަން މަސައްކަތްކުރަމުން: ގާނޫނީ ވަކީލު ނިޝާން
22 ސެޕްޓެމްބަރު 2026 | އަންގާރަ 06:32އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ރާއްޖޭގެ ބިމާއި ކަނޑުގެ ސަރަހައްދުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާއަށް ބޮޑެތި ބާރުތަކެއް ލިބިވަޑައިގަންނަވާތީ ގާނޫނީ ވަކީލު މުހައްމަދު ނިޝާން ކަންބޮޑުވުން ފާޅުކުރައްވައިފި. ރައްޔިތުންގެ ބޯހިޔާވެހިކަމަށް ހިއްކި ފުށިދިއްގަރުފަޅު ފަދަ ތަންތަން އިއުލާނުކުރުމެއް ނެތި ބޭރުގެ ކުންފުނިތަކަށް ދިނުމަކީ ގާނޫނީ އިންތަކާ ފުށުއަރާ ކަމެއްކަން އޭނާ ފާހަގަކުރެއްވި


ޤާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް | ރާއްޖެ އެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ ގާނޫނީ އިމަށް ފުށުއަރާގޮތަށް ގާނޫނުތަކަށް އިސްލާހު ގެނެސް ބާރުތައް ނަގަން މަސައްކަތް ކުރަމުން ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ގާނޫނީ ވަކީލު ނިޝާން ވިދާޅުވީ، ގައުމެއްގައި އެގައުމެއްގެ ސިޔާދަތީ ބާރު ގެއްލޭ ގޮތަށް ނުވަތަ އެގައުމެއްގެ އެތެރޭގެ ގާނޫނީ އޮނިގަނޑު ނުހިނގާ ގޮތަށް ގާނޫނުތައް ހަދާއިރު ބަލަން ޖެހޭ ކަންތައްތަކެއް ހުންނަ ކަމަށެވެ.
މި މުއާހަދާގެ ދަށުން އެގައުމެއްގައި ގާއިމުކުރެވޭ ޑިޕްލޮމެޓިކް މިޝަންތަކުގެ މައްޗަށް އެ މިޝަން ހިމެނޭ ސަރަހައްދުގެ މައްޗަށް އެގައުމުގެ ގާނޫނު ބައެއް ހާލަތްތަކުގައި ނުހިގުމަކީ އެއީ ގާނޫނީ ގޮތުން ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސް. މިހާލަތުގައި ވެސް އަޅުގަނޑު މި އިޝާރަތް ކުރާ ގޮތަށް އެގައުމެއްގެ އެތެރޭގެ ގާނޫނީ އިމަށް އުނިކަން އަންނަ ގޮތަށް، އައިބުކަން އަންނަ ގޮތަށް އެނގޭތޯ ކޮށި އެރުމެއް އަންނަ ގޮތަށް، ފުށުއެރުމެއް އަންނަ ގޮތަށް ނޫން މި އުސޫލު ވެސް އޮތީ އެއްނިޝާން އިބްރާހީމް
ދިވެހިރާއްޖެއަށް 2008 ވަނަ އަހަރު އައު ގާނޫނު އަސާސީ ގެނައީ ވެސް ވިއެނާ ކޮންވެންޝަންއަށް ފުށުނާރާ ގޮތަށްކަން ފާހަގަކުރައްވާ ނިޝާން ވިދާޅުވީ، އެސްްއީޒެޑްގެ ގާނޫނަށް 2025 ވަނަ އަހަރު ގެނައި އިސްލާހުގެ ޖުމްލަ އޮނިގަނޑު ގެނެސް އޮތީ ރައީސްއަށް ރާއްޖޭގެ އިގުތިސާދީ ސަރަހައްދުތަކާއި، ރާއްޖޭގެ ރައްޔިތުން ބޭނުން ކުރަމުންދާ ބިމާއި ކަނޑުގެ ސަރަހައްދުތަކަށް ބާރު ހިންގޭ ގޮތަށް ކަމަށެވެ.
ގާނޫނުގައި މިހެން ލިޔެފައި އޮތް ނަމަވެސް މިސަރުކާރުން އަމަލު ކުރަމުން ދަނީ އެގޮތަކަށް ނޫން ކަމަށް ނިޝާން ވިދާޅުވި އެވެ. އެގޮތުން ފުށިދިއްގަރަކީ އެސްއެއީޒެޑްގެ ތެރެއަށް ވަންނަ ތަނެއްކަން ބަޔާން ކުރަން ޖެހޭ ކަމަށާއި، ނަމަވެސް ފެނިގެން ދިޔައީ ކުއްލިއަަކަށް ދުބާއީގެ ކުންފުންޏަކަށް ދިންތަން ކަމަށް ނިޝާން ވިދާޅުވި އެވެ.
ދެންމެ ތި އިޝާރަތް ކުރާ ގޮތަށް އެކަން އިއުލާނުނުކޮށް ރައީސުލްޖުމްހޫރިއްޔާ ކުއްލިއަކަށް ބޭރު ތަނަކަށް ވަޑައިގެންފައި ނޫނީއާ ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ވަފުދަކު ނުވަތަ ބަޔަކު ސަރުކާރު ރެޕްރެޒެންޓް ކުރާ ގޮތަށް ގޮސްގެން އެގްރިމަންޓުތަކުގައި ސޮއިކޮށް އެކަން އެގޮތަށް ކަނޑައަޅާ ކަމުގައި ވާނަމަ މިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ރައްޔިތުން ދިރިއުޅެއުޅެ އޮއްވާ އެ ގޭތަށް އެސްއީޒެޑަށް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ކޮށްފާނެ ކަމެއްމުހައްމަދު ނިޝާން އިބްރާހީމް
ނިޝާން ވިދާޅުވީ ރާއްޖޭގައި ފާސްކޮށްފައި ހުރި ބައެއް ގާނޫނުތައް އެސްއީޒެޑްގެ ތެރެއަށް ނުހިނގާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ބޯހިޔާވެހިކަން ދިނުމުގެ ނަމުގައި ހިއްކި ތަނެއް އެސްއީޒެޑްގެ ނަމުގައި ބެރުގެ ބަޔަކަށް ދިނުމަކީ ގާނޫނީ އިންތަކާ ވަރަށް ބޮޑަށް ފުށުއަރާ ކަމެއް ކަމަށެވެ.








