Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
ބަރުދަން ލުއިކުރާ ބޭސް

އަލަށް އުފެއްދި ގުޅަ ބޭހަކުން 16 މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް 12 ކިލޯ ބަރުދަން ލުއި ކުރެވިދާނެ

ދުވާލަކު އެއްފަހަރު ބޭނުން ކުރާ މި ގުޅަ ބޭސް އަންނަ އަހަރު ލިބެން ހުންނާނެ ކަމަށް ބޭސް އުފައްދާ ކުންފުނިން އުއްމީދު ކުރާ އިރު، މި ބޭހުން ކުރާ ކަމަކީ ކެއުމަށް ޝައުގުވެރިކަން ކުޑަ ކުރުމެވެ. މި ގުޅަ ބޭނުން ކުރުމުން ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް ދަށްވުންފަދަ އިތުރު ފައިދާތައްވެސް ލިބޭ ކަމަށް ދިރާސާތަކުން ވަނީ ހާމަ ވެފައެވެ.

ރާއްޖެ އެމްވީ | 8 އޯގަސްޓު 2025 | ހުކުރު 10:55
ހަށިގަނޑު ފަލަ މީހެއް - ފަލަވުމުގެ މައްސަލަ އަކީ ވަރަށް ގިނަ ބަޔަކަށް ދިމާވެފައިވާ ސިއްހީ މައްސަލައެއް

ހަށިގަނޑު ފަލަ މީހެއް - ފަލަވުމުގެ މައްސަލަ އަކީ ވަރަށް ގިނަ ބަޔަކަށް ދިމާވެފައިވާ ސިއްހީ މައްސަލައެއް

ދުވާލަކު އެއްފަހަރު ބޭނުންކުރާ ބަރުދަން ލުއި ކުރާ ގުޅަ ބޭހެއްގެ ތަޖުރިބާތަކުން ދައްކާގޮތުގައި 72 ހަފްތާގެ ތެރޭގައި މި ބޭސް ބޭނުން ކުރާ މީހުންގެ ހަށިގަނޑުގެ ބަރުދަނުން 12 އިންސައްތަ ލުއިކުރެވިދާނެއެވެ.

މެނުފެކްޗަރަރ "އެލީ ލިލީ" އާ ހަވާލާ ދީ ބީބީސީ އިން ބުނެފައި ވަނީ، އަދި ލައިސަންސް ނުލިބޭ މި ބޭސް، ކުރިއަށް އޮތް އަހަރު ލިބެން ހުންނާނެ ކަމަށެވެ.

އޯފޯގްލިޕްރޮން ކިޔާ ދުވާލަކު އެއް ފަހަރު ބޭނުން ކުރާ މި ގުޅަ ބޭސް މަސައްކަތް ކުރަނީ ކެއުމުގެ ޝައުގު ކުޑަކޮށް، ބަނޑުހައި ނުވެ ހުންނަ ކަހަލަ އިހުސާސް ގެނުވައިދީގެންނެވެ.

މުހިންމު ޓްރަޔަލްއެއްގެ ފުރަތަމަ ނަތީޖާތަކުން ދައްކާ ގޮތުގައި އެންމެ މަތީ ޑޯޒްގައި މި ބޭސް ބޭނުން ކުރި މީހުން 16 މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް 12 ކިލޯ ލުއިވެފައިވެއެވެ.

ނަމަވެސް ތަޖުރިބާގެ ނަތީޖާ ދައްކާ ގޮތުން ކޮންމެ 10 މީހަކުން އެކަކު މި ބޭސް ބޭނުން ކުރުން ހުއްޓާލާފައި ވަނީ މޭ ނުބައި ކުރުމާއި ހޮޑުލުން ފަދަ ސައިޑް އިފެކްޓްތަކުގެ ސަބަބުންނެވެ.

އަނެއްކޮޅުން ބޭސް ބޭނުން ކުރި މީހުންނަށް ބަރުދަން ލުއިވުމުގެ އިތުރުން، ކޮލެސްޓްރޯލް އާއި ލޭގައި ސަރުބީ ހުންނަ މިންވަރާއި އަދި ލޭގެ ޕްރެޝަރު ދަށްވުމުގެ ފައިދާވެސް ލިބުނެވެ.

އެލީ ލިލީގެ ފަރާތުން ބީބީސީ އާ ވާހަކަ ދެއްކި ޑރ. ކެނެތް ކަސްޓަރ ވިދާޅުވި ގޮތުގައި، މި އަހަރު ނިމުމުގެ ކުރިން މި ބޭހަށް ލައިސަންސް ހޯދުމަށް ހުށަހެޅުމަށް ކުންފުނިން މަސައްކަތް ކުރަމުން ދާކަމަށާއި، "ދުނިޔޭގެ ފެންވަރުގައި ކުރިމަތިވެފައިވާ މި ބޮޑު ޞިއްޙީ ނުރައްކަލަށް އެޑްރެސްކުރުމަށް" އެ ކުންފުނިން ތައްޔާރުވަމުންދާ ކަމަށެވެ.

އޯފޯގްލިޕްރޯން ބޭނުންކުރި މީހުންނަށް 12 އިންސައްތައިގެ ބަރުދަން ލުއިވި އިރު، ހަފްތާއަކު އެއްފަހަރު ޖަހާ އިންޖެކްޝަން - މައުންޖާރޯ ބޭނުންކުރި ބަލިމީހުންގެ 22 އިންސައްތައިގެ މިންވަރަކަށް ބަރުދަން ލުއިވިއެވެ.

މި އިންޖެކްޝަން އަކީ ވެސް އެލީ ލިލީ އިން އުފައްދާ ބޭހެކެވެ. ފަހުން މި އުފެއްދި ގުޅަ ބޭހަކީ އިންޖެކްޝަން ހާ ނަތީޖާ ރަނގަޅު ފަރުވާއެއް ނޫން ނަމަވެސް، ބަރުދަން ލުއި ކުރުމަށް އިންޖެކްޝަން ކަށި ޖަހަން ނުޖެހޭ މި ބޭހަށް ރަނގަޅު މާކެޓެއް ލިބޭނެ ކަމަށް ބެލެވެއެވެ.

މިހާރު ބޭނުންކުރާ ބޭހަށް ވުރެ އަލަށް އުފައްދާ ގުޅަ ބޭސް މާ އަގުހެޔޮ ވާނެ ކަމަށް ބެލޭތީ ގިނަ ބަޔަކަށް އެ ބޭސް ލިބޭނެ ކަމަށް އުއްމީދު ކުރެވެއެވެ.

މި ބޭހުގެ ޓްރަޔަލްގެ ފުރިހަމަ ނަތީޖާތައް ދިރާސާކުރުމަށް ޔޫރަޕިއަން އެސޯސިއޭޝަން ފޯރ ދަ ސްޓަޑީ އޮފް ޑައިބެޓީސްގެ އަހަރީ ބައްދަލުވުމުގައި އަންނަ މަހު ހުށަހަޅައި، ޕިއަރ-ރިވިއުކުރެވޭ މަޖައްލާ އެއްގައި ނަތީޖާތައް ޝާއިޢުކުރާ ގޮތައް ވަނީ ހަމަޖެހިފައެވެ.

ވާދަވެރި ކުންފުނި ނޯވޯ ނޯޑިސްކް އިން އުފައްދާފައިވާ ބަރުދަން ލުއި ކުރާ އިންޖެކްޝަންގެ ބަދަލުގައި ވެގޮވީ ނަމަކަށް ކިޔާ ގުޅަ ބޭހަކަށް ހުއްދަ ހޯދުމަށް އެމެރިކާގެ ކަމާ ބެހޭ އިދާރާތަކަށް ވަނީ ހުށަހަޅާފައެވެ. ޓްރަޔަލްތަކުގައި، ނޯވޯ ނޯޑިސްކްގެ ދުވާލަކު އެއްފަހަރު ކާ މި ބޭހުގެ އެންމެ މަތީ ޑޯޒް ގެ ގުޅު ބޭނުން ކުރި ބަލިމީހުން 64 ހަފްތާއަށްފަހު އެމީހުންގެ ހަށިގަނޑުގެ ބަރުދަނުގެ 15 އިންސައްތަ ލުއިވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރޫސީ ވިލާތުގެ ޒުވާނުން ބަރުދަން ލުއިކުރަން ނުރައްކާތެރި "މޮލިކިއުލް" ކިޔާ ގުޅަ ބޭހަކަށް ޝައުގުވެރި ވަނީ

ރޫސީ ވިލާތުގެ ޒުވާނުން ބަރުދަން ލުއިކުރަން ނުރައްކާތެރި "މޮލިކިއުލް" ކިޔާ ގުޅަ ބޭހަކަށް ޝައުގުވެރި ވަނީ

02 ނޮވެމްބަރު 2025
ތުއްތު ދަރިފުޅަށް އަލަށް ކާންދޭން ފަށާއިރު ގޯސްތަކެއް ހެދޭކަން ދެނަހުރިންތަ؟

ތުއްތު ދަރިފުޅަށް އަލަށް ކާންދޭން ފަށާއިރު ގޯސްތަކެއް ހެދޭކަން ދެނަހުރިންތަ؟

18 އޯގަސްޓު 2024
ކޮވިޑް ދެން ވާނީ އާދައިގެ ރޯގާއަކަށް: ވެކްސިން އުފެއްދި މާހިރުން

ކޮވިޑް ދެން ވާނީ އާދައިގެ ރޯގާއަކަށް: ވެކްސިން އުފެއްދި މާހިރުން

24 ސެޕްޓެމްބަރު 2021
ތެޔޮގުޅައަކީ ކުދިން ތޫނުފިލި ކުރުވާ އެއްޗެއްތަ؟

ތެޔޮގުޅައަކީ ކުދިން ތޫނުފިލި ކުރުވާ އެއްޗެއްތަ؟

23 މާރިޗު 2017

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު