Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑރ. މުހައްމަދު މުއިއްޒު

ވައްކަން ކުރުމަކީ ހަމައެކަނި މީހެއްގެ އަޚުލާގަށް އަންނަ ބަދަލެއް ނޫން، އެފަދަ ތަނެއްގައި އެއްވެސް އަމާންކަމެއް، ރައްކާތެރިކަމެއް ނޯންނާނެ: ރައީސް މުއިއްޒު

13 ސެޕްޓެމްބަރު 2026 | އާދީއްތަ 05:33

އިސްލާމީ ޝަރީއަތަކީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ހަލާލު މަގުން މުދާ ހޯދުމަށް ބާރުއަޅާ ދީނެއް ކަމަށާއި، ވައްކަމާއި ފޭރުން ފަދަ އަމަލުތަކަކީ މުޖުތަމައުގެ އަމާންކަން ގެއްލުވާލާ ނުރައްކާތެރި ކަންކަންކަން ފާހަގަކުރައްވައި، އިހުގެ ދިވެހިންގެ މެދުގައި އޮތް އިތުބާރާއި އަމާންކަމުގެ ވާހަކަ ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ވާނީ ފާހަގަކުރައްވާފައި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 13 ސެޕްޓެމްބަރު 2026 | އާދީއްތަ 05:33

ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް

ވައްކަން ކުރުމާއި ފޭރުމާއި ރިބާ ކެއުމާއި އަދި މަކަރާއި ހީލަތް ހެދުން ފަދަ ހުރިހާ ކުށްތަކަކީ އިސްލާމްދީނުގައި ހަރާމްކުރައްވައި ނަހީކުރައްވާފައިވާ ކަންކަން ކަމަށާއި، އިޖުތިމާއީ ފަސާދައިގެ ހުރިހާ ނުބައި އަމަލުތަކަކުން ދުރުހެލިވުމަށް މި މާތް ދީން އަންގަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމީ ޝަރީއަތުން އިންސާނާއަށް ކަށަވަރުކޮށްދޭ އެންމެ މުހިންމު އެއް ކަމަކީ އޭނާގެ މުދަލުގެ ރައްކާތެރިކަމެވެ. އެގޮތުން ވައްކަމާއި ފޭރުމާއި ޚިޔާނާތްތެރިވުން ފަދަ ކަންކަން މަނާކުރައްވައި، އޭގެ ބަދަލުގައި އިންސާނާގެ ތަނަވަސްކަމަށްޓަކައި ހެޔޮ އަދި ހަލާލު ގޮތުގައި މުދާވެރިވެ، ފައިސާ ހޯދޭނެ މަގުތައް އިސްލާމްދީން ވަނީ ދައްކަވާފަ އެވެ. އަދި ހަލާލު ގޮތުގައި ވިޔަފާރި ކުރުމަކީ އިސްލާމްދީން ނުހަނު ބޮޑަށް ބާރުއަޅައި ތަރުހީބުދޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ، ވައްކަން ކުރުމަކީ ހަމައެކަނި މީހެއްގެ އަޚުލާގަށް އަންނަ ބަދަލެއް ނޫން ކަމަށާއި، އަދި މުދާ ފޭރުމަކީ ހަމައެކަނި ވަގުތީ ގޮތުން އުފެދޭ ބިރުވެރިކަމެއް ނޫން ކަމަށެވެ. އެފަދަ ކަންކަމަކީ މުޖުތަމައެއްގައި އިންސާނީވަންތަކަން އަނދައި އަޅިއަށްވެފައިވާ މިންވަރު ދައްކުވައިދޭ، މާ ހިތާމަވެރި އަދި ނުރައްކާތެރި އިޖުތިމާއީ އަދި ގައުމީ ހާލަތެއްގެ ނަތީޖާ ކަމަށެވެ. އަދި އެފަދަ ތަނެއްގައި އެއްވެސް އަމާންކަމެއް، ރައްކާތެރިކަމެއް އަދި ހިތްތަކުގެ ހަމަޖެހުމެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިހުގެ ދިވެހިންގެ ދިރިއުޅުމަށް އަލިއަޅުއްވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ދިވެހީން އިސްލާމްދީން ގަބޫލުކޮށް، ބިނާކުރި މުޖުތަމައަކީ މިފަދަ ހުރިހާ ނުބައި ކަންކަމުން ބަރީއަވެފައިވާ ތަނެއްކަން ތާރީޚީ ފަތްފުށްތަކުން އެނގެން އޮތް ކަމަށެވެ. އެ ދުވަސްވަރު ގޭގޭގެ މައިދޮރުގައި ތަޅުލަން ނުޖެހޭ ކަމަށާއި، ފިހާރަތަކަށް މީހުން ދިއުމުން ފިހާރައިގެ ތަޅުދަނޑި ދިއްކޮށްލާ ނުވަތަ ފައިސާ ނެތްނަމަ ފޮތުގައި ލިޔެލާފައި ތަކެތި ގެންދިއުމަށް އިތުބާރުކުރި ޒަމާނެއް ދިވެހީން ތަޖުރިބާކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭރު ގޭގޭގެ މައި ދޮރުގައި ތަޅުލާކަށް ނުޖެހޭ. އޭރު ބައެއް ރަށްރަށުގައި ފިހާރައަށް އެއްޗެތި ގަންނަން އަންނަ މީހާއަށް ފިހާރައިގެ ތަޅުދަނޑި އެބަ ދިއްކޮށްލެވޭ. ނުވަތަ ހުޅުވާފައި ހުރިއްޔާ ބޭނުން އެއްޗެއް ނަގައިގެން ދާށޭ ލާރި ނުގެނެވެންޏާ މޭޒުމަތީގައި އޮތް ފޮތުގައި ލިޔެލާފަ ދާށޭ ތަނުގެ ވެރިމީހާ އެބަ ބުނޭ. މިއީ އެތައް ބަޔަކު ތަޖްރިބާ ކޮށްފައިވާ ހަގީގަތް. މިއީ ދިވެހީން ދެކެފައިވާ އިސްލާމީ އިތުބާރު 
ރައީސް މުއިއްޒު

އެހެންކަމުން ރައީސް މުއިއްޒު ވިދާޅުވީ، އިސްލާމްދީނަކީ ހަމައެކަނި ރޫހާނީ ދީނެއް ނޫން ކަމަށާއި، އެއީ ރޫހާނީ ތަރުބިއްޔަތެއް ކަމަށާއި، ނަފްސާނީ ތަސައްލީއެއްގެ އިތުރުން، މާއްދީ ތަރުބިއްޔަތެއް އަދި އަޚްލާގީ ހަގީގަތެއް ކަމަށެވެ. އަދި އިސްލާމްދީނަކީ އިންސާނިއްޔަތަށް ލިބިފައިވާ ހުރިހާ ސަލާމަތަކާއި ރައްކާތެރިކަމެއްގެ މަތިވެރި އިލާހީ ނިއުމަތް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޑރ. މުހައްމަދު މުއިއްޒުރާއްޖެ އިސްލާވި ދުވަހުގެ ޖަލްސާ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

4

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

5

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2026

އިޖުތިމާއީ އަޚުލާޤު ފަސާދަވެއްޖެއްޔާ އެ ބައެއްގެ ނިމިދިޔުން މާ ދުރަކު ނޯންނާނެ: ރައީސް

13 ސެޕްޓެމްބަރު 2026
އިޖުތިމާއީ އަޚުލާޤު ފަސާދަވެއްޖެއްޔާ އެ ބައެއްގެ ނިމިދިޔުން މާ ދުރަކު ނޯންނާނެ: ރައީސް
12 ސެޕްޓެމްބަރު 2026

ކުންފުނިތައް އުވާލަނީ ޚަރަދުކުޑަކުރަން ކަމަށް ބުނުމަށްފަހު، ނަމަވެސް އަނެއްކާ ވެސް އައު ކުންފުންޏެއް!

12 ސެޕްޓެމްބަރު 2026
ކުންފުނިތައް އުވާލަނީ ޚަރަދުކުޑަކުރަން ކަމަށް ބުނުމަށްފަހު، ނަމަވެސް އަނެއްކާ ވެސް އައު ކުންފުންޏެއް!
09 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

09 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި
08 ސެޕްޓެމްބަރު 2026

އިހުތިރާމް އަދާކުރަން ދަސްކޮށްދޭ ޤައުމީ މަޝްރޫއެއް ސަރުކާރުން ހިންގަނީ: މި މަޝްރޫއު ފުރަތަމަ ރައީސްގެ އަމިއްލަފުޅު ޕާޓީން ފަށަން ފެނޭ!

08 ސެޕްޓެމްބަރު 2026
އިހުތިރާމް އަދާކުރަން ދަސްކޮށްދޭ ޤައުމީ މަޝްރޫއެއް ސަރުކާރުން ހިންގަނީ: މި މަޝްރޫއު ފުރަތަމަ ރައީސްގެ އަމިއްލަފުޅު ޕާޓީން ފަށަން ފެނޭ!
08 ސެޕްޓެމްބަރު 2026

"ހުރިހާ ދިވެހިންނަކީ ރިސޯޓު ޝެއަރހޯލްޑަރުން ނަށް ހެދުމުގެ މަޝްރޫއު ނޮވެމްބަރުގައި ފެށޭނެ، މަޝްރޫއު ނިމުމުން ކޮންމެ މީހެއްގެ އެކައުންޓަށް ފައިސާ ވަންނާނީ ޑޮލަރުން"

08 ސެޕްޓެމްބަރު 2026
"ހުރިހާ ދިވެހިންނަކީ ރިސޯޓު ޝެއަރހޯލްޑަރުން ނަށް ހެދުމުގެ މަޝްރޫއު ނޮވެމްބަރުގައި ފެށޭނެ، މަޝްރޫއު ނިމުމުން ކޮންމެ މީހެއްގެ އެކައުންޓަށް ފައިސާ ވަންނާނީ ޑޮލަރުން"
07 ސެޕްޓެމްބަރު 2026

8 މަސް ދުވަހުން ނިންމަވާނެކަމަށް ވިދާޅުވެ 2023 ވަނަ އަހަރު ފެށި ރަސްމާލެ މަޝްރޫއު މި އަހަރު ނިންމަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

07 ސެޕްޓެމްބަރު 2026
8 މަސް ދުވަހުން ނިންމަވާނެކަމަށް ވިދާޅުވެ 2023 ވަނަ އަހަރު ފެށި ރަސްމާލެ މަޝްރޫއު މި އަހަރު ނިންމަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
07 ސެޕްޓެމްބަރު 2026

ފެނަކަ އާއި އާރުޑީސީ އުވާލަން ނިންމައިފި

07 ސެޕްޓެމްބަރު 2026
ފެނަކަ އާއި އާރުޑީސީ އުވާލަން ނިންމައިފި
07 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު އަކީ ރިޔާސީ ރޭހުގައި "ތްރެޓް" އަކަށް ވާނެ ބޭފުޅެއް ނޫން، މިހާރު ވެސް ރައްޔިތުން ވޯޓެއް ނުދޭ: ކުރީގެ ރައީސް ޔާމީން

07 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު އަކީ ރިޔާސީ ރޭހުގައި "ތްރެޓް" އަކަށް ވާނެ ބޭފުޅެއް ނޫން، މިހާރު ވެސް ރައްޔިތުން ވޯޓެއް ނުދޭ: ކުރީގެ ރައީސް ޔާމީން
06 ސެޕްޓެމްބަރު 2026

އެއްވެސް ބެލުމެއްނެތި ރައީސް މުއިއްޒުގެ ސަރުކާރުން ތަންފީޒުކުރި ދުންފަތުގެ ސިޔާސަތުގެ ނުބައި ނަތީޖާއިން އެހެން ގައުމުތަކުން ފިލާވަޅު ހޯދަނީ

06 ސެޕްޓެމްބަރު 2026
އެއްވެސް ބެލުމެއްނެތި ރައީސް މުއިއްޒުގެ ސަރުކާރުން ތަންފީޒުކުރި ދުންފަތުގެ ސިޔާސަތުގެ ނުބައި ނަތީޖާއިން އެހެން ގައުމުތަކުން ފިލާވަޅު ހޯދަނީ
06 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރާއްޖެ ކޮމިއުނިޒަމްއާ ދިމާއަށް ގެންދިއުން: މާޒް ސަލީމް

06 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރާއްޖެ ކޮމިއުނިޒަމްއާ ދިމާއަށް ގެންދިއުން: މާޒް ސަލީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް