Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެލޭޝިއާ-ދިވެހިރާއްޖެ

މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދިފާޢީ ދާއިރާ އާއި އިސްލާމީ ކަންކަމާ ގުޅޭގޮތުން އެއްބާރުލުން ދިނުމަށް އެއްބަސްވުމުގައި ސޮއިކުރާނެ

14 ސެޕްޓެމްބަރު 2026 | ހޯމަ 05:26

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކުރުމަށާއި ދިފާޢީ އަދި އިސްލާމީ ކަންކަމާ ގުޅޭ ފަހުމުނާމާތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައި. ދެކުނު އޭޝިޔާ ސަރަޙައްދުގައި 2025 ވަނަ އަހަރު މެލޭޝިޔާގެ ހަވަނައަށް އެންމެ ބޮޑު ވިޔަފާރި ބައިވެރިޔަކީ ދިވެހިރާއްޖެ

ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2026 | ހޯމަ 05:26
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަން އަޒީޒާ ވަން އިސްމާއިލް، ފިލިޕީންސްގެ ސެބޫގައި ހުންނަ މެކްޓަން އެކްސްޕޯގައި 2026 މެއި 08 ވަނަ ދުވަހު ބޭއްވި އާސިއާން ސަމިޓްގެ މަރުހަބާ ކިޔުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވަނީ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަން އަޒީޒާ ވަން އިސްމާއިލް، ފިލިޕީންސްގެ ސެބޫގައި ހުންނަ މެކްޓަން އެކްސްޕޯގައި 2026 މެއި 08 ވަނަ ދުވަހު ބޭއްވި އާސިއާން ސަމިޓްގެ މަރުހަބާ ކިޔުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވަނީ. | ގެޓީ އިމޭޖަސް

މެލޭޝިއާގެ ބޮޑުވަޒީރު ދާތުކް ސެރީ އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް މިއަދު ފައްޓަވާ ދެ ދުވަހުގެ ދަތުރުފުޅުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް، ތަޢުލީމީ ދާއިރާ، ފަތުރުވެރިކަން، ދިފާޢީ ދާއިރާ އަދި އިސްލާމީ ކަންކަމާ ގުޅޭ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް މެލޭޝިއާ އިން ރާއްޖެއަށް ކަނޑައަޅުއްވަފައި ހުންނަވާ ހައިކޮމިޝަނަރ ވިދާޅުވެއްޖެ އެވެ.

މެލޭޝިއާއިން ދިވެހިރާއްޖެއަށާއި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ބަދްލީ ހިޝާމް އާދަމް މެލޭޝިއާގެ މީޑިއާތަކަށް ވިދާޅުވީ، މިއަދު ފެއްޓެވުމަށް ހަމަޖެހިފައިވާ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދެ ދުވަހުގެ މި ދަތުރުފުޅަކީ އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ކަމަށެވެ. މި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާނީ މިހާރު އޮތް ގުޅުންތައް ވަރުގަދަކުރުމަށާއި، ދެ ޤައުމަށް ފައިދާހުރި އާ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މައްޗަށެވެ.

Advertisement - newsAdvertisement

ހައިކޮމިޝަނަރު އިތުރަށް ވިދާޅުވީ، ބޮޑުވަޒީރު އަންވަރު އިބްރާހީމާއި ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް ކުރިއަށްދާ މިންވަރު މުރާޖަޢާކުރައްވައި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާނެ ކަމަށެވެ.

ބޮޑުވަޒީރުގެ ދަތުރުފުޅުގެ ކުރިން މެލޭޝިއާގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ބަދްލީ ހިޝާމް ވިދާޅުވީ، ދެ ޤައުމުގެ ލީޑަރުން ދެމެދުގައި އޮތް ޒަމާންވީ ގުޅުންތައް ވަޒަންކުރައްވައި، ޚާއްޞަކޮށް ވިޔަފާރިއާއި އިންވެސްޓްމަންޓް، ތަޢުލީމު، ފަތުރުވެރިކަން، ދިފާޢީ ދާއިރާ އަދި އިސްލާމީ ކަންކަމާ ގުޅޭ އެކި ދާއިރާތަކުން އާ ގުޅުންތައް އުފެއްދުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

މީގެއިތުރުން، ބޮޑުވަޒީރު އަންވަރު އިބްރާހީމާއި ރައީސް މުޢިއްޒު، ދިފާޢީ ދާއިރާއިން އެއްބާރުލުން ދިނުމަށާއި އިސްލާމީ ކަންކަމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވޭ ފަހުމުނާމާތައް ބަދަލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ބަދްލީ ހިޝާމް ވިދާޅުވި ގޮތުގައި، މި ދަތުރުފުޅަކީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސް މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެ، ކުރިމަގަށް އަމާޒުކުރެވިފައިވާ ބަދަހި ގުޅުމަކަށް ވަރުގަދަ ބިންގަލެއް އެޅިގެންދާނެ އެވެ.

މި ދަތުރުފުޅުގެ ތެރެއިން، ބޮޑުވަޒީރު އަންވަރު އިބްރާހީމަށް މަރުޙަބާ ދެންނެވުމުގެ ރަސްމީ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ފަހުން ރައީސް މުޢިއްޒުއާއެކު ބާއްވާ ވަކި ބައްދަލުވުމަކަށްފަހު، ދެ ޤައުމުގެ ވަފުދުތަކުގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްދާނެ އެވެ.

މި ބައްދަލުވުންތަކަށްފަހު ދެ ޤައުމުގެ ލީޑަރުން ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް ހަރަކާތަކީ ބޮޑުވަޒީރުގެ ޝަރަފުގައި ރައީސް މުޢިއްޒު ދެއްވާ ރަސްމީ މެންދުރުގެ ފަރިއްކޮޅެވެ.

މެލޭޝިއާއާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1968 ވަނަ އަހަރުގަ އެވެ. އެ ދުވަހުން ފެށިގެން ދެ ޤައުމުން ވެސް ދަނީ ދޭދޭ ގުޅުންތައް ބަދަހިކުރުމަށާއި، އިޤްތިޞާދީ އެއްބާރުލުން ވަރުގަދަކުރުމުގެ އިތުރުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ގާތްކުރުމަށް މަސައްކަތް ކުރަމުންނެވެ.

ދެކުނު އޭޝިޔާ ސަރަޙައްދުގައި 2025 ވަނަ އަހަރު މެލޭޝިއާގެ ހަވަނައަށް އެންމެ ބޮޑު ވިޔަފާރި ބައިވެރިޔަކީ ދިވެހިރާއްޖެ އެވެ. އަދި މެލޭޝިއާގެ މުދާ އެންމެ ގިނައިން ބޭރުކުރާ ޤައުމުތަކުގެ ލިސްޓުގެ ހަވަނައިގައި ރާއްޖެ ހިމެނޭއިރު، ދެ ޤައުމުގެ ދެމެދުގައި ކުރެވުނު ވިޔަފާރީގެ ޖުމްލަ އަގު 195 މިލިއަން އެމެރިކާ ޑޮލަރަށް އަރަ އެވެ.

މެލޭޝިއާއިން ރާއްޖެއަށް ބޭރުކުރި މުދަލުގެ އަގު 193 މިލިއަން އެމެރިކާ ޑޮލަރަށް އަރާއިރު، މީގެ ތެރެއިން 31.6 އިންސައްތައަކީ ޕެޓްރޯލިއަމްގެ އުފެއްދުންތަކެވެ.

މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ ދަޢުވަތު އަރުވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސް ޑރ. މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. 

ދާތުކް ސެރީ އަންވަރު އިބްރާހީމްޑރ. މުހައްމަދު މުއިއްޒުމެލޭޝިއާ-ދިވެހިރާއްޖެބަދްލީ ހިޝާމް އާދަމް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

3

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2026

ކޮންމެ ރަށެއްގެ ބަނދަރުގައި ރައީސް މުއިއްޒުގެ ފޮޓޯގައި "ކައްޒާބު" ލިޔެ ހަރުކުރަން ޖެހޭ: މައުރޫފް

13 ސެޕްޓެމްބަރު 2026
ކޮންމެ ރަށެއްގެ ބަނދަރުގައި ރައީސް މުއިއްޒުގެ ފޮޓޯގައި "ކައްޒާބު" ލިޔެ ހަރުކުރަން ޖެހޭ: މައުރޫފް
13 ސެޕްޓެމްބަރު 2026

ވައްކަން ކުރުމަކީ ހަމައެކަނި މީހެއްގެ އަޚުލާގަށް އަންނަ ބަދަލެއް ނޫން، އެފަދަ ތަނެއްގައި އެއްވެސް އަމާންކަމެއް، ރައްކާތެރިކަމެއް ނޯންނާނެ: ރައީސް މުއިއްޒު

13 ސެޕްޓެމްބަރު 2026
ވައްކަން ކުރުމަކީ ހަމައެކަނި މީހެއްގެ އަޚުލާގަށް އަންނަ ބަދަލެއް ނޫން، އެފަދަ ތަނެއްގައި އެއްވެސް އަމާންކަމެއް، ރައްކާތެރިކަމެއް ނޯންނާނެ: ރައީސް މުއިއްޒު
13 ސެޕްޓެމްބަރު 2026

އިޖުތިމާއީ އަޚުލާޤު ފަސާދަވެއްޖެއްޔާ އެ ބައެއްގެ ނިމިދިޔުން މާ ދުރަކު ނޯންނާނެ: ރައީސް

13 ސެޕްޓެމްބަރު 2026
އިޖުތިމާއީ އަޚުލާޤު ފަސާދަވެއްޖެއްޔާ އެ ބައެއްގެ ނިމިދިޔުން މާ ދުރަކު ނޯންނާނެ: ރައީސް
12 ސެޕްޓެމްބަރު 2026

ކުންފުނިތައް އުވާލަނީ ޚަރަދުކުޑަކުރަން ކަމަށް ބުނުމަށްފަހު، ނަމަވެސް އަނެއްކާ ވެސް އައު ކުންފުންޏެއް!

12 ސެޕްޓެމްބަރު 2026
ކުންފުނިތައް އުވާލަނީ ޚަރަދުކުޑަކުރަން ކަމަށް ބުނުމަށްފަހު، ނަމަވެސް އަނެއްކާ ވެސް އައު ކުންފުންޏެއް!
09 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

09 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި
08 ސެޕްޓެމްބަރު 2026

އިހުތިރާމް އަދާކުރަން ދަސްކޮށްދޭ ޤައުމީ މަޝްރޫއެއް ސަރުކާރުން ހިންގަނީ: މި މަޝްރޫއު ފުރަތަމަ ރައީސްގެ އަމިއްލަފުޅު ޕާޓީން ފަށަން ފެނޭ!

08 ސެޕްޓެމްބަރު 2026
އިހުތިރާމް އަދާކުރަން ދަސްކޮށްދޭ ޤައުމީ މަޝްރޫއެއް ސަރުކާރުން ހިންގަނީ: މި މަޝްރޫއު ފުރަތަމަ ރައީސްގެ އަމިއްލަފުޅު ޕާޓީން ފަށަން ފެނޭ!
08 ސެޕްޓެމްބަރު 2026

"ހުރިހާ ދިވެހިންނަކީ ރިސޯޓު ޝެއަރހޯލްޑަރުން ނަށް ހެދުމުގެ މަޝްރޫއު ނޮވެމްބަރުގައި ފެށޭނެ، މަޝްރޫއު ނިމުމުން ކޮންމެ މީހެއްގެ އެކައުންޓަށް ފައިސާ ވަންނާނީ ޑޮލަރުން"

08 ސެޕްޓެމްބަރު 2026
"ހުރިހާ ދިވެހިންނަކީ ރިސޯޓު ޝެއަރހޯލްޑަރުން ނަށް ހެދުމުގެ މަޝްރޫއު ނޮވެމްބަރުގައި ފެށޭނެ، މަޝްރޫއު ނިމުމުން ކޮންމެ މީހެއްގެ އެކައުންޓަށް ފައިސާ ވަންނާނީ ޑޮލަރުން"
07 ސެޕްޓެމްބަރު 2026

8 މަސް ދުވަހުން ނިންމަވާނެކަމަށް ވިދާޅުވެ 2023 ވަނަ އަހަރު ފެށި ރަސްމާލެ މަޝްރޫއު މި އަހަރު ނިންމަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

07 ސެޕްޓެމްބަރު 2026
8 މަސް ދުވަހުން ނިންމަވާނެކަމަށް ވިދާޅުވެ 2023 ވަނަ އަހަރު ފެށި ރަސްމާލެ މަޝްރޫއު މި އަހަރު ނިންމަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
07 ސެޕްޓެމްބަރު 2026

ފެނަކަ އާއި އާރުޑީސީ އުވާލަން ނިންމައިފި

07 ސެޕްޓެމްބަރު 2026
ފެނަކަ އާއި އާރުޑީސީ އުވާލަން ނިންމައިފި
07 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު އަކީ ރިޔާސީ ރޭހުގައި "ތްރެޓް" އަކަށް ވާނެ ބޭފުޅެއް ނޫން، މިހާރު ވެސް ރައްޔިތުން ވޯޓެއް ނުދޭ: ކުރީގެ ރައީސް ޔާމީން

07 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު އަކީ ރިޔާސީ ރޭހުގައި "ތްރެޓް" އަކަށް ވާނެ ބޭފުޅެއް ނޫން، މިހާރު ވެސް ރައްޔިތުން ވޯޓެއް ނުދޭ: ކުރީގެ ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް