Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސައުދީ ރަސްގެފާނު

ސަޢުދީ ރަސްގެފާނުގެ ތާރީޚީ ދަތުރުފުޅު: ރަޝިއާ އިން އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ ސާމާނު ބައްލަވައިގެންފި

އަސްކަރީ ސާމާނު ގަތުމުގެ ޕްރިލިމިނަރީ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފަ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2017 | ހުކުރު 05:35
ރަސްގެފާނުގެ ސައުދީ ދަތުރުފުޅުގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ބައްދަލު ކުރައްވަނީ

ރަސްގެފާނުގެ ސައުދީ ދަތުރުފުޅުގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ބައްދަލު ކުރައްވަނީ

ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އާލް ސަޢުދު ރަޝިއާ އަށް ކުރައްވަމުން ގެންދަވާ ތާރީޚީ ދަތުރުފުޅުގެ ފުރަތަމަ ދުވަހު، ރަޝިއާއިން އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ ސާމާނު ބައްލަވައިގަތުމުގެ އެއްބަސްވުންތަކެއްގައި ސޮއި ކުރައްވައިފި އެވެ.

ތަޙުތުގައި އިންނެވި ސަޢުދީ ރަސްކަލަކު ރަޝިއާ އަށް ކުރައްވާ ފުރަަތަމަ ދަތުރުފުޅުގައި، ރަސްގެފާނު ސަލްމާން ވަނީ ބުރާސްފަތި ދުވަހު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއެކު ކްރެމްލިންގައި ވާޙަކަތައް ބާއްވަވާފައެވެ.

ރަސްގެފާނު ސަލްމާންގެ ރަޝިއާ ދަތުރުފުޅުގެ ހަވާސާގައި ރަޝިއާ އިން އެސް-400 މަރުކާގެ އެއާ ޑިފެންސް ސިސްޓަމާއި، ކޯނެޓް އެންޓި-ޓޭންކް ގައިޑެޑް މިސައިލް ސިސްޓަމާއި ރޮކެޓް ލޯންޗަރުތަކެއް ގަތުމުގެ ޕްރިލިމިނަރީ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށް ސައުދީ އަސްކަރިއްޔާ އިން ބުނެއެވެ.

ސައުދީ މިލިޓަރީ އިންޑަސްޓްރީސްން ނެރުނު ބަޔާނުގައި ވަނީ، މިއެއްބަސްވުންތަކުގެ ސަބަބުން ސައުދީ އަރަބިއްޔާގެ އަސްކަރިއްޔާގެ ކުރިއެރުމާއި ތަރައްޤީ އަށް އަދި ސައުދީ އަސްކަރީ ސިސްޓަމްތަކުގެ ސިނާއަތަށް މުހިންމު އަދި ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ތެލުގެ އަގު ވެއްޓެމުން ދިޔުމާއި، ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ނިކަމެތިވަމުންދާ ރަޝިއާގެ އިޤްތިޞާދަށް ދިރުން ގެނައުމަށް، ދެޤައުމު ގުޅިގެން އެތައް ބިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެހެންނަމަވެސް ރަސްގެފާނުގެ ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ސިޔާސީ ގޮތުން ޚިޔާލު ތަފާތު މައްސަލަތަކާ މެދު މަޝްވަރާކޮށް، ކުރިއެރުމެއް ލިބުނު ކަމުގެ ޚަބަރެއް އަދި ލިބިފައެއް ނުވެއެވެ. ރަޝިއާ އާއި ސައުދީ އަރަބިއްޔާ އިން ޚިޔާލުތަފާތު މައްސަލަތަކުގެ ތެރޭގައި ސީރިއާގެ ދާޚިލީ ހަނގުރާމަ ހިމެނެއެވެ. ސީރިއާގައި ދާޚިލީ ހަނގުރާމާގައި އެޤައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅު، ހަނގުރާމަވެރިންނަށް ސައުދީން މަދަދުވެރިވާއިރު، ރަޝިއާގެ އަސްކަރިއްޔާ އިން ދަނީ ބައްޝާރުގެ ސަރުކާރަށް އަސްކަރީ އެހީ ފޯރުކޮށްދީ، ސީރިއާ ސަރުކާރުގެ ފައުޖުތަކާ އެކު ހަނގުރާމާގައި ބައިވެރިވަމުންނެވެ.

ރަސްގެފާނު ސަލްމާން އާއެކު ބޭއްވެވި މަޝްވަރާތަކަށް ފަހު ވާހަކަ ދައްކަމުން ޕޫޓިން ވަނީ، މިއީ ސައުދީ ރަސްކަމުގެ ދިގު ތާރީޚުގައި އަދި ސައުދީ އާރި ރަޝިއާގެ ގުޅުންތަކުގެ ތާރީޚުގައި އެޤައުމުގެ ތަޙުތުގައި އިންނެވި ރަސްކަލަކު ރަޝިއާ އަށް ޒިޔާރަތް ކުރެއްވިި ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވާ، އެއީ ތާރީޚީ ދަތުރުފުޅެއް ކަމަށް ސިފަކުރައްވާފައެވެ. އަދި ރަސްގެފާނުގެ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަން ޕޫޓިން ފާހަގަ ކުރެއްވި އެވެ.

މިދަތުރުފުޅާ ގުޅޭ ގޮތުން ރަސްގެފާނު ސަލްމާން ވިދާޅުވީ، ދެ ޤައުމުގެ އެންމެ ބޮޑު އަމާޒަކީ ތަރައްޤީ ވަމުން އަންނަ ދުނިޔޭގެ އިޤްތިޞާދާއި ޞުލްޙަ އާއި ސަލާމަތީ ކަންކަމުގައި ދެޤައުމުގެ ގުޅުން ބަދަހި ކުރެއްވުން ކަމަށެވެ.

މީގެ އިތުރުން ރަސްގެފާނު ސަލްމާން ވަނީ ސައުދީގެ ޒަމާންވީ ހަތުރު އަދި ރަޝިއާއިން ގާތް ގުޅުމެއް ބާއްވަމުންދާ އީރާނުން މެދުއިރުމަތީގެ މައްސަލަތަކުގެ ތެރެއަށް ވަންނަ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

ރަސްގެފާނު ވިދާޅުވީ، ގަލްފް ސަރަހައްދާއި މެދުއިރުމަތީގެ ސަލާމަތާއި ހަމަޖެހުން ގާއިމް ކުރުމަށް ޔަމަނުގައި ސަލާމަތާއި ހަމަޖެހުން ގާއިމް ކުރުން މުހިންމު ކަމަށެވެ. އަދި އެސަރަހައްދުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ވަދެ، އެސަރަޙައްދުގެ ހަމަޖެހުން ނަގާލުމަށް އީރާނުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް އީރާނަށް ރަސްގެފާނު ސަލްމާން ގޮވާލެއްވި އެވެ.

ރަސްގެފާނުގެ މިދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވާ ސައުދީ ޚާރިޖީ ވަޒީރު އަދެލް އަލް ޖުބެއިރު ވަނީ ރަޝިއާގެ ޚާރިޖީ ވަޒީރު ސާގޭ ލެވްރޯފްއާ ބައްދަލު ކުރައްވާފަ އެވެ.

ދެ ޤައުމުގެ ޚާރިޖީ ވަޒީރުންގެ ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލަވްރޯފް ވިދާޅުވީ، ދެ ޤައުމުގެ މެދުގައި ބާއްވާ ވާހަކަތަކުގައި މަޝްވަރާ ކުރެވުނީ ދެ ޤައުމުގެ ދެމެދުގައި ފައިދާކުރަނިވި މައްސަލަަތަކާއި ގުޅުން ބަދަހި ކުރުމާއި ގުޅޭ ގޮތުން ކަމަށަވެ.

އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި މަޝްވަރާ ކުރެވުނީ ޓެރަރިޒަމާއި ދެކޮޅަށް ހަނގުރާމަ ކުުރމުގެ މުހިންމު ކަމާއި، މެދުއިރުމަތީގެ މައްސަލަތަކަށް ޞުލްޙަވެރި ހައްލެއް ހޯދުމާއި ގުޅޭ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދީ ޚާރިޖީ ވަޒީރު އަލް ޖުބެއިރު ވިދާޅުވީ، މަޝްވަރާތަކަށް ފަހު ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމަށް ކުރިން އުއްމީދު ވެސް ނުކުރާ ފަދަ ފުރުޞަތުތައް ހުޅުވިފައިވާ ކަމަށެވެ.

މީގެ އިތުރުން، ރަޝިއާ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން ތާރީޚީ ހިސާބަކަށް ދަތުރުކޮށްފައިވާ ކަމަށާއި، ދެ ޤައުމުގެ ބަދަހި ގުޅުމުގެ ސަބަބުން މެދުއިރުމައްޗާއި ދުނިޔޭގެ ސަލާމަތާއި ހަމަޖެހުން ގާއިމްވުމުގައި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ޤަބޫލް ކުރައްވާ ކަމަށް އަލް ޖުބެއިރު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

22 މާރިޗު 2017
ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި

ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު