Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލްޖީރިއާ

އަލްޖީރިއާ އިން ޔުނައިޓެޑް އެރަބް އެމިރޭޓްސް އާ ގުޅުން ކަނޑާލައި، ސަފީރު ފުރަން އަންގައިފި

10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 13:55

އިސްރާއީލާއި މޮރޮކޯއާ ގުޅޭ ސަރަހައްދީ މައްސަލަތަކުގައި ގެންގުޅޭ ހިޔާލުތަފާތުވުންތައް ބޮޑުވެ، ޔޫއޭއީގެ ސަފީރު 48 ގަޑިއިރު ތެރޭގައި ގައުމުން ފުރައިގެން ދިއުމަށް އަލްޖީރިއާއިން ވަނީ އަންގާފައި. ޔޫއޭއީން ސަރަހައްދީ ހަމަޖެހުން ނަގާލަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރަމުން، އަލްޖީރިއާގެ ރައީސް ވިދާޅުވީ އެ ގައުމުގެ އަމަލުތަކުގެ ސަބަބުން ގުޅުން ދެމެހެއްޓުމަށް ކުރި މަސައްކަތް ނިމުމަކަށް އައިސްފައިވާ ކަމަށް

ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 13:55
އަލްޖީރިއާގެ ރައީސް އަބްދުލްމަޖީދު ތެބޫން

އަލްޖީރިއާގެ ރައީސް އަބްދުލްމަޖީދު ތެބޫން | ގެޓީ އިމޭޖަސް

"އިހާނެތި އަދި ދުޝްމަން" އަމަލުތަކެއް ހިންގަމުންދާ ކަމަށް ބުނެ، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު ބާއްވަމުން އައި ޚާރިޖީ ގުޅުން ކަނޑާލުމަށް ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފި އެވެ.

އަލްޖީރިއާގެ ފޮރިން މިނިސްޓްރީން ބުރާސްފަތި ދުވަހު ބުނީ، ޔޫއޭއީގެ އަމަލުތައް މިހާރު ހުރީ ބަލައިގަނެވޭނެ މިންވަރަށް ވުރެ މާ މަތީގައި ކަމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި ޔޫއޭއީގެ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް، ގުޅުން ކަނޑާލިކަން އަންގައި، 48 ގަޑިއިރު ތެރޭގައި ގައުމުން ފުރައިގެން ދިއުމަށް އަންގާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މި ނިންމުމާ ގުޅޭގޮތުން ޔޫއޭއީގެ ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ސަރަހައްދީ އެކި މައްސަލަތަކުގައި އަލްޖީރިއާ އާއި އަބޫ ދާބީން ގެންގުޅޭ ހިޔާލުތަފާތުވުންތަކާ ހެދި، ފާއިތުވި އަހަރުތަކުގައި ދެ ގައުމުގެ ގުޅުމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފަ އެވެ.

އިސްރާއީލާއެކު ގުޅުން ގާއިމުކުރުމާ އަލްޖީރިއާއިން ދެކޮޅު ހަދަމުންދާއިރު، ޔޫއޭއީ އާއި އަލްޖީރިއާގެ ވާދަވެރި މޮރޮކޯއިން ވަނީ 2020 ވަނަ އަހަރު އެމެރިކާ މެދުވެރިވެގެން ސޮއިކުރި "އަބްރަހަމް އެކޯޑްސް" ގެ ދަށުން އިސްރާއީލާއެކު ހާރިޖީ ގުޅުން ގާއިމުކޮށްފަ އެވެ.

މީގެ އިތުރުން، އެތައް އަހަރެއްވީ ވެސްޓަން ސަހާރާގެ މިލްކުވެރިކަމުގެ މައްސަލައިގައި ވެސް ދެ ގައުމު އޮތީ ދެކޮޅުގަ އެވެ. ޔޫއޭއީން ތާއީދުކުރަނީ އެ ސަރަހައްދަކީ މޮރޮކޯގެ ބައެއް ކަމަށް ބުނާ ބުނުމަށެވެ. އަދި އެ ސަރަހައްދުގައި ޔޫއޭއީގެ ކޮންސިއުލޭޓެއް ވެސް ހުރެ އެވެ. ނަމަވެސް އަލްޖީރިއާއިން ތާއީދުކުރަނީ ވެސްޓަން ސަހާރާގެ މިނިވަންކަމަށް މަސައްކަތްކުރާ ޕޮލިސާރިއޯ ފްރަންޓަށެވެ.

ސާހެލް ސަރަހައްދުގައި ވެސް ދެ ގައުމުގެ މަސްލަހަތު ވަނީ ފުށުއަރާފަ އެވެ. ފާއިތުވި އަހަރުތަކުގައި ޔޫއޭއީން އެ ސަރަހައްދުގެ ގައުމުތަކާއެކު އޮންނަ ގުޅުން ވަރުގަދަކުރަމުންދާއިރު، އަލްޖީރިއާގެ ދެކުނު ބޯޑަރުގައި އޮތް ބައެއް ގައުމުތަކަށް އައި އަސްކަރީ ބަޣާވާތްތަކާ ގުޅިގެން އެ ގައުމުތަކާއި އަލްޖީރިއާއާ ދެމެދު އޮތް ގުޅުން ވަނީ ގޯސްވެފަ އެވެ.

އަލްޖީރިއާގެ ރައީސް އަބްދުލްމަޖީދު ތެބޫން ދެއްވާ ތަގުރީރުތަކުގައި، ޔޫއޭއީއަކީ ސަރަހައްދުގެ ގައުމުތަކުގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރާ "ކުޑަކުޑަ ދައުލަތެއް" ގެ ގޮތުގައި ސިފަކުރައްވަ އެވެ. މިދިޔަ ޖުލައި މަހު ޓީވީ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ޔޫއޭއީން ފައި އެޅި ކޮންމެ ތަނެއްގައި ލޭއޮހޮރުވުން ހިނގާފައިވާ ކަމަށާއި، އެ ގައުމުގެ ސަބަބުން ވަރަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އެމީހުން އަޅުގަނޑުމެންނާ ދުރުގައި ތިބެން. އެއީ އަޅުގަނޑުމެންގެ ގައުމުގައި ލޭއޮހޮރުވުމެއް ހިނގިޔަ ނުދިނުމަށްޓަކައި،" ރައީސް ތެބޫން ވިދާޅުވި އެވެ.

އެ ދުވަސްވަރު ތަބޫން ވިދާޅުވެފައިވަނީ، އަރަބި ދުނިޔޭގެ ބައިބައިވުން ބޮޑުވިޔަ ނުދިނުމަށް އަލްޖީރިއާއިން މަސައްކަތް ނުކުރި ނަމަ، މާ ކުރިން ވެސް ޔޫއޭއީއާއެކު އޮތް ހާރިޖީ ގުޅުން ކަނޑާލީސް ކަމަށެވެ.

އަލްޖީރިއާޔޫއޭއީއަލްޖީރިއާ-ޔޫއޭއީ

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2026

ޔޫއޭއީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާން އިން ޑްރޯން ހަމަލާ ދީފި

02 ސެޕްޓެމްބަރު 2026
ޔޫއޭއީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާން އިން ޑްރޯން ހަމަލާ ދީފި
31 އޯގަސްޓު 2026

އީރާން އިން ޔޫއޭއީގައި ހުންނަ އެމެރިކާ ބޭސް އަށް ޑްރޯން ހަމަލާތަކެއް ދީފި

31 އޯގަސްޓު 2026
އީރާން އިން ޔޫއޭއީގައި ހުންނަ އެމެރިކާ ބޭސް އަށް ޑްރޯން ހަމަލާތަކެއް ދީފި
10 އޯގަސްޓު 2026

ޔޫއޭއީގެ މުހިންމު ދާއިރާތަކަށް ދިން ވަރުގަދަ ސައިބަރ ހަމަލާތައް ނާކާމިޔާބުކޮށްލައިފި

10 އޯގަސްޓު 2026
ޔޫއޭއީގެ މުހިންމު ދާއިރާތަކަށް ދިން ވަރުގަދަ ސައިބަރ ހަމަލާތައް ނާކާމިޔާބުކޮށްލައިފި
17 ޖުލައި 2026

300 މިލިއަން ޑޮލަރުގެ ސުޕަރޔޮޓް ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ރާއްޖެއަށް

17 ޖުލައި 2026
300 މިލިއަން ޑޮލަރުގެ ސުޕަރޔޮޓް ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ރާއްޖެއަށް
14 ޖުލައި 2026

އެމެރިކާއިން އަނެއްކާވެސް އީރާނަށް ބޮން އަޅައިފި، ތެހެރާނުން ގަލްފަށާއި ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި: އެންމެ ފަހުގެ ޚަބަރުތަކަކީ ކޮބާ؟

14 ޖުލައި 2026
އެމެރިކާއިން އަނެއްކާވެސް އީރާނަށް ބޮން އަޅައިފި، ތެހެރާނުން ގަލްފަށާއި ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި: އެންމެ ފަހުގެ ޚަބަރުތަކަކީ ކޮބާ؟
25 ޖޫން 2026

ދުބާއީގައި ލޯބިވެރިޔާ މަރާލި ތުހުމަތުގައި ޓިކްޓޮކް އިންފްލުއެންސަރަށް މަރުގެ އަދަބު ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

25 ޖޫން 2026
ދުބާއީގައި ލޯބިވެރިޔާ މަރާލި ތުހުމަތުގައި ޓިކްޓޮކް އިންފްލުއެންސަރަށް މަރުގެ އަދަބު ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ
05 ޖޫން 2026

ވަޒީރެއްގެ ފެންވަރުގައި އަނެއްކާވެސް ނާޒިމް ސަރުކާރަށް

05 ޖޫން 2026
ވަޒީރެއްގެ ފެންވަރުގައި އަނެއްކާވެސް ނާޒިމް ސަރުކާރަށް
14 މެއި 2026

އީރާން ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ސިއްރިޔާތުގައި ޔޫއޭއީ އަށް ވަޑައިގެންނެވި ކަމަށް ހާމަ ކޮށްފި

14 މެއި 2026
އީރާން ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ސިއްރިޔާތުގައި ޔޫއޭއީ އަށް ވަޑައިގެންނެވި ކަމަށް ހާމަ ކޮށްފި
14 މެއި 2026

މަގާމުން އިސްތިއުފާ ދެއްވި ތޯރިގު ޔޫއޭއީގެ ސަފީރު ކަމަށް، އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަަށް އައްޔަން ކުރަން ހުށަހަޅައިފި

14 މެއި 2026
މަގާމުން އިސްތިއުފާ ދެއްވި ތޯރިގު ޔޫއޭއީގެ ސަފީރު ކަމަށް، އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަަށް އައްޔަން ކުރަން ހުށަހަޅައިފި
05 މެއި 2026

ޔޫއޭއީގެ ފުޖައިރާގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކުގައި ހިނގި އަލިފާނުގެ ހާދިސާ އަކީ އެމެރިކާގެ ނުރައްކާތެރި އަމަލުތަކުގެ ނަތީޖާ: އީރާން

05 މެއި 2026
ޔޫއޭއީގެ ފުޖައިރާގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކުގައި ހިނގި އަލިފާނުގެ ހާދިސާ އަކީ އެމެރިކާގެ ނުރައްކާތެރި އަމަލުތަކުގެ ނަތީޖާ: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް