Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައުސިންގ މިނިސްޓްރީ

ބޯހިޔާވަހިކަމުގެ ހައްލުނުވެ ހުރި މައްސަލަތައް ނިންމުމަށް އޮފީސް ފޯރ ސިވިލް ރައިޓްސްއަށް ފޮނުވަން ނިންމައިފި

10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 12:53

ބޯހިޔާވަހިކަމުގެ މައްސަލަތަކަކީ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ ކަންކަމަށްވާތީ، އެފަދަ މައްސަލަތައް ހައްލުކުރުމުގައި އިންސާފުވެރިކަން ގާއިމުކުރުމަށްޓަކައި މީގެފަހުން އެކަންކަން ނިންމާނީ އޮފީސް ފޯރ ސިވިލް ރައިޓްސްއިން ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވެއްޖެ. މިނިސްޓްރީން މިގޮތަށް ނިންމީ ހުޅުމާލެއިން އަގުހެޔޮކޮށް ބިމެއް ވިއްކި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި

ޝަރާ އަޙްމަދު
ޝަރާ އަޙްމަދު | 10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 12:53
ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު | މަޖިލިސް

ބޯހިޔާވަހިކަމާ ގުޅޭގޮތުން ހައްލުނުވެ ގިނަ ދުވަސްވެފައިވާ މައްސަލަތަކުގައި، ސީދާ މިނިސްޓްރީން ގޮތް ނިންމުމުގެ ބަދަލުގައި، އެ މައްސަލަތައް ބަންޑާރަނައިބުގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯރ ސިވިލް ރައިޓްސްއަށް ފޮނުވުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޯހިޔާވަހިކަމާ ގުޅޭގޮތުން ހުރި، އެކި ސަބަބުތަކާހުރެ ހައްލުނުވެ ދިގުލައިގެން ގޮސްފައިވާ މައްސަލަތަކުގައި ސީދާ މިނިސްޓްރީން މީގެފަހުން ގޮތް ނުނިންމުމަށް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ނިންމެވުން ނިންމެވި ސަބަބު ބަޔާންކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލަތަކަކީ އާންމު ރައްޔިތުންގެ މަސްލަހަތާ ނުހަނު ބޮޑަށް ގުޅިފައިވާ ހައްސާސީ ކަންކަމަށް ވާތީ، އެފަދަ މައްސަލަތައް ހައްލުކުރުމުގައި ވީހާ ވެސް ދެފުށްފެންނަ، އިންސާފުވެރި އުސޫލަކުން އަމަލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން، އެ މައްސަލަތައް މީގެފަހުން ފޮނުވާނީ ބަންޑާރަނައިބުގެ އޮފީހުގެ ދަށުން ހިންގަމުން އަންނަ އޮފީސް ފޯރ ސިވިލް ރައިޓްސް އަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އެފަދަ ކަންކަމުގައި ދެން މިނިސްޓްރީން އަމަލުކުރަމުން ގެންދާނީ އޮފީސް ފޯރ ސިވިލް ރައިޓްސްއިން ބަލައި، ކަނޑައަޅާ ނިންމެވުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މި ފިޔަވަޅު އަޅަން ނިންމަވާފައިވާކަން ހައުސިންގ މިނިސްޓަރު ހާމަކުރައްވާފައި މިވަނީ، ހަތަރު ލައްކަ ރުފިޔާގެ ކުޑަ އަގެއްގައި ހުޅުމާލެ ފޭސް 2 އިން ބިމެއް ވިއްކިކަން ފަޅާއެރުމާ ގުޅިގެން، އެކަން ދިފާއުކޮށް ހައުސިންގ މިނިސްޓްރީން ބަޔާނެއް ވެސް ނެރިފައިވާ ދަނޑިވަޅެއްގަ އެވެ.

އަބްދުﷲ މުއްތަލިބު

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2026

ކުޑަ އަގެއްގައި ބިމެއް ވިއްކިކަން ފަޅާއެރުމާ ގުޅިގެން، އެކަން ދިފާއުކޮށް މިނިސްޓްރީން ނެރުނު ބަޔާނުން އެތައް ސުވާލުތަކެއް!

09 ސެޕްޓެމްބަރު 2026
ކުޑަ އަގެއްގައި ބިމެއް ވިއްކިކަން ފަޅާއެރުމާ ގުޅިގެން، އެކަން ދިފާއުކޮށް މިނިސްޓްރީން ނެރުނު ބަޔާނުން އެތައް ސުވާލުތަކެއް!
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް