Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޓީޗަރުންގެ ދުވަސް

ޓީޗަރުންގެ ދުވަސް : ގިނަ ސްކޫލުތަކުގައި ދުވަސް ފެށުނީ ހެނދުނުގެ ސައިން

ކުރިއަށް އޮތް ހަފްތާގައިވެސް ވަނީ ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް އެކި ހަރަކާތްތައް ރޭވިފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 5 އޮކްޓޯބަރު 2017 | ބުރާސްފަތި 06:10
ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް އިސްކަންދަރު ސްކޫލުގައި މިއަދު ބޭއްވި ހަފްލާގެ ތެރެއިން

ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމަށް އިސްކަންދަރު ސްކޫލުގައި މިއަދު ބޭއްވި ހަފްލާގެ ތެރެއިން

މާބޮޑިތަކާއި ބޮޑުބެރާއި އެކި ކަހަލަ ހަރަކާތްތަކާއެކު ޓީޗަރުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކޮށްފިއެވެ. ދުވަސް ފާހަގަ ކުރުމަށް ސްކޫލްތައް ވަނީ ޒީނަތްތެރިވެސް ކޮށްފައެވެ.

މާލޭގައި ޓީޗަރުންގެ ދުވަސް ފާހަގަ ކުރި ސްކޫލު ތަކުގެ ތެރެއިން އިސްކަންދަރު ސްކޫލުގައި ދުވަސް ފަށާފައި ވަނީ ޓީޗަރުންނަށް ތަހުނިޔާ ކިޔުމަށްޓަކައި ބޭއްވި ރެޑް ކާޕެޓް ތަހުނިޔާއިންނެވެ. ސްކޫލުގެ ދަރިވަރުންނާއި މެނޭޖްމަންޓު ގުޅިގެން މާބޮނޑިން ޓީޗަރުންނަށް ދުވަހުގެ ތަހުނިޔާ ކިޔާފައިވާއިރު އިސްކަންދަރު ސްކޫލުގައި ވަނީ ދުވަހުގެ ޚާއްސަ އެސެމްބްލީއެއްވެސް ބާއްވާފައެވެ.

އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދު ވިދާޅުވީ ޓީޗަރުންގެ ދުވަސް އިސްކަންދަރު ސްކޫލުގެ ފަރާތުން ފާހަގަ ކުރަނީ ޓީޗަރުން ކުރައްވާ މަސައްކަތް ބަލައިގަތުމަށް ކަމަށެވެ.

"ޓީޗާސް އިން ކުރާ މަސައްކަތް އަޅުގަނޑުމެންގެ ގައުމު، އަޅުގަނޑުމެންގެ ބެލެނެވެރިން، އަޅުގަނޑުމެންގެ ދަރިވަރުން ބަލައިގަންނަކަން އިސްކަންދަރު ސްކޫލުން ޓީޗާސް އިންނަށް ހާމަ ކުރުމުގެ ގޮތުން މި ދުވަސް ފާހަގަ ކުރަނީ،" ހުސައިން ސައީދު ވިދާޅުވިއެވެ.

ހިރިޔާ ސްކޫލުން ޓީޗަރުންގެ ދުވަހުގައި ތަހުނިޔާ ކިޔާފައިވަނީ އާޓިފިޝަލް ބީޗުގައި ތަހުނިޔާ ކިޔުމަށް ބޭއްވި މާބޮނޑިންނެވެ. އެ ސްކޫލުގެ ބޭންޑާއެކީގައި ހެނދުނުގެ ސަޔަށް ޓީޗަރުން ސިޓްރޮން ރެސްޓޯރެންޓަށް ގޮސްފައިވަނީ ބޭންޑުގެ ހަރަކާތްތަކާއި އެކީގައެވެ.

ހިރިޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ މަމްދޫހު ވިދާޅުވީ ހިރިޔާ ސްކޫލުން ޓީޗަރުންގެ ދުވަހުގެ މުނާސަބާގައި ބޭއްވި ހަރަކާތްތަކަކީ ޓީޗަރުން ކުރާ މަސައްކަތަށް ޝުކުރިއްޔާ އޭ ބުނެލުމަށް ބޭއްވި އިވެންޓެއް ކަމަށެވެ.

"އަޅުގަނޑުމެން ބޭއްވި މިހަރަކާތްތަކަކީ ޓީޗަރުންނަށް އެ ބޭފުޅުން އެ ކޮށްދެއްވާ އަގުހުރި މަސައްކަތަށް ޝުކުރިއްޔާއޭ ބުނެލުމަށް ބާއްވާ ކަމެއް،" މަމްދޫހު ވިދާޅުވިއެވެ.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ވަނީ ބޮޑުބެރުގެ ހަރަކާތްތަކާއެކު ހެނދުނުގެ ސައި ދަރިވަރުންގެ ފަރާތުން ޓީޗަރުންނަށް ދީފައެވެ.

އެސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ޝިރުމީނާ ފަހީމް ވިދާޅުވީ ދުވަސް ފަށަން ބޭނުން ވަނީ ހެނދުނުގެ ނާސްތާއިން ކަމަށާއި ދުވަސް ފާހަގަ ކުރުމަށް އަދިވެސް ތަފާތު ހަރަކާތްތައް ހަފްތާގެ ތެރޭގައި ރޭވިފައިވާ ކަމަށެވެ.

" ކުރިއަށް އޮތް ހަފްތާގައި ވެސް އަޅުގަނޑުމެންގެ ހަރަކާތްތައް ވަނީ ރޭވިފައި. އެއީ ސަޕްރައިޒެއްގެ ގޮތުގައި ބާއްވަން ބޭނުންވަނީ." ޝިރުމީނާ ވިދާޅުވިއެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ(އެމްއެންޔޫ) ފަރާތުން ވެސް ވަނީ މިދުވަސް ފާހަގަކޮށްފައެވެ. އެގޮތުން ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަން އިން ވަނީ ޓީޗަރުންނަށް ހެނދުނުގެ ސައި ދީފައެވެ.

ޓީޗަރުންގެ ދުވަހަކީ އަބަދުވެސް ރާއްޖޭގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. ޓީޗަރުންގެ އަގު ވަޒަންކޮށް އެމީހުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ފާހަގަ ކުރާ ޓީޗަރުންގެ ދުވަހުގައި ދަރިވަރުންނާއި ބެލެނިވެރިން އަދި ސްކޫލުތަކުން އުފާ ފާޅުކޮށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެއެވެ.

ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެންމެހާ ޓީޗަރުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރަމެވެ.

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން
27 އެޕްރީލު 2017

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް
07 އެޕްރީލު 2017

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން
29 މާރިޗު 2017

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް
18 މާރިޗު 2017

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު