ހާލު ކިހިނެއް ދ. މާއެނބޫދޫ: ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓިފައިވުން
30 އޯގަސްޓު 2026 | އާދީއްތަ 05:13ދ. މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓިފައި އޮތުމުގެ ސަބަބުން ރަށުގެ ފެން ފަށަލަ ތަޣައްޔަރުވެ، ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ އެރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި. ކައުންސިލް އިންތިޚާބާ ދިމާކޮށް ފެށި މި މަޝްރޫއު ހުއްޓާލުމުން ގޮނޑުދޮށް ގިރުމާއި ވަޅުފެނުން ނުބައިވަސް ދުވުން ފަދަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ރައްޔިތުން ބުނޭ


ހާލު ކިހިނެއް ދ. މާއެނބޫދޫ: ބައުންޑަރީ ވޯލް އަޅަން ހިއްކާފައިވާ ތަނުން ބޮޑު ބައެއް ވަނީ ގިރައިގެން ގޮސްފައި | ރާއްޖެ އެމްވީ
ދ. މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ހުއްޓި، ރަށުގެ ގޮނޑުދޮށާއި ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރާތީ އެކަމުގެ ކަންބޮޑުވުން އެރަށުގެ ރައްޔިތުން ފާޅުކޮށްފި އެވެ.
ރާއްޖެޓީވީން ގެނެސްދޭ "ހާލު ކިހިނެއް" ޕްރޮގްރާމްގައި މާއެނބޫދޫ އިން ވާހަކަ ދެއްކި އެތަށް ރައްޔިތަކު ވަނީ އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓި، ފެނުގެ ނިޒާމަށް ބަދަލުތަކެއް އައިސް، ގޭގޭގައި ހުންނަ ވަޅުތަކުން ނުބައި ވަސް ދުވާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައި އެވެ.
އެގޮތުން މާއެނބޫދޫ އިން ވާހަކަ ދެއްކި މީހަކު ބުނީ ބިން ހިއްކުމުގެ މަޝްރޫއު ނިމި ދިޔަ ކައުންސިލް އިންތިހާބާއި ދިމާކޮށް ފެށި ނަމަވެސް، އެކަމާ އުފާކުރި ކަމަށެވެ. ނަމަވެސް އެއްވެސް އެންގުމެއް ނެތި އިންތިހާބާއި ދިމާކޮށް މަސައްކަތް ފަށައި، ހާކާލާފައި ދިއައީ ކަމަށް އޭނާ ބުނި އެވެ. އަދި މި މަޝްރޫއު ހުއްޓާލާފައި ވުމުން އެތައް ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ބުނި އެވެ.
އެންމެ ބޮޑު މައްސަަލައަކީ އެއް ކަމަކީ މިއޮތް މޫދު މިތަން ކުނި ވެގެން ގޮސް. މިއޮތީ ބިން ހިއްކަންށޭ ކިޔާފައި އަހަރުންނަށް ދައްކާލި ދަޅައެއް އެހެންވީމަ މީގެ އަސަރު ކައިރި ގޭގެޔަށް ކުރަމުން ދަނީ. ވަރަށް ބޮޑަށް އަސަރު ކުރޭ އުޅެން ވެސް އުނދަގޫވާ ވަރަށްދ. މާއެނބޫދޫ ރައްޔިތެއް
މާއެނބޫދޫ އިން ވާހަކަ ދެއްކި އިތުރު ރައްޔިތަކު ވަނީ ރަށުގެ ބިމަށް 28 ހެކްޓަރު އަދި ޕިކްނިކް އައިލެންޑެއް ގޮތުގައި 2 ހެކްޓަރު ހިއްކައި ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ކަން ފާހަގަކޮށް، ބިން ހިއްކަން ފަށާފައިވާ ސަރަހައްދަކީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މަސް ހިފަން ބޭނުން ކުރި ސަރަހައްދެއް ކަމާއި އެތަނުން ބާނާ މަސް ކައިގެން އެތައް ރައްޔިތަކު އުޅުނު ކަމަށް ބުނެފައި އެވެ. ނަމަވެސް މިހާރު އެކަން ވެސް ކުރެވެން ނެތް ކަމަށް އޭނާ ބުނި އެވެ.
މިދިޔަ ދައުރުގެ ކައުންސިލުގައި މަސައްކަތް ކުރި މީހަކު ބުނި ގޮތުގައި، ބިން ހިއްކުމުގެ މަޝްރޫއުގައި މިސަރުކާރުގެ ވަރަށް ބޮޑު އިހުމާލުވުމެއް އެބަ އޮތެވެ. އޭނާ ބުނީ ނިމި ދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އީއައިއޭ ހަދައި، 15 ހެކްޓަރު ހިއްކުމަށް ބަޖެޓު ކޮށްފައިވީ ނަމަވެސް ރައީސް މުއިއްޒު އިންތިޚާބު ތެރޭގައި މާއެނބޫދޫއަށް ވަޑައިގެން 30 ހެކްޓަރު ބިން ހިއްކުމަށް ވައުދުވެވަޑައިގަތީ ކަމަށެވެ.
އަސްލުގައި ދަހިވެތީއޭ އަޅުގަނޑު ބުނާނީ ކަންކަމަށް ވަރަށް ބޭނުން ޖެހިފައި ތެބޭ ބައެއް 15 އަށް ވުރެ 30 ބޮޑު ވާނެ އޭ، އަޅުގަނޑުމެން ހަމަ އަތްތިލަ ބަޑިތައް ތަޅައިގަތީ އެއީ އަޅުގަނޑު ދަންނަވާނީ އެ 15 ހެކްޓަރު އަޅުގަނޑު ދެން ނަމަ އޭ ދަންނަވާނީ އެކަން ކުރެވިގެން ދިޔައިސްދ. މާއެނބޫދޫ ރައްޔިތެއް
މީގެ އިތުރުން، މާއެނބޫދޫ އިން ވާހަކަ ދެއްކި އެތައް ރައްޔިތަކު ވަނީ ބައުންޑަރީ ވޯލް އަޅަން ހިއްކާފައިވާ ތަނުން ބޮޑު ބައެއް ގިރައިގެން ގޮސްފައިވާ ކަމަށް ބުނެފަ އެވެ.
މި މަޝްރޫއު އަކީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 3 ވަނަ ދުވަހު ފެށުނު މަޝްރޫއެކެވެ. ނަމަވެސް ބައުންޑަރީ ވޯލްގެ މަސައްކަތް ނިންމުމަށް ފަހު މި މަޝްރޫއު ވަނީ ހުއްޓާލާފަ އެވެ. އަދި މިކަމުގެ ސަބަބުން ފެނުގެ ނިޒާމަށް ބަދަލު އައިސް ރައްޔިތުންނަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހުމުގެ އިތުރުން، މަސައްކަތް ކުރިއަށް ނުދާތީ ރަށު ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.









