Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުވައްމުލައް ސިޓީ

ފުވައްމުލައް ސިޓީގެ ވެމްކޯ އަދި ފެނަކަ ބްރާންޗުގެ މުވައްޒަފުން ވަކިކުރަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި

30 އޯގަސްޓު 2026 | އާދީއްތަ 03:50

ފުވައްމުލައް ފެނަކަ އާއި ވެމްކޯގެ މުވައްޒަފުން ވަކިކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ތުހުމަތުކޮށް، އެކަން ހުއްޓާލުމަށް ސިޓީ ކައުންސިލުން ގޮވާލައިފި. ކުންފުނިތަކުން ދިން ޔަގީންކަމާ ޚިލާފަށް މުވައްޒަފުން ވަކިކުރުމަކީ އާއިލާތަކަށް ލިބޭ ބޮޑު ނިކަމެތިކަމެއްކަން ފާހަގަކޮށް، ވަކިކުރި މީހުންނަށް ވަޒީފާ އަނބުރާ ދިނުމަށް ކައުންސިލުން ވަނީ ގޮވާލާފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 30 އޯގަސްޓު 2026 | އާދީއްތަ 03:50
ފުވައްމުލައް ސިޓީ ކައުންސިލް ބައްދަލުވުމުގެ ތެރެއިން

ފުވައްމުލައް ސިޓީ ކައުންސިލް ބައްދަލުވުމުގެ ތެރެއިން | ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީގެ ވެމްކޯ އަދި ފެނަކަ ބްރާންޗުގެ މުވައްޒަފުން ވަކިކުރަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފުވައްމުލައް ސިޓީ ކައުންސިލުން ފާޅުކޮށްފި އެވެ. 

މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އަދި މިކަން ކުށްވެރިކޮށް ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނީ އެ ސިޓީގައި ހުރި ވެމްކޯ އަދި ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރަމުންދާކަން ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ އާމްދަނީ ލިބޭނެ މަގު ކުއްލިއަކަށް ބަންދުވެ، އެ މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކުގެ އިގުތިސާދީ އަދި އިޖުތިމާއީ ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަކަށްވާތީ، މިކަމަކީ އެ ކައުންސިލުން އެކަމާ މެދު އިންތިހާއަށް ކަންބޮޑުވެ އަދި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. 

ކުންފުނިތައް "ރައިޓް ސައިޒް" ކުރުމުގެ ނަމުގައި މިފަދަ ފިޔަވަޅުތައް އަޅަމުންދާއިރު، މުވައްޒަފުންގެ މަސައްކަތުގެ އިޙުލާސްތެރިކަމާއި ފެންވަރަށް ބެލުމެއް ނެތި، ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާތީ ނުވަތަ ވަކި ވިސްނުމަކަށް ތާއީދު ނުކުރާތީ ވަޒީފާއިން ވަކިކުރަމުންދާކަން ފާހަގަކުރެވޭ ކަމަށް މި ބަޔާނުގައި ބުނެފައިވެ އެވެ. އަދި މިއީ ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ރައީސް މުއިއްޒު ވެވަޑައިގަންނަވަފައިވާ ވައުދުފުޅުތަކާއި އިންސާފުވެރިކަމާއެކު ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނާ ސަރުކާރުގެ އުސޫލުތަކާ ފުށުއަރާ ކަމެއްކަން މި ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. 

މީގެ އިތުރުން، އާދައިގެ މުވައްޒަފުން ވަކިކުރުމަށް ފަހު، މަތީ ފަންތީގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރަމުން ދާތީ އެކަމުގެ ކަންބޮޑުވުންތައް އާންމުންގެ މެދުގައި އުފެދިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެ އެވެ. ހަމައެއާއެކު، އިގުތިސާދީ ގޮތުން ދަތި ދުވަސްވަރެއްގައި، ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ބަދަލުގައި، ސިޔާސީ ސަބަބުތަކަށްޓަކައި އާދައިގެ މުވައްޒަފުންގެ ވަޒީފާ ގެއްލުވާލުމަކީ އެތައް ބައެއްގެ ހައްގުތަކަށް އުނިކަން ލިބޭނެ ކަމެއް ކަމުގައި ވެސް ވަނީ ބުނެފަ އެވެ. 

އޮގަސްޓު މަހު ފުވައްމުލައް ސިޓީ ކައުންސިލުން މާލެ އަށް ކުރި ދަތުރުގައި އެސްއޯއީތަކުގެ ވެރިންނާއި ބައްދަލު ކުރެއްވިކަން ފާހަގަ ކުރައްވައި، އެ ސިޓީގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދާނެ ކަމުގެ ޔަޤީންކަން ފެނަކަ އަދި ވެމްކޯއިން ދީފައިވާ ކަމަށް މި ނޫސްބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް ޔަގީންކަން ދިނުމަށްފަހު ވެސް ކުއްލި ގޮތަކަށް ޕްރޮޖެކްޓު ހުއްޓާލުމާ ގުޅިގެން ވަޒީފާއިން ވަކިކުރާ ވާހަކަ ދެއްކުމަކީ ސަރުކާރުގެ ބަހާއި އަމަލު ދިމާނުވާ ކަމެއް ކަމުގައި ދެކޭ ކަމަށް މި ބަޔާނުގައިވެ އެވެ. 

ވަޒީފާއިން ވަކިކުރަމުންދާ ފަރާތްތަކަށް އިންސާފު ހޯދައިދޭން މުއްސަސާތަކަށާއި މިނިވަން ކޮމިޝަންތަކަށް ގޮވާލައި ވަކިކޮށްފައިވާ ފަރާތްތަކަށް ވަޒީފާ އަނބުރާ ދިނުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ގޮވާލާފައިވެ އެވެ. 

ފުވައްމުލައް ސިޓީ ފެނަކަ ބްރާންޗުގެ 51 މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ އަޑު ފެތުރިފައި އެވެ. 

ފުވައްމުލައް ސިޓީ ކައުންސިލްވަޒީފާއިން ވަކިކުރުން

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

އިތުރަށް ކިޔާލަން

28 އޯގަސްޓު 2026

އަޅުގަނޑުގެ ކެމްޕެއިނުގައި މަސައްކަތް ކުރި ކުންފުނިތަކުގެ މުވައްޒަފުން އަންނަނީ ވަޒީފާއިން ވަކި ކުރަމުން: މެންބަރު ސޯބެ

28 އޯގަސްޓު 2026
އަޅުގަނޑުގެ ކެމްޕެއިނުގައި މަސައްކަތް ކުރި ކުންފުނިތަކުގެ މުވައްޒަފުން އަންނަނީ ވަޒީފާއިން ވަކި ކުރަމުން: މެންބަރު ސޯބެ
02 އޯގަސްޓު 2026

ސިޔާސީ ބޭނުމަށް ފެނަކައަށް މުވައްޒަފުން އިތުރުކުރުމަށްފަހު، މިހާރު އެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ދަނީ އެއްވެސް އިންސާފުވެރި އުސޫލެއް ނެތި: ޔައުގޫބް

02 އޯގަސްޓު 2026
ސިޔާސީ ބޭނުމަށް ފެނަކައަށް މުވައްޒަފުން އިތުރުކުރުމަށްފަހު، މިހާރު އެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ދަނީ އެއްވެސް އިންސާފުވެރި އުސޫލެއް ނެތި: ޔައުގޫބް
24 ޖުލައި 2026

ކުންފުނިތަކުގައި މަސައްކަތްކުރާ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަންވާނީ، ދައުލަތުން ކުރާ އިސްރާފާއި އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުން މަދުކުރުމަށް ފަހު: ޝަމްހީދު

24 ޖުލައި 2026
ކުންފުނިތަކުގައި މަސައްކަތްކުރާ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަންވާނީ، ދައުލަތުން ކުރާ އިސްރާފާއި އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުން މަދުކުރުމަށް ފަހު: ޝަމްހީދު
21 ޖުލައި 2026

ކަމަދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރެއިން ގިނަ ދުވަސްވީ މުވައްޒަފުންތަކެއް ގޭގައި މަޑުކުރަން އަންގައިފި

21 ޖުލައި 2026
ކަމަދޫ ފެނަކަ ބްރާންޗުގެ މުވައްޒަފުން ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރެއިން ގިނަ ދުވަސްވީ މުވައްޒަފުންތަކެއް ގޭގައި މަޑުކުރަން އަންގައިފި
03 އެޕްރީލު 2026

ފުވައްމުލަކުން ރާއްޖޭގެ ފުރަތަމަ ސިޓީ ސާވިސް އެޕް "އަފުންސިޓީ" ލޯންޗްކޮށްފި

03 އެޕްރީލު 2026
ފުވައްމުލަކުން ރާއްޖޭގެ ފުރަތަމަ ސިޓީ ސާވިސް އެޕް "އަފުންސިޓީ" ލޯންޗްކޮށްފި
12 ފެބުރުއަރީ 2026

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ޙަމަދު ޢަބްދުﷲ ގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏަކުން ސިޓީ ކައުންސިލަށް ދައްކަން ޖެހޭ 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ ހުރިކަން ހާމަވެއްޖެ

31 ޖެނުއަރީ 2026

އާމްދަނީ ގޮތުގައި ބަލައިގެންފައިވާ އެއް މިލިއަނަށް ވުރެ ގިނަ ފައިސާ ފަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައިނުވޭ: ފުވައްމުލަކު ސިޓީި ކައުންސިލް އޮޑިޓް

31 ޖެނުއަރީ 2026
އާމްދަނީ ގޮތުގައި ބަލައިގެންފައިވާ އެއް މިލިއަނަށް ވުރެ ގިނަ ފައިސާ ފަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައިނުވޭ: ފުވައްމުލަކު ސިޓީި ކައުންސިލް އޮޑިޓް
11 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ކައުންސިލާއި އެއްވެސް މަޝްވަރާއެއް ނުކުރޭ

11 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ކައުންސިލާއި އެއްވެސް މަޝްވަރާއެއް ނުކުރޭ
05 ނޮވެމްބަރު 2025

ރައީސް މުޢިއްޒު ފުވައްމުލަކު ރައްޔިތުންނާ ބައްދަލު ކުރި ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު މޭޔަރު ރަފީގު އަށް ނުދިން

05 ނޮވެމްބަރު 2025
ރައީސް މުޢިއްޒު ފުވައްމުލަކު ރައްޔިތުންނާ ބައްދަލު ކުރި ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު މޭޔަރު ރަފީގު އަށް ނުދިން
03 އެޕްރީލު 2024

ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރަނީ

03 އެޕްރީލު 2024
ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް