Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުވައްމުލައް ސިޓީ

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ޙަމަދު ޢަބްދުﷲ ގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏަކުން ސިޓީ ކައުންސިލަށް ދައްކަން ޖެހޭ 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ ހުރިކަން ހާމަވެއްޖެ

12 ފެބުރުއަރީ 2026 | ބުރާސްފަތި 13:49

މި ފައިސާ ދެއްކުމަށްޓަކައި ކައުންސިލާއެކު ސެޓްލްމެންޓް އެއްބަސްވުމެއް ގާއިމުކޮށް، 12 މަސްދުވަހުގެ ތެރޭގައި ބަހާލައިގެން ފައިސާ ދައްކަމުންދާ ކަމަށް ކައުންސިލުން ބުނެފައިވޭ. މި ދެ ރެސްޓޯރެންޓަކީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏަކުން ހިންގާ ދެ ތަނެއް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ފެބުރުއަރީ 2026 | ބުރާސްފަތި 13:49
ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ޙަމަދު ޢަބްދުﷲ.

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ޙަމަދު ޢަބްދުﷲ. | ރައްޔިތުންގެ މަޖިލިސް

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ޙަމަދު ޢަބްދުﷲގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏަކުން ހިންގާ ދެ ރެސްޓޯރެންޓަކުން ކުލީގެ ގޮތުގައި ދައްކަން ޖެހޭ 1.1 މިލިއަނަށް ވުރެ ގިނަ ފައިސާ ނުދައްކާ ހުރިކަން ހާމަވެއްޖެ އެވެ.

މިކަން އެނގުނީ ފުވައްމުލަށް ކައުންސިލަށް އާރްޓީއައި މެދުވެރިކޮށް ހޯދަން އެދުނު މައުލޫމާތަކާއި ގުޅިގެން އެ ކައުންސިލްގެ އިންފޮމޭޝަން އޮފިސަރ ހުސައިން ނާސިހު ސޮއިކުރައްވާ ދެއްވާފައިވާ މައުލޫމާތުތަކުންނެވެ.

Advertisement - newsAdvertisement

ރޯޔަލް ރެސްޓޯރެންޓުން 11.06.228ން 10.06.2028ގެ ނިޔަލަށް 575،798.34 ރުފިޔާ ނުދައްކާ އެބަ އޮތެވެ. އަދި ޕެބްލްސް އިން 28.01.2015ން 2030ގެ ނިޔަލަށް 593،850.67 ރުފިޔާ ނުދައްކާ އެބަ އޮތެވެ. އިކޮނޮމިކް މިނިސްޓްރީގެ ކުންފުނިތަކުގެ ރެޖިސްޓްރީ އާއި ގުޅޭ ލިޔެކިޔުންތަކުން ޕެބްލްސް ބައި ރޯޔަލްގެ ހިއްސާދާރެއްގެ ގޮތުގައި ހަމަދުﷲގެ އާއިލީ ގާތް މީހަކު ހިމެނެ އެވެ.

ފުވައްމުލައް ސިޓީގެ ތުނޑީގައި ހުންނަ ޕެބްލްސް ރެސްޓޯރެންޓާއި ބަނދަރުގައި ހުންނަ ރޯޔަލް ރެސްޓޯރެންޓޫން ޤަވާއިދުން ކުލި ދައްކަމުން ދާކަން ނުވަތަ ސާފުކޮށްދިނުމަށް އެ ސުވާލުގައި ވަނީ އެދިފަ އެވެ. އަދި ޤަވާއިދުން އެ ކުލީގެ ފައިސާ ނުދައްކާ ނަމަ، ނުދައްކާ އޮތީ ކޮން އަދަދެއްތޯ ވެސް ސުވާލުކޮށްފައި ވެ އެވެ. އެއީ ކިހާ މަސްދުވަހެއްގެ ފައިސާތޯ ވެސް ސުވާލުކޮށްފައި ވެ އެވެ. މި ދެ ތަނާއި އެކު ސިޓީ ކައުންސިލުން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަނމަވާނީ ކޮން އިރަކުތޯ ވެސް ވަނީ ސުވާލުކޮށްފަ އެވެ.

ޖަވާބުގައި ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފައި ވަނީ ގަވާއިދުން ނުދައްކާ ހުރި ފައިސާ އާއި މެދު މަޝްވަރާ ކޮށް ފައިސާ ދެއްކުމަށް 12 މަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި 12 މަސް ދުވަހުގެ ތެރޭގައި ނުދެއްކި ހުރި ފައިސާ ދެއްކުމަށް ސެޓްލްމެންޓް އެއްބަސްވުމެއް ވެފައިވާ ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފަ އެވެ. 25 ސެޕްޓެމްބަރު 2025 ވަނަ ދުވަހު ވީ އެއްބަސްވުމާއި އެއްގޮތަށް މިހާރު އެ ރެސްޓޯރެންޓްތަކުން ދަނީ ފައިސާ ދައްކަމުން ކަަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެ ޓީވީ އަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ދެ ރެސްޓޯރެންޓުގެ ކަރަންޓު ބިލު ނުދައްކާ މައްސަލަ ވެސް މީގެ ކުރިން ފެންމަތިވެފައިވެ އެވެ. އަދި ބައެއް މުވައްޒަފުންނަށް މުސާރަ ދިނުމާއި، މުދަލުގެ މުއާމަލާތްތަކާއި ގުޅުން ހުރި މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

ހަމަދުﷲ އަލީރޯޔަލް ރެސްޓޯރެންޓުޕެބްލްސް ރެސްޓޯރެންޓުފުވައްމުލަކު ސިޓީ ކައުންސިލްހުސައިން ނާސިހުފުވައްމުލަކު

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2026

ރިބަން ކަނޑާ، ބިންގާ އެޅިޔަސް ނުވާނެ: ދެކުނު ގުޅާލާ، އިގްތިސާދު ކޮޅަށް ޖެހޭނީ އެހެންކަންކަން ވެސް ރަނގަޅުކޮށްގެން ނޫންތޯ؟

31 ޖެނުއަރީ 2026
ރިބަން ކަނޑާ، ބިންގާ އެޅިޔަސް ނުވާނެ: ދެކުނު ގުޅާލާ، އިގްތިސާދު ކޮޅަށް ޖެހޭނީ އެހެންކަންކަން ވެސް ރަނގަޅުކޮށްގެން ނޫންތޯ؟
31 ޖެނުއަރީ 2026

ފުވައްމުލަކުން އައްޑޫ އަށް ދެވެނީ ދޮޅު ގަޑި އިރުން ކަަމަށް ވިދާޅުވެ މިނިސްޓަރ އިހުސާން ހެއްދެވީ އިތުރުފުޅެއް!

31 ޖެނުއަރީ 2026
ފުވައްމުލަކުން އައްޑޫ އަށް ދެވެނީ ދޮޅު ގަޑި އިރުން ކަަމަށް ވިދާޅުވެ މިނިސްޓަރ އިހުސާން ހެއްދެވީ އިތުރުފުޅެއް!
31 ޖެނުއަރީ 2026

އާމްދަނީ ގޮތުގައި ބަލައިގެންފައިވާ އެއް މިލިއަނަށް ވުރެ ގިނަ ފައިސާ ފަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައިނުވޭ: ފުވައްމުލަކު ސިޓީި ކައުންސިލް އޮޑިޓް

31 ޖެނުއަރީ 2026
އާމްދަނީ ގޮތުގައި ބަލައިގެންފައިވާ އެއް މިލިއަނަށް ވުރެ ގިނަ ފައިސާ ފަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައިނުވޭ: ފުވައްމުލަކު ސިޓީި ކައުންސިލް އޮޑިޓް
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
22 ނޮވެމްބަރު 2025

ކުރީގެ ނައިބު ރައީސް ފައިސަލްގެ ފުވައްމުލަކު ދަތުރުފުޅު: ރައީސް ސާލިހް ވެރިކަމުގައި ފެށި މަޝްރޫއުތައް ބައްލަވައިލައްވައިފި

22 ނޮވެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލްގެ ފުވައްމުލަކު ދަތުރުފުޅު: ރައީސް ސާލިހް ވެރިކަމުގައި ފެށި މަޝްރޫއުތައް ބައްލަވައިލައްވައިފި
22 ނޮވެމްބަރު 2025

ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް އާއި އެމްޑީޕީ ގެ ލީޑަރޝިޕްގެ ބައެއް އިސްވެރިން ފުވައްމުލަކަށް ވަޑައިގަންނަވައިފި

22 ނޮވެމްބަރު 2025
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް އާއި އެމްޑީޕީ ގެ ލީޑަރޝިޕްގެ ބައެއް އިސްވެރިން ފުވައްމުލަކަށް ވަޑައިގަންނަވައިފި
16 ނޮވެމްބަރު 2025

ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން

16 ނޮވެމްބަރު 2025
ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން
14 ނޮވެމްބަރު 2025

މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި

14 ނޮވެމްބަރު 2025
މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި
12 ނޮވެމްބަރު 2025

ފުވައްމުލަކަށް ދިމާވި ފެނުގެ މައްސަލައާ ގުޅިގެން އިޔާދަނުކުރެވޭ މިންވަރުގެ ބޮޑެތި ގެއްލުންތައް ވިޔަފާރިތަކަށް ދަނީ ލިބެމުން

12 ނޮވެމްބަރު 2025
ފުވައްމުލަކަށް ދިމާވި ފެނުގެ މައްސަލައާ ގުޅިގެން އިޔާދަނުކުރެވޭ މިންވަރުގެ ބޮޑެތި ގެއްލުންތައް ވިޔަފާރިތަކަށް ދަނީ ލިބެމުން
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް