Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

އެސްޓީއޯއިން 2 ބޯޓު ފޮނުވައިގެން ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނެގުން ނޫން އިތުރު ކަމެއް މި ސަރުކާރުން ފެށި ބަންކަރިން ހިދުމަތުން ނުވޭ: އަހުމަދު އަބްދުﷲ

29 އޯގަސްޓު 2026 | ހޮނިހިރު 04:06

ސަރުކާރުގެ އިގުތިސާދީ އެޖެންޑާގައި ހާމަކަން ނެތުމުގެ ސަބަބުންނާއި ހަމައެއްލަމައެއް ނެތް ސިޔާސަތުތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލިފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއަރޕާސަން އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ. ބަންކަރިން ފަދަ މަޝްރޫއުތަކުން ގައުމަށް ފައިދާއެއް ނުވާކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބެނީ ހާސްކަމާއި ނުތަނަވަސްކަން ކަމަށް

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 29 އޯގަސްޓު 2026 | ހޮނިހިރު 04:06
އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއަރޕާސަން އަހުމަދު އަބްދުﷲ

އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއަރޕާސަން އަހުމަދު އަބްދުﷲ | ރާއްޖެ އެމްވީ

އެސްޓީއޯއިން 2 ބޯޓު ފޮނުވައިގެން ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނެގުން ނޫން އިތުރު ކަމެއް މި ސަރުކާރުން ފެށި ބަންކަރިން ހިދުމަތުން ނުވާ ކަމަށް އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއަރޕާސަން އަދި އިހަވަންދޫ ދަައިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި އަހުމަދު އަބްދުﷲ ވިދާޅުވީ އިގުތިސާދީ އެޖެންޑާއަކީ އެއްވެސް މީހަކަށް ފޮރުވާފައި ނުފެންނަ ގޮތަށް ބާއްވަން ޖެހޭ އެއްޗެއް ނޫން ކަމަށާއި އިގުތިސާދީ އެޖެންޑާއެއް އޮތް ނަމަ އެ އެއްޗަކީ ހުރިހާ ރައްޔިތުންނަށް އެނގި ހާމައަށް އޮންނަން ޖެހޭ އެއްޗެއް ކަމަށެވެ. 

Advertisement - newsAdvertisement

އިގުތިސާދީ އެޖެންޑާއެއްގެ ދަށުން ކަންކަން ކުރާ ކަމުގައިވާނަމަ އެ ކަރަމުންދާ ކަމެއް ގައުމު މި ހިސާބަށް އަންނަ އިރު ހުންނަން ވާނީ ކަނޑައެޅިފައި ކަމަށް އަހުމަދު ވިދާޅުވި އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިގުތިސާދީ އެޖެންޑާގެ ދަށުން ފެށި ބަންކަރިން ހިދުމަތުން ލިބުނު ފައިދާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

އެތަނުގައި ދާ ބޯޓެއް ފެން އަޅަން އެއް ލައްކަ ރުފިޔާއަށް ދޭ ބޯޓެއް ކުޔަށް ހިިފާފައި ގޮސް 50،000 ރުފިޔާގެ ފެންއެޅީމައި އެއީކީ ދެކޮޅު ޖެހޭ ކަމެއް ނޫން. ދެން އަނެއް ކަމަކީ އިގުތިސާދީ މާހިރުން އަބަދުވެސް ދައްކާ އުޅޭ އެއް ވާހަކަ އޮންނާނެ މީ ރޮކެޓް ސައިންސްއެއް ނޫން އެނގޭތޯ، މީ ޑިމާންޑާއި ސަޕްލައި ދިމާނުވާ ކަމުގައި ވަންޏާ އެނގޭތޯ ތަކެތީގެ އަގު އަރައިގެން ދާނެ  
އަހުމަދު އަބްދުﷲ

ކަންކަން ކުރުމުގައި ގައުމުގެ އިގުތިސާދަށް އަންނަ ހެޔޮ ބަދަލު އަންނާނެ ގޮތަށް ޕްލޭންތައް ހަދާނެ ބަޔަކާއި، އިގުތިސާދީ ގޮތުން ގައުމަށް ކޮޅަށް ނަގާ ޖެހޭނެ ބަޔަކު މި ސަރުކާރުގައި ނެތް ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

މީގެ އިތުރުން، މި ސަރުކާރުގައި ހަމައެއް ލަމައެއް ނެތުމުގެ ސަބަބުން ފައިސާ ދޭން އެއްބަސްވެފައި ހުރި ފަރާތްތަކުން ވެސް ބިރުން ދުވެ ފިލާފައިވާ ކަމަށާއި ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބެމުން ދަނީ ހާސް ކަމާއި ނުތަނަވަސްކަން ކަމުގައި އަހުމަދު ވިދާޅުވި އެވެ. 

އަހުމަދު އަބްދުﷲ

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

4

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

5

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

އިތުރަށް ކިޔާލަން

26 އޯގަސްޓު 2026

އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަންގެ މަގާމުން އަހުމަދު އަބްދުﷲ އިސްތިއުފާ ދެއްވައިފި

26 އޯގަސްޓު 2026
އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަންގެ މަގާމުން އަހުމަދު އަބްދުﷲ އިސްތިއުފާ ދެއްވައިފި
21 ޖުލައި 2026

ކުޅުދުއްފުށި ސްކޫލްތަކުގެ އެކްސްޓެންޝަން މަސައްކަތް: އެއްދުވަހު ގަލެއް ބަހައްޓައިފިއްޔާ އަނެއް 5 ދުވަހު މަސައްކަތެއް ނުކުރޭ!

21 ޖުލައި 2026
ކުޅުދުއްފުށި ސްކޫލްތަކުގެ އެކްސްޓެންޝަން މަސައްކަތް: އެއްދުވަހު ގަލެއް ބަހައްޓައިފިއްޔާ އަނެއް 5 ދުވަހު މަސައްކަތެއް ނުކުރޭ!
22 މާރިޗު 2026

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އއ، ބ އަދި ރ އަތޮޅަށް ފުރާވަޑައިގެންފި

22 މާރިޗު 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އއ، ބ އަދި ރ އަތޮޅަށް ފުރާވަޑައިގެންފި
05 މާރިޗު 2026

ފެންނަ ނުފެންނަ އިންތިހާބު ބާއްވަން އުޅެނީ ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށް ނުދީ: އަހުމަދު އަބްދުﷲ

05 މާރިޗު 2026
ފެންނަ ނުފެންނަ އިންތިހާބު ބާއްވަން އުޅެނީ ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށް ނުދީ: އަހުމަދު  އަބްދުﷲ
22 ފެބުރުއަރީ 2026

ރައްޔިތުން އަތުން ގެއްލޭ ބާރާއި ރަށްރަށުގެ ތަރައްގީއަށް އެޅިފައިވާ ހުރަސް ނައްތާލުމަށްޓަކައި ތިލަފަތަށް ވޯޓު ލާންޖެހޭ: އަހުމަދު އަބްދުﷲ

22 ފެބުރުއަރީ 2026
ރައްޔިތުން އަތުން ގެއްލޭ ބާރާއި ރަށްރަށުގެ ތަރައްގީއަށް އެޅިފައިވާ ހުރަސް ނައްތާލުމަށްޓަކައި ތިލަފަތަށް ވޯޓު ލާންޖެހޭ: އަހުމަދު އަބްދުﷲ
14 ފެބުރުއަރީ 2026

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ އަޅުވެތިކަމަށް ނޫނެކޭ ބުނަން ލިބޭ ފުރުސަތެއް: އަހުމަދު އަބްދުﷲ

14 ފެބުރުއަރީ 2026
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ އަޅުވެތިކަމަށް ނޫނެކޭ ބުނަން ލިބޭ ފުރުސަތެއް: އަހުމަދު އަބްދުﷲ
06 ފެބުރުއަރީ 2026

ފެންނަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންނަށް ބަވާ، ރައްޔިތުން ހާރުވާ ކަހަލަ ގޮތަކަށް ކަންތައް ކުރަމުންދާ މަންޒަރު: އަހުމަދު އަބްދުﷲ

06 ފެބުރުއަރީ 2026
ފެންނަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންނަށް ބަވާ، ރައްޔިތުން ހާރުވާ ކަހަލަ ގޮތަކަށް ކަންތައް ކުރަމުންދާ މަންޒަރު: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް