Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިދޭސީން

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރަން މަޖުބޫރުކޮށްފި

25 އޯގަސްޓު 2026 | އަންގާރަ 12:44

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މުސާރައާއި އިނާޔަތްތައް، އެ މީހެއްގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރުން މަޖުބޫރުވާ ގޮތަށް ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދު އިސްލާހުކޮށްފި. އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން އަމަލުކުރަން ފަށާ މި ނިންމުމުގެ މައިގަނޑު މަގުސަދަކީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ތިން އިންސައްތަ ރެމިޓެންސް ޓެކްސް ނެގުން

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 25 އޯގަސްޓު 2026 | އަންގާރަ 12:44
ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަން އިން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަން އިން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން | މޯލްޑިވްސް އިމިގްރޭޝަން

ދިވެހިރާއްޖޭގެ މަސައްކަތް ކުރާ ބިދޭސީންނަށް ދޭން ޖެހޭ މުސާރައާއި އިނާޔަތްތައް އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރަންޖެހޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފި އެވެ.

އަންގާރަ ދުވަހު ދިވެހި ސަރުކާރުގެ ގެޒްޓްގައި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް ތިންވަނަ އިސްލާހެއް ގެނެސް އިއުލާންކޮށްފައިވެ އެވެ. އެގޮތުން އެ ގަވާއިދުގެ 58  ވަނަ މާއްދާގެ (ނ) ގެ ފަހަތަށް (ރ) ގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވައިފައިވާ ބޭންކް އެކައުންޓަކަށް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. 

Advertisement - newsAdvertisement

މި ގަވައިދަށް އަމަލުކުރަން ފަށާނީ، އޮގަސްޓް 25ން ފެށިގެން 30 ދުވަހުގެ ފަހުންނެވެ.

މީގެ ކުރިން ވެސް ބިދޭސީން މުސާރަ ޖަމާކުރަން ޖެހޭނީ ބޭންކު އެކައުންޓަށް ކަމަށް ކަނޑައަޅައި ގާނޫނަށް އިސްލާހު ހުށަހަޅި އެވެ. އަދި އެ ގާނޫނަށް އަމަލު ނުކުރާ ކުންފުނިތައް ޖޫރިމަނާ ކުރެވެ އެވެ. ނަމަވެސް، ވަކި ހިސާބަކުން ވަނީ ޖޫރިމަނާ ފައިސާ ނެގުން މަޑުޖައްސާލާފައި އެވެ. އެއީ ސައްހަ ލިޔުން ނެތް ބިދޭސީން ގިނަވުމުން ބޭންކު އެކައުންޓު ނުހުޅުވުމެވެ. 

އޭރު ބިދޭސީންގެ މުސާރައާއި، އިނާޔަތްތައް ބޭންކް އެކައުންޓަކަށް ޖަމާކުރާ ގޮތަށް މަޖުބޫރު ކުރީ ބިދޭސީން އަތުން ރެމިޓެންސް ޓެކްސް ނެގުމަށެވެ.

ރެމިޓަންސް ޓެކްސްއަކީ އަކީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ދައުލަތަށް ނަގާ ޓެކްސްއެވެ. އެގޮތުން ރެމިޓެންސް ޓެކްސްގެ ގޮތުގައި ބޭރަށް ފޮނުވާ ފައިސާއިން ތިން އިންސައްތަ އަންނަނީ ދައުލަތަށް ނަގަމުންނެވެ. 

ބިދޭސީން

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

14 މެއި 2026

ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުން ބޮޑު ކަރީސާއަކަށް ވެފައި!

14 މެއި 2026
ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުން ބޮޑު ކަރީސާއަކަށް ވެފައި!
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ހަތަރު މަސާޖު ޕާލާ އެއް ބަންދުކޮށް، ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

10 ޑިސެމްބަރު 2025
ހަތަރު މަސާޖު ޕާލާ އެއް ބަންދުކޮށް، ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
05 ޑިސެމްބަރު 2025

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި
03 ޑިސެމްބަރު 2025

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި
23 ސެޕްޓެމްބަރު 2025

އިމިގްރޭޝަނުން ހިންގި ބޮޑު ރެއިޑެއްގައި 81 ބިދޭސީއަކު ހައްޔަރުކޮށްފި

23 ސެޕްޓެމްބަރު 2025
އިމިގްރޭޝަނުން ހިންގި ބޮޑު ރެއިޑެއްގައި 81 ބިދޭސީއަކު ހައްޔަރުކޮށްފި
31 އޯގަސްޓު 2025

މީހަކު ރަހީނުކޮށްގެން ހައްޔަރުކުރި 2 މީހުންގެ ބަންދަށް 15 ދުވަސް

31 އޯގަސްޓު 2025
މީހަކު ރަހީނުކޮށްގެން ހައްޔަރުކުރި 2 މީހުންގެ ބަންދަށް 15 ދުވަސް
18 ފެބުރުއަރީ 2025

ބ. މާރިކިލުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ނުވަ މީހުން ހައްޔަރުކޮށްފި

18 ފެބުރުއަރީ 2025
ބ. މާރިކިލުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ނުވަ މީހުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް