Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއުޑުން މަސް ވެހުން

ތުނި ވާރޭ އާއެކު މެކްސިކޯއަށް އުޑުން މަސް ތަކެއް ވެހިއްޖެ

އުޑުން ވެހުނު ކުދި މަސްތަކުގެ ފޮޓޯ އާއި ވީޑިއޯ އޮފިޝަލުންވަނީ ހާމަ ކޮށްފައި

ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2017 | ބުދަ 12:11
މެކްސިކޯ އަށް އޮކްޓޯބަރ 28 ގައި އުޑުން ވެހުނު މަސްތަކުގެ ފޮޓޯއެއް

މެކްސިކޯ އަށް އޮކްޓޯބަރ 28 ގައި އުޑުން ވެހުނު މަސްތަކުގެ ފޮޓޯއެއް

ހުސްވި ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު މެކްސިކޯގެ ސަރަހައްދަކަށް ވެހުނު ތުނި ވާރޭ އާ އެކު އުޑުން މަސްތަކެއް ވެހިއްޖެ ކަމަށް ރިޕޯޓް ކޮށްފިއެވެ.

އެސޯސިއޭޓެޑް ޕްރެސް އިން ބުނެފައިވަނީ މިކަން ހިނގީ މެކްސިކޯގެ އިރުއުތުރު ސިޓީއެއް ކަމަށްވާ ޓަމައުލިޕާސްގެ އިރު ދެކުނު ސަރަހައްދުގައި ކަމަށެވެ.

އުޑުން ވެހުނު ކުދި މަސްތަކުގެ ފޮޓޯ އާއި ވީޑިއޯ އެ ސިޓީގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

މިހާދިސާ ހިނގި ކަމަށް ރިޕޯޓު ކުރުމާ ގުޅިގެން މިއީ ހަގީގަތުގައިވެސް ހިނގާފާނެ ކަމެއްތޯ އެތައް ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

މާޒީއަށް ބަލާއިރު މިއީ މިބާވަތުގެ ފުރަތަމަ ހާދިސާ ނޫންކަން ފާހަގަ ކުރެވެއެވެ. އެމެރިކާގެ ކެލިފޯނިއާ، އިންޑިއާ އަދި އިނގިރޭސިވިލާތުގައިވެސް ވާރޭ އާ އެކު ދިރޭ މަސް ވެހުނުކަން ރެކޯޑް ކުރެވިފައިވެއެވެ. އަދި 2010 ވަނަ އަހަރު އޮސްޓްރޭލިއާ އަށް އެތައް ސަތޭކަ ކުދި މަސްތަކެއް އުޑުން ވެހުނު ތަން ފެނުމުން އެތައް ބަޔަކު ހައިރާން ވެގެން އުޅުނުކަން ރިޕޯޓްކޮށްފައި އެބަހުއްޓެވެ.

ސައިންސްވެރިން ބުނާ ގޮތުގައި، ކޮޅިގަނޑުގެ ތެރޭގައި އަދި ނަގޫރޯޅިފަދަ ހާދިސާތަކުގައި ދަމާ ބާރު އުފެދި ކޯރުތަކުންނާއި ކަނޑުފަޅުތަކުން ކުދި މަސް ފަދަ ތަކެތި މައްޗަށް ދަމައިގަންނަ ކަމަށެވެ. މި ގޮތަށް މައްޗަށް ދަމައިގަންނަ ވަގުތު ގަދަ ވަޔާއެކު، އެއްގަމާ ދިމާލަށް އެތަކެތި ދިއުމުން އަދި ވައި ހިނދުމުން ބިންމައްޗަށް ވެއްޓެނީ ކަމަށެވެ. އަދި އެއީ ވިއްސާރަ ވެހޭ ވަގުތެއް ނަމަ ވިއްސާރަ އާއެކު މަސްތައް ބިމަށް ވެހޭ ގޮތް ފެންނަނީ ކަމަށެވެ.

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2019

އާމިރު ކަރީނާ އާއެކު ކުޅޭ ފިލްމުގެ ޝޫޓިން ފަށައިފި

04 ސެޕްޓެމްބަރު 2019
އާމިރު ކަރީނާ އާއެކު ކުޅޭ ފިލްމުގެ ޝޫޓިން ފަށައިފި
22 އެޕްރީލު 2019

ކޮންމެ ދުވަހަކީ އަވިދޭ ދުވަހަކަށް ނުވާނެ، ބައެއް ދުވަސްތަކުގައި ވާރޭ ވެސް ވެހޭ: އާލިއާ

22 އެޕްރީލު 2019
ކޮންމެ ދުވަހަކީ އަވިދޭ ދުވަހަކަށް ނުވާނެ، ބައެއް ދުވަސްތަކުގައި ވާރޭ ވެސް ވެހޭ: އާލިއާ
28 އޮކްޓޯބަރު 2018

ސަޑަކް 2 ގައި ބައްޕައާއެކު މަސައްކަތް ކުރުމަށް ކެތް މަދުވެފައިވާ ކަމަށް އާލިއާ ބުނެފި

28 އޮކްޓޯބަރު 2018
ސަޑަކް 2 ގައި ބައްޕައާއެކު މަސައްކަތް ކުރުމަށް ކެތް މަދުވެފައިވާ ކަމަށް އާލިއާ ބުނެފި
16 އޮކްޓޯބަރު 2018

ކޮފީ ވިތް ކަރަންގެ ގެސްޓަކަށް އާމިރުޚާން އާއެކު އަންނަނީ ކާކު؟

16 އޮކްޓޯބަރު 2018
ކޮފީ ވިތް ކަރަންގެ ގެސްޓަކަށް އާމިރުޚާން އާއެކު އަންނަނީ ކާކު؟
28 އޯގަސްޓު 2018

ޖާންވީ އާއި ހުޝީ އާއެކު އަރްޖުން ރަކްޝާ ބަންދަން ފާހަގަކޮށްފި

28 އޯގަސްޓު 2018
ޖާންވީ އާއި ހުޝީ އާއެކު އަރްޖުން ރަކްޝާ ބަންދަން ފާހަގަކޮށްފި
04 ޖުލައި 2018

ކްރިސްޓަން ސްޓުވަރޓް އާއި ލުޕީޓާ ޏޮންގޯއާއެކު ޗާލީޒް އޭންޖަލްސް އަނބުރާ އަންނަނީ!

04 ޖުލައި 2018
ކްރިސްޓަން ސްޓުވަރޓް އާއި ލުޕީޓާ ޏޮންގޯއާއެކު ޗާލީޒް އޭންޖަލްސް އަނބުރާ އަންނަނީ!
13 މާރިޗު 2018

ދިހަ މިލިއަން ވިއުސްއާއެކު އެމެރިކަން އައިޑޮލް ފަށައިފި

13 މާރިޗު 2018
ދިހަ މިލިއަން ވިއުސްއާއެކު އެމެރިކަން އައިޑޮލް ފަށައިފި
26 ފެބުރުއަރީ 2018

ސްރީދެވީގެ އެންމެ ފަހު ވަގުތުކޮޅު: ތައްޔާރުވަމުންދިޔައީ ފިރިމީހާއާއެކު ޑޭޓަކަށް ދިއުމަށް!

26 ފެބުރުއަރީ 2018
ސްރީދެވީގެ އެންމެ ފަހު ވަގުތުކޮޅު: ތައްޔާރުވަމުންދިޔައީ ފިރިމީހާއާއެކު ޑޭޓަކަށް ދިއުމަށް!
14 ޑިސެމްބަރު 2017

ޝާހުރުކް ޚާންއާއެކު "ޑޯން 3" އިން ފެނިގެންދާނީ ދިޕިކާތަ؟ ނޫނީ ޕްރިޔާންކާތަ؟

14 ޑިސެމްބަރު 2017
ޝާހުރުކް ޚާންއާއެކު "ޑޯން 3" އިން ފެނިގެންދާނީ ދިޕިކާތަ؟ ނޫނީ ޕްރިޔާންކާތަ؟
10 އޮކްޓޯބަރު 2017

އާއިލާއާއެކު އުފަން ދުވަސް ފާހަގަކުރަން އަމީތާބު ރާއްޖެ އައިސްފި

10 އޮކްޓޯބަރު 2017
އާއިލާއާއެކު އުފަން ދުވަސް ފާހަގަކުރަން އަމީތާބު ރާއްޖެ އައިސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު