މ. ބާޑްލައިން ގޭގެ 8 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
21 އޯގަސްޓު 2026 | ހުކުރު 02:40މ. ބާޑްލައިންގެ އެޕާޓްމަންޓެއްގެ ކަރަންޓު ބޯޑެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކުރި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދީފި. މި ހާދިސާއާ ގުޅިގެން އެ ގޭގެ ކަރަންޓު ކެނޑުމުން، އެ ތަނުގައި ދިރިއުޅޭ އާއިލާއަށް އެންޑީއެމްއޭއިން މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައި


މ. ބާޑްލައިން 8 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި | އެމްއެންޑީއެފް
މ. ބާޑްލައިން ގޭގެ 8 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ 8:14 ހާއިރު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް އަލިފާނުގެ ހާދިސާއެއްް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ވަނީ ހަރަކާތްތެރިވެފަ އެވެ. އަދި އެ އަލިފާން ނިއްވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
މި ހާދިސާގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް އެންޑީއެމްއޭ ބުނީ، މި ހާދިސާ ހިނގާފައިވަނީ އެގޭގެ 8 ވަނަ ފަންގިފިލާގެ އެޕާޓްމަންޓް ބީގެ ކަރަންޓު ޑީ-ބޯޑެއްގައި ރޯވުމުގެ ސަބަބުން ކަމަށެވެ. އަދި ހާދިސާގެ ސަބަބުން އެ އެޕާޓްމަންޓުގައި ހުުރި މީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާގެ ސަބަބުން އެ އެޕާޓްމަންޓުގެ ކަރަންޓު ކެނޑުނު ނަމަވެސް ގޭގެ އިތުރު އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެންޑީއެމްއޭ އިން މައުލޫމާތު ދިނެވެ.
މީގެއިތުރުން އެ އެޕާޓްމަންޓްގައި ދިރިއުޅޭ ފަރާތްތަކަށް ތިން ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް އެންޑީއެމްއޭ އިން ހަމަޖައްސައިދީފައިވާ ކަމަށް އެ އޮތޯރިޓީ އިން ބުނެ އެވެ.











