Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނި

ރިސޯޓުތަކުން މީހުން އުޅޭ ރަށްރަށަށް ކުނި ގެންދިއުމަށް އޮތް ގާނޫނީ ހުރަސް ނައްތާލައިފި، ހުއްދަ އޮވެގެން ރާއްޖޭގައި ނުރައްކާތެރި ކުނި ވިއްކޭނެ މަގު ތަނަވަސްކޮށްދީފި

24 އޯގަސްޓު 2026 | ހޯމަ 05:50

ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު، ރިސޯޓުތަކާއި ސިނާއީ ރަށްތަކުގައި އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މަރުކަޒުތަކަށް ގެންދިއުމަށް އޮތް ހުރަސްތައް މިހާރު ވަނީ ނައްތާލައިފަ. މީގެ އިތުރުން ރާއްޖެއަށް ކުނި އެތެރެކުރުން މަނާކޮށްފައިވީ ނަމަވެސް، ހާއްސަ ހުއްދައެއްގެ ދަށުން ނުރައްކާތެރި ކުނި ވިއްކުމާއި ބޭނުންކުރުމުގެ ފުރުސަތު މި ބަދަލާއެކު ލިބިގެންދާނެ

ރާއްޖެ އެމްވީ | 24 އޯގަސްޓު 2026 | ހޯމަ 05:50
ރާއްޖޭގެ ރިސޯޓަކުން ދޯންޏަކަށް ކުނި އަރުވަނީ

ރާއްޖޭގެ ރިސޯޓަކުން ދޯންޏަކަށް ކުނި އަރުވަނީ | އެލަމީ

ރިސޯޓުތަކާއި އިންޑަސްޓްރިއަލް ރަށްތަކުން މީހުން އުޅޭ ރަށްރަށަށް ކުނި ގެނައުމަށް އޮތް ގާނޫނީ ހުރަސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނަށް ގެނައި ބަދަލާ އެކު ނައްތާލައިފި އެވެ.

ކުނި މެނޭޖުކުރުމުގައި އެތައް ގޮންޖެހުންތަކެއް މިހާރުވެސް ކުރިމަތިވެފައިވާ މީހުން ދިރިއުޅޭ ރަށްރަށަށް ރިސޯޓުތަކުންނާއި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށުން ކުނި ގެނައުން އޮތީ ގާނޫނީ ގޮތުން މަނާކޮށްފަ އެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން ޤާނޫނު ނަންބަރު 2022/24 (ކުނި މެނޭޖުކުރުމުގެ ޤާނޫނު) އަށް ގެނައި 1 ވަނަ އިޞްލާޙާ އެކު މިކަމުގައި އޮތް ހުރަސް މިހާރު ވަނީ ނެތިގެން ގޮސްފަ އެވެ.

ރައީސް މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ފާސްކޮށްފައިވަނީ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިންނެވެ.

މި އިޞްލާޙުގައި، މީހުން ދިރިއުޅޭ ރަށެއްގެ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭ، އިޤްތިޞާދީ / އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށްރަށުގައްޔާއި ސަރަހައްދުތަކުގައި އުފެދޭ ކުންޏާއި އުފައްދާ ކުނި، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގެ ކުނި މެނޭޖުކުރާ މަރުކަޒަކަށް ގެންދެވޭނެ ގޮތަށް ކަނޑައަޅައިފައިވެ އެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނު 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެކުލަވާލި އިރު ރިސޯޓްތަކާއި އިގްތިސާދީ މަސައްކަތްކުރާ ތަންތަނުގައި އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށަށް ގެނައުން މަނާ ކޮށްފައިއޮތީ، އެކަމަށް ފުޅާ ދާއިރާއެއްގައި ބަހުސްކޮށް ކުންޏަކީ އެ އުފެދޭ ތަނެއްގައި މެނޭޖުކުރުމަށް ބާރުއެޅުމުގެ ގޮތުންނާއި، މިފަދަ ފުރުސަތެއްގެ ސަބަބުން ކުޑަ ފީއެއް ދައްކައިގެން ރިސޯޓުތަކުންނާއި އިގްތިސާދީތަންތަނުގައި އުފެދޭ މެނޭޖުކުރަން އުނދަގޫ އެތައް ބާވަތެއްގެ ކުނި ވަސީލަތްތައް މަދު މީހުން ދިރިއުޅޭ ރަށްރަށަށް ގެންދިއުމުގެ ސަބަބުން ދިމާވެދާނެ ތިމާވެށީގެ މައްސަލަތަކާއި، ސިއްޙީ މައްސަލަތަކަކުން މީހުން ދިރިއުޅޭ ރަށްތައް ސަލާމަތްކުރުމުގެ މަގްސަދުގަ އެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނު އައުމުގެ ކުރިން ރާއްޖޭގެ ރިސޯޓުތަކުން ވަރަށް ކުޑަ ފީއެއް ދީގެން މީހުން ދިރިއުޅޭ ރަށްރަށަށް ކުނި ގެންދިއުމުގެ ސަބަބުން ރަށްރަށުގައި ބޮޑެތި ގޮނޑުތައް އުފެދި އެތައް މައްސަލަތަކެއް ކުރިމަތިވަމުން ދިޔަކަން އޮތީ ފާހަގަ ކުރެވިފަ އެވެ.

ފަތުރުވެރިކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތައް ބުނާ ގޮތުން ރިސޯޓުތަކުގައި އުފެދޭ ކުނި އެރަށެއްގައި މެނޭޖުކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހުންނަން ޖެހޭނީ ގާއިމު ކޮށްފަ އެވެ.

އަނެއްކޮޮޅުން މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން، އެއްވެސް ފަރާތަކުން، އެއްވެސް ބާވަތެއްގެ ކުންޏެއް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ކުށެއްކަމުގައި ވަނީ ކަނޑައަޅާފަ އެވެ. މިއާއެކު އެއަރލައިންތަކުން ރާއްޖެ އަށް ބާލައި ކުންޏާއި، ރާއްޖެއަށް ކަނޑުމަގުން އަންނަ ބޯޓު ފަހަރުގައި ހުންނަ ކުނި ރާއްޖެ އަށް ބޭލޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. މިއީ ވައިގެ މަގުންނާއި ކަނޑުގެ މަގުން ރާއްޖެއަށް އަންނަ އުޅަނދުފަހަރަށް މިހާރުވެސް ދެމުން އަންނަ ޚިދުމަތެކެވެ. އެހެން ނަަމަވެސް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ދޫކޮށްފައިވާ ހުއްދައެއް އޮވެގެން، ނުރައްކާތެރި ކުންޏާއި އެފަދަ ކުނި ހިމެނޭ އެއްޗެހި ދިވެހިރާއްޖޭގައި ވިއްކުމާއި، ބޭނުންކުރުމާއި، ޑިސްޓްރިބިއުޓް ކުރުވިދާނެ ކަމަށް ވެސް ގާނޫނަށް ގެނައި ބަދަލުގައިވެ އެވެ. އެނޫން ގޮތަކަށް އެކަން ކުރާނަމަ އެއީ ކުށެއްކަމުގައި ވަނީ ކަނޑައަޅާފަ އެވެ.

ކުނި މެނޭޖުކުރުމުގެ ބިލު20 ވަނަ ރައްޔިތުންގެ މަޖިލީސްއެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)ކުނި

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 އޯގަސްޓު 2026

ޕްލާސްޓިކް ކޮތަޅަކުން ނަގާ 2 ރުފިޔާ، ކޮތަޅު ބޮނޑިއެއް ގަންނަނަމަ ނުނަގާ ގޮތައް ގާނޫނު ބަދަލުކޮށްފި

23 އޯގަސްޓު 2026
ޕްލާސްޓިކް ކޮތަޅަކުން ނަގާ 2 ރުފިޔާ، ކޮތަޅު ބޮނޑިއެއް ގަންނަނަމަ ނުނަގާ ގޮތައް ގާނޫނު ބަދަލުކޮށްފި
23 އޯގަސްޓު 2026

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސް މުއިއްޒު ހުށަހެޅުއްވި ނަމަށް ޝަކުވާ ފޮނުވަން ދިނީ 6 ގަޑިއިރު، އެވެސް ބަންދު ވަގުތުގައި

23 އޯގަސްޓު 2026
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސް މުއިއްޒު ހުށަހެޅުއްވި ނަމަށް ޝަކުވާ ފޮނުވަން ދިނީ 6 ގަޑިއިރު، އެވެސް ބަންދު ވަގުތުގައި
23 އޯގަސްޓު 2026

ރާއްޖެއަށް އަންނަ ފަތުރުވެރިން އަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި އިތުރަށް ފަތުރުވެރިން ގެނެވޭނެ ގޮތްތައް ހޯދުމަށް މެންބަރު ޣަފޫރު ގޮވާލައްވައިފި

23 އޯގަސްޓު 2026
ރާއްޖެއަށް އަންނަ ފަތުރުވެރިން އަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި އިތުރަށް ފަތުރުވެރިން ގެނެވޭނެ ގޮތްތައް ހޯދުމަށް މެންބަރު ޣަފޫރު ގޮވާލައްވައިފި
23 އޯގަސްޓު 2026

ބައެއް ކައުންސިލްތަކުން ވަކި ސަރުކާރެއްގެ ގޮތުގައި އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، މެންބަރު ސަލީމް ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

23 އޯގަސްޓު 2026
ބައެއް ކައުންސިލްތަކުން ވަކި ސަރުކާރެއްގެ ގޮތުގައި އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، މެންބަރު ސަލީމް ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ
23 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނެކޭ، ނާލާފުށީ ފަގީރަށް ދިން ގެރިއެކޭ ކުޑަ ވެސް ތަފާތެއް ނެތް: މެންބަރު ޒިޔާދު

23 އޯގަސްޓު 2026
ލާމަރުކަޒީ ގާނޫނެކޭ، ނާލާފުށީ ފަގީރަށް ދިން ގެރިއެކޭ ކުޑަ ވެސް ތަފާތެއް ނެތް: މެންބަރު ޒިޔާދު
23 އޯގަސްޓު 2026

ރައްޔިތުން ހުށަހަޅާ ޕެޓިޝަންތައް ބަލިކަށިކުރަން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލު އަބްދުއްރަހީމް ދިފާއު ކުރައްވައިފި

23 އޯގަސްޓު 2026
ރައްޔިތުން ހުށަހަޅާ ޕެޓިޝަންތައް ބަލިކަށިކުރަން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލު އަބްދުއްރަހީމް ދިފާއު ކުރައްވައިފި
23 އޯގަސްޓު 2026

ރައްޔިތުންގެ މަޖިލިސް ހިންގަނީ ގާނޫނު އަސާސީގެ ރޫހާއި ހިލާފަށް، މިއަދު މަޖިލީހުގައި އޮތީ ހިޓްލަރުގެ އުސޫލު: މެންބަރު މީކާއިލް

23 އޯގަސްޓު 2026
ރައްޔިތުންގެ މަޖިލިސް ހިންގަނީ ގާނޫނު އަސާސީގެ ރޫހާއި ހިލާފަށް، މިއަދު މަޖިލީހުގައި އޮތީ ހިޓްލަރުގެ އުސޫލު: މެންބަރު މީކާއިލް
20 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލާ، ސަރުކާރަށް ތާއީދުކުރާ މީހުންގެ ޕެޓިޝަނުގައި ސޮއިކުރުމަށް އެސްއޯއީތަކުގެ މުވައްޒަފުންނަށް އަންނަނީ މަޖުބޫރު ކުރަމުން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލާ ޕެޓިޝަނުގައި 5000ށް ވުރެ ގިނަ ސޮއި!

20 އޯގަސްޓު 2026
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލާ ޕެޓިޝަނުގައި 5000ށް ވުރެ ގިނަ ސޮއި!
18 އޯގަސްޓު 2026

ދައުލަތުން މުސާރާއިގެ ގޮތުގައި މަހެއްގެ މައްޗަށް ހަރަދުވާ މިންވަރު އެއް ބިލިއަނުން 1.4 ބިލިއަނަށް އިތުރުވެއްޖެ: ފިނޭންސް މިނިސްޓަރު

18 އޯގަސްޓު 2026
ދައުލަތުން މުސާރާއިގެ ގޮތުގައި މަހެއްގެ މައްޗަށް ހަރަދުވާ މިންވަރު އެއް ބިލިއަނުން 1.4 ބިލިއަނަށް އިތުރުވެއްޖެ: ފިނޭންސް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް