Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްލާސްޓިކް ކޮތަޅު

ޕްލާސްޓިކް ކޮތަޅަކުން ނަގާ 2 ރުފިޔާ، ކޮތަޅު ބޮނޑިއެއް ގަންނަނަމަ ނުނަގާ ގޮތައް ގާނޫނު ބަދަލުކޮށްފި

23 އޯގަސްޓު 2026 | އާދީއްތަ 15:10

ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު، 50 ކޮތަޅަށް ވުރެ ގިނަ އަދަދެއްގެ ކޮތަޅު ހިމެނޭ ބޮނޑި ގަންނައިރު ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީ ދައްކާކަށް ނުޖެހޭނެ. މި ބަދަލުގެ ސަބަބުން ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކުން ކުރިން ދައްކަންޖެހޭ "ޑަބަލް ޓެކްސް" ހުއްޓުމަކަށް އަންނާނެ ކަމަށް ސަރުކާރުން ބުނޭ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން، މިހާރު ވަނީ މި އުސޫލަށް އަމަލުކުރަން ފަށާފައި

ރާއްޖެ އެމްވީ | 23 އޯގަސްޓު 2026 | އާދީއްތަ 15:10
މޫދު އަޑީގައި އޮތް ހުދު ކުލައިގެ ޕްލާސްޓިކް ކޮތަޅެއް

މޫދު އަޑީގައި އޮތް ހުދު ކުލައިގެ ޕްލާސްޓިކް ކޮތަޅެއް | އެލަމީ

ޕްލާސްޓިކް ކޮތަޅަކުން ނަގާ 2ރ. ގެ ޓެކްސް ނުވަތަ ފީ، ކޮތަޅު ބޮނޑިއެއް ގަންނަނަމަ ނުނަގާ ގޮތަށް ގާނޫނަށް ގެނައި ބަދަލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

މި ބަދަލާއެކު ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ނަގާ 2ރ. ނެގުން، 50 ކޮތަޅަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކު ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި އަށް އިސްތިސްނާވެގެންދާނެ އެވެ. ކުރީ ސަރުކާރުން ޕްލާސްޓިކް ކޮތަޅަށް 2ރ. ގެ ޓެކްސް އެއް ނަގާ ގޮތަށް ނިންމުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުކީ ނަމަވެސް، މި ސަރުކާރުން ޕްލާސްޓިކް ކޮތަޅަކަށް ނަގާ 2ރ. ޓެކްސް ކުޑަކޮށްފަ އެއް ނުވެ އެވެ. މި ގެނެވުނު ބަދަލާ ބެހޭ ގޮތުން ސަރުކާރުން ބުނީ މިކަމުގެ ސަބަބުން އޭރު ނެގެމުން އައި ޑަބަލް ޓެކްސް ހުއްޓިގެންދާނެ އެވެ.

Advertisement - newsAdvertisement

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޕްލާސްޓިކް ކޮތަޅުން ނަގާ ފީ އިން މިދިޔަ އަހަރު ދައުލަތަށް 5.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. 

ޤާނޫނު ނަންބަރު 2022/24 (ކުނި މެނޭޖުކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރެއްވީ އާދިއްތަ ދުވަހު އެވެ.

މި ބިލު ފާސްކުރައްވާފައިވަނީ، 17 އޮގަސްޓު 2026 ވީ ހޯމަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިންނެވެ.

 ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވާ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފަށާނެ އެވެ.

ޕްލާސްޓިކް ކޮތަޅުކުނި މެނޭޖުކުރުމުގެ ބިލު20 ވަނަ ރައްޔިތުންގެ މަޖިލީސް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

23 އޯގަސްޓު 2026

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސް މުއިއްޒު ހުށަހެޅުއްވި ނަމަށް ޝަކުވާ ފޮނުވަން ދިނީ 6 ގަޑިއިރު، އެވެސް ބަންދު ވަގުތުގައި

23 އޯގަސްޓު 2026
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރައީސް މުއިއްޒު ހުށަހެޅުއްވި ނަމަށް ޝަކުވާ ފޮނުވަން ދިނީ 6 ގަޑިއިރު، އެވެސް ބަންދު ވަގުތުގައި
23 އޯގަސްޓު 2026

ރާއްޖެއަށް އަންނަ ފަތުރުވެރިން އަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި އިތުރަށް ފަތުރުވެރިން ގެނެވޭނެ ގޮތްތައް ހޯދުމަށް މެންބަރު ޣަފޫރު ގޮވާލައްވައިފި

23 އޯގަސްޓު 2026
ރާއްޖެއަށް އަންނަ ފަތުރުވެރިން އަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި އިތުރަށް ފަތުރުވެރިން ގެނެވޭނެ ގޮތްތައް ހޯދުމަށް މެންބަރު ޣަފޫރު ގޮވާލައްވައިފި
23 އޯގަސްޓު 2026

ބައެއް ކައުންސިލްތަކުން ވަކި ސަރުކާރެއްގެ ގޮތުގައި އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، މެންބަރު ސަލީމް ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

23 އޯގަސްޓު 2026
ބައެއް ކައުންސިލްތަކުން ވަކި ސަރުކާރެއްގެ ގޮތުގައި އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، މެންބަރު ސަލީމް ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ
23 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނެކޭ، ނާލާފުށީ ފަގީރަށް ދިން ގެރިއެކޭ ކުޑަ ވެސް ތަފާތެއް ނެތް: މެންބަރު ޒިޔާދު

23 އޯގަސްޓު 2026
ލާމަރުކަޒީ ގާނޫނެކޭ، ނާލާފުށީ ފަގީރަށް ދިން ގެރިއެކޭ ކުޑަ ވެސް ތަފާތެއް ނެތް: މެންބަރު ޒިޔާދު
23 އޯގަސްޓު 2026

ރައްޔިތުން ހުށަހަޅާ ޕެޓިޝަންތައް ބަލިކަށިކުރަން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލު އަބްދުއްރަހީމް ދިފާއު ކުރައްވައިފި

23 އޯގަސްޓު 2026
ރައްޔިތުން ހުށަހަޅާ ޕެޓިޝަންތައް ބަލިކަށިކުރަން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލު އަބްދުއްރަހީމް ދިފާއު ކުރައްވައިފި
23 އޯގަސްޓު 2026

ރައްޔިތުންގެ މަޖިލިސް ހިންގަނީ ގާނޫނު އަސާސީގެ ރޫހާއި ހިލާފަށް، މިއަދު މަޖިލީހުގައި އޮތީ ހިޓްލަރުގެ އުސޫލު: މެންބަރު މީކާއިލް

23 އޯގަސްޓު 2026
ރައްޔިތުންގެ މަޖިލިސް ހިންގަނީ ގާނޫނު އަސާސީގެ ރޫހާއި ހިލާފަށް، މިއަދު މަޖިލީހުގައި އޮތީ ހިޓްލަރުގެ އުސޫލު: މެންބަރު މީކާއިލް
20 އޯގަސްޓު 2026

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލާ، ސަރުކާރަށް ތާއީދުކުރާ މީހުންގެ ޕެޓިޝަނުގައި ސޮއިކުރުމަށް އެސްއޯއީތަކުގެ މުވައްޒަފުންނަށް އަންނަނީ މަޖުބޫރު ކުރަމުން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލާ ޕެޓިޝަނުގައި 5000ށް ވުރެ ގިނަ ސޮއި!

20 އޯގަސްޓު 2026
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލާ ޕެޓިޝަނުގައި 5000ށް ވުރެ ގިނަ ސޮއި!
18 އޯގަސްޓު 2026

ދައުލަތުން މުސާރާއިގެ ގޮތުގައި މަހެއްގެ މައްޗަށް ހަރަދުވާ މިންވަރު އެއް ބިލިއަނުން 1.4 ބިލިއަނަށް އިތުރުވެއްޖެ: ފިނޭންސް މިނިސްޓަރު

18 އޯގަސްޓު 2026
ދައުލަތުން މުސާރާއިގެ ގޮތުގައި މަހެއްގެ މައްޗަށް ހަރަދުވާ މިންވަރު އެއް ބިލިއަނުން 1.4 ބިލިއަނަށް އިތުރުވެއްޖެ: ފިނޭންސް މިނިސްޓަރު
18 އޯގަސްޓު 2026

ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

18 އޯގަސްޓު 2026
ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް