Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުތު އެފްރިކާ

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

22 އޯގަސްޓު 2026 | ހޮނިހިރު 17:33

ދެކުނު އެފްރިކާގެ އީސްޓަން ކޭޕްގައި ހުންނަ އޭނާގެ ގޭގެ ބޭރުގައި ދިން ބަޑީގެ ހަމަލާއެއްގައި، ބޮކްސިންގެ ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޒޮލާނީ ޓެޓޭ މަރާލައިފި. މި ހަމަލާގައި އޭނާއާއެކު ކާރުގައި އިން އަންހެނަކަށް އަނިޔާވެގެން ފަރުވާދެމުންދާއިރު، ޑޯޕިން މައްސަލައެއްގައި ސަސްޕެންޝަނެއްގައި ހުރި ޓެޓޭ އައީ އަލުން ރިންގަށް އެނބުރި އައުމަށް ތައްޔާރުވަމުން

ރާއްޖެ އެމްވީ | 22 އޯގަސްޓު 2026 | ހޮނިހިރު 17:33
ޖޭސަން ކަނިންހަމް ބަލިކުރުމަށްފަހު، އައި.ބީ.އެފް އިންޓަރނޭޝަނަލް އަދި ކޮމަންވެލްތު ސުޕަރ ބެންޓަމްވެއިޓް ބެލްޓާއެކު ޒޮލާނީ ޓެޓޭ ކާމިޔާބީ ފާހަގަކުރަނީ

ޖޭސަން ކަނިންހަމް ބަލިކުރުމަށްފަހު، އައި.ބީ.އެފް އިންޓަރނޭޝަނަލް އަދި ކޮމަންވެލްތު ސުޕަރ ބެންޓަމްވެއިޓް ބެލްޓާއެކު ޒޮލާނީ ޓެޓޭ ކާމިޔާބީ ފާހަގަކުރަނީ | ގެޓީ އިމޭޖަސް

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޒޮލާނީ ޓެޓޭ، ދެކުނު އެފްރިކާގައި ހުންނަ އޭނާގެ ގޭގެ ބޭރުގައި ބަޑިޖަހައި މަރާލައިފި އެވެ.

އުމުރުން 38 އަހަރުގެ ޓެޓޭ މަރާލާފައިވަނީ މިދިޔަ ހުކުރު ދުވަހު އީސްޓަން ކޭޕްގެ އެމްޑަންޓްސޭންގައި ދިން ކުއްލި ހަމަލާއެއްގަ އެވެ.

އޮފިޝަލުން މައުލޫމާތު ދޭ ގޮތުގައި، ޓެޓޭ އޭނާގެ ކާރުގައި ގޭގެ ދޮރު ހުޅުވެންދެން މަޑުކޮށްގެން އިންދާ، މޫނު ނިވާކޮށްގެން ތިބި ހަތިޔާރު އެޅި ދެ މީހަކު އެހެން އުޅަނދަކުން ފޭބުމަށްފަހު އޭނާއަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ވަނީ ފޮނުވާލާފަ އެވެ. މި ހަމަލާގައި ޓެޓޭއާއެކު ކާރުގައި އިން 27 އަހަރުގެ އަންހެނަކަށްވެސް އަނިޔާވެފައިވާއިރު، އޭނާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ދެކުނު އެފްރިކާގެ މިނިސްޓަރ އޮފް ސްޕޯޓްސް، އާޓްސް އެންޑް ކަލްޗަރ، ގޭޓަން މެކެންޒީ ވިދާޅުވީ، ދެކުނު އެފްރިކާއިން މި ވަކިވީ އެ ގައުމުން މިހާތަނަށް އުފެއްދި އެންމެ މޮޅު އެއް ފައިޓަރު ކަމަށެވެ.

މި ހަމަލާ ދިނުމަށްފަހު ތުހުމަތު ކުރެވޭ ދެ މީހުން އެ ސަރަހައްދުން ފިލާފައިވާ ކަމަށާއި، މި މައްސަލައިގެ ބޮޑު ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށްވެސް މެކެންޒީ އިތުރަށް ވިދާޅުވި އެވެ.

ޓެޓޭ ވަނީ 2017 އިން 2019 އަށް ޑަބްލިޔު.ބީ.އޯ ބެންޓަމްވެއިޓް ޓައިޓަލް ދަމަހައްޓާފަ އެވެ. މީގެ އިތުރުން 2014 ވަނަ އަހަރު އޭނާ ވަނީ އައި.ބީ.އެފް ސުޕަރ-ފްލައިވެއިޓް ތަށިވެސް ކާމިޔާބުކޮށްފަ އެވެ.

ދުނިޔޭގެ ރެކޯޑް ފޮތުންވެސް ޓެޓޭ ވަނީ ޖާގަ ހޯދާފަ އެވެ. އެއީ 2017 ވަނަ އަހަރު ސިބޮނީސޯ ގޮންޔާއާ ދެކޮޅަށް ކުޅުނު މެޗު އެންމެ 11 ސިކުންތުގެ ތެރޭގައި ނޮކްއައުޓްކޮށްގެން، ތަށި ހޯދުމަށް ކުޅުނު މެޗެއްގައި އެންމެ އަވަހަށް މެޗު ނިންމާލި ކުޅުންތެރިޔާގެ ގޮތުގަ އެވެ.

ޓެޓޭ އެންމެ ފަހުން ރިންގަށް އެރީ 2022 ވަނަ އަހަރުގެ ޖުލައި މަހު ލަންޑަނުގަ އެވެ. އެ މެޗުގައި އިނގިރޭސިވިލާތުގެ ޖޭސަން ކަނިންހަމް އަތުން އޭނާ މޮޅުވި ނަމަވެސް، ޑްރަގް ޓެސްޓުން ފޭލްވުމާ ގުޅިގެން ފަހުން އެ ނަތީޖާ ވަނީ ބާތިލުކޮށްފަ އެވެ.

އޭނާގެ ހަށިގަނޑުން އެނަބޮލިކް ސްޓެރޮއިޑް "ސްޓެނޯޒޮލޯލް" ފެނުމާ ގުޅިގެން، އިނގިރޭސިވިލާތުގެ އެންޓި-ޑޯޕިންގ އެޖެންސީން ވަނީ އޭނާ ހަތަރު އަހަރަށް ސަސްޕެންޑްކޮށްފަ އެވެ.

އޭނާގެ ސަސްޕެންޝަންގެ މުއްދަތު ހަމަވާން އޮތީ 2026 ވަނަ އަހަރުގެ ޖުލައި 29 އަށެވެ. ޓެޓޭގެ މަރާ ގުޅިގެން އޭނާގެ މެނޭޖަރު އެމްލާ ޓެންގިމްފީން ބުނީ، އަލުން ރިންގަށް އެނބުރި އައުމަށްޓަކައި ޓެޓޭ ފަރިތަކުރުންތައް ކުރިއަށް ގެންދަމުން ދިޔަ ކަމަށެވެ.

ޓެޓޭގެ ކެރިއަރުގައި ކުޅުނު 34 މެޗުގެ ތެރެއިން 29 މެޗުން އޭނާ ވަނީ މޮޅުވެފަ އެވެ. އޭނާ ބަލިވެފައިވަނީ އެންމެ ހަތަރު މެޗުންނެވެ.

ޒޮލާނީ ޓެޓޭސައުތު އެފްރިކާބޮކްސިން

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

24 ޖުލައި 2026

ސޯފާ އަކާ ގުޅޭ މައްސަލަ އެއްގައި ދެކުނު އެފްރިކާގެ ރައީސް މަގާމުން ދުރުކުރުމަށް ޕާލަމަންޓުން ކުރިއަށްގެންދާ އިތުބާރު ނެތްކަމުގެ މައްސަލަ ވަގުތީގޮތުން ހުއްޓާލުމަށް އެ ގައުމުގެ ކޯޓަކުން އަމުރުކޮށްފި

11 ޖުލައި 2026

ވޯލްޑް ކަޕް ގައި ކުޅުނު ދެކުނު އެފްރިކާގެ ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އުމުރުން 25 އަހަރުގެ ޖޭޑަން އެޑަމްސް މަރުވެފައި އޮއްވާ ފެނިއްޖެ

11 ޖުލައި 2026
ވޯލްޑް ކަޕް ގައި ކުޅުނު ދެކުނު އެފްރިކާގެ ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އުމުރުން 25 އަހަރުގެ ޖޭޑަން އެޑަމްސް މަރުވެފައި އޮއްވާ ފެނިއްޖެ
30 ޖޫން 2026

ސައުތު އެފްރިކާގައި ގަވާއިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން އެ ގައުމުން ބޭރުކުރުމަށް ގޮވާލައި، އެ ގައުމުގެ ބޮޑެތި ސިޓީތަކުގައި އެތައް ހާސް ބަޔަކު މުޒާހަރާކުރަން ފަށައިފި

30 ޖޫން 2026
ސައުތު އެފްރިކާގައި ގަވާއިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން އެ ގައުމުން ބޭރުކުރުމަށް ގޮވާލައި، އެ ގައުމުގެ ބޮޑެތި ސިޓީތަކުގައި އެތައް ހާސް ބަޔަކު މުޒާހަރާކުރަން ފަށައިފި
23 ޖޫން 2026

ޒެމްބިއާގެ ކުރީގެ ރައީސް ލުންގޫ އަވަހާރަވިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށް އޭނާގެ ހަށިކޮޅު ވަޅުލާނެ ތަނަކާ މެދު އުފެދިފައިވާ ގާނޫނީ ހަނގުރާމައިގައި އާއިލާއަށް ކާމިޔާބުވެއްޖެ

23 ޖޫން 2026
ޒެމްބިއާގެ ކުރީގެ ރައީސް ލުންގޫ އަވަހާރަވިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށް އޭނާގެ ހަށިކޮޅު ވަޅުލާނެ ތަނަކާ މެދު އުފެދިފައިވާ ގާނޫނީ ހަނގުރާމައިގައި އާއިލާއަށް ކާމިޔާބުވެއްޖެ
12 ޖޫން 2026

ދެކުނު އެފްރިކާ ބަލިކޮށް، މެކްސިކޯ އަށް ފުރަތަމަ މޮޅު

12 ޖޫން 2026
ދެކުނު އެފްރިކާ ބަލިކޮށް، މެކްސިކޯ އަށް ފުރަތަމަ މޮޅު
08 ޖޫން 2026

ދެކުނު އެފްރިކާގެ ރައީސްގެ "ކޭޝް-އިން-ދަ-ސޯފާ" މައްސަލަ: ނިމުމަކަށް ނައިސް ދިގުލައިގެންދާ ބޮޑު މައްސަލައެއް

08 ޖޫން 2026
ދެކުނު އެފްރިކާގެ ރައީސްގެ "ކޭޝް-އިން-ދަ-ސޯފާ" މައްސަލަ: ނިމުމަކަށް ނައިސް ދިގުލައިގެންދާ ބޮޑު މައްސަލައެއް
21 ފެބުރުއަރީ 2026

ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ އެންމެ ހަގު ފިރިހެން ދަރިފުޅު، މީހަކު މަރާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

21 ފެބުރުއަރީ 2026
ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ އެންމެ ހަގު ފިރިހެން ދަރިފުޅު، މީހަކު މަރާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި
10 ޖެނުއަރީ 2026

ރަޝިޔާ، އީރާން، ޗައިނާ އާ ގުޅިގެން ކުރިއަށްގެންދާ ކަނޑުގެ އަސްކަރީ ތަމްރީނުތަކަކީ "ކޮންމެހެން ބޭނުންތެރި" ކަމެއް ކަމަށް ބުނެ ދެކުނު އެފްރިކާ އިން އެ ތަމްރީން ތައް ދިފާޢުކޮށްފި

10 ޖެނުއަރީ 2026
ރަޝިޔާ، އީރާން، ޗައިނާ އާ ގުޅިގެން ކުރިއަށްގެންދާ ކަނޑުގެ އަސްކަރީ ތަމްރީނުތަކަކީ "ކޮންމެހެން ބޭނުންތެރި" ކަމެއް ކަމަށް ބުނެ ދެކުނު އެފްރިކާ އިން އެ ތަމްރީން ތައް ދިފާޢުކޮށްފި
09 ޖެނުއަރީ 2026

ދުނިޔޭގެ ސިޔާސީ މަސްރަހް ނުތަނަވަސްވެފައި ވަނިކޮށް ޗައިނާ، ރަޝިޔާ އަދި އީރާނުގެ މަނަވަރުތައް ދެކުނު އެފްރިކާ އަށް ޖަމާވެއްޖެ

09 ޖެނުއަރީ 2026
ދުނިޔޭގެ ސިޔާސީ މަސްރަހް ނުތަނަވަސްވެފައި ވަނިކޮށް ޗައިނާ، ރަޝިޔާ އަދި އީރާނުގެ މަނަވަރުތައް ދެކުނު އެފްރިކާ އަށް ޖަމާވެއްޖެ
21 ޑިސެމްބަރު 2025

ދެކުނު އެފްރިކާ ގައި ބަޑިޖަހާ 9 މީހުން މަރުވެ، 10 މީހުން ޒަޚަމް ވެއްޖެ، ބަޑިޖެހި މީހުން ފުލުހުން ހޯދަނީ

21 ޑިސެމްބަރު 2025
ދެކުނު އެފްރިކާ ގައި ބަޑިޖަހާ 9 މީހުން މަރުވެ، 10 މީހުން ޒަޚަމް ވެއްޖެ، ބަޑިޖެހި މީހުން ފުލުހުން ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް