Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ

ރާއްޖެ ހިމެނޭހެން އޭޝިއަން ކްލިއަރިންގް ޔޫނިއަންގެ ގައުމުތަކާއެކު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި އިންޑިއާ ރުޕީސް ބޭނުންކުރުމުގެ ފުރުސަތު އެކްސްޕޯޓަރުންނަށް ފަހިކޮށްދޭން އެ ގައުމުގެ ޓްރޭޑް ޕޮލިސީއަށް ބަދަލުތަކެއް ގެނެސްފި

21 އޯގަސްޓު 2026 | ހުކުރު 03:00

މި ނިންމުމުގެ ސަބަބުން ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަވެ، ފައިސާ ބަދަލުކުރުމުގެ ޚަރަދުތައް ސަލާމަތްވުމުގެ އިތުރުން ބައިނަލްއަގުވާމީ ބާޒާރުގައި ރުޕީސްގެ ދައުރު ފުޅާވެގެންދާނެ

ރާއްޖެ އެމްވީ | 21 އޯގަސްޓު 2026 | ހުކުރު 03:00
ޖޫން 12، 2026 ގައި ޖައްމޫ އެންޑް ކަޝްމީރުގެ ސްރީނަގަރުގައި ހުންނަ ހިންދުސްތާން ޕެޓްރޯލިއަމް ފިއުލް ސްޓޭޝަނެއްގައި މުވައްޒަފަކު އިންޑިއާގެ ފައިސާ ނޫޓުތަކެއް ގުނަނީ

ޖޫން 12، 2026 ގައި ޖައްމޫ އެންޑް ކަޝްމީރުގެ ސްރީނަގަރުގައި ހުންނަ ހިންދުސްތާން ޕެޓްރޯލިއަމް ފިއުލް ސްޓޭޝަނެއްގައި މުވައްޒަފަކު އިންޑިއާގެ ފައިސާ ނޫޓުތަކެއް ގުނަނީ | ގެޓީ އިމޭޖަސް

ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި އިންޑިއާ ރުޕީސް ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން، ބޭރު ގައުމުތަކާއެކު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގެ އިންވޮއިސް ތައްޔާރުކުރުމާއި ފައިސާ ބަލައިގަތުމުގައި އެކްސްޕޯޓް ކުރާ ފަރާތްތަކަށް ލުއިތަކެއް ދިނުމަށްޓަކައި، އިންޑިއާ ސަރުކާރުން ބުރާސްފަތި ދުވަހު އެ ގައުމުގެ ފޮރިން ޓްރޭޑް ޕޮލިސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނެސްފި އެވެ. މި ނިންމުމުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި އިންޑިއާ ރުޕީސް ބޭނުންކުރާ މިންވަރު ފުޅާވެގެންދާނެ ކަމަށް ބެލެވެ އެވެ.

އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑް (ޑީ.ޖީ.އެފް.ޓީ) އިން ނެރުނު ނޯޓިފިކޭޝަނެއްގައި ބުނެފައިވަނީ، ފޮރިން ޓްރޭޑް ޕޮލިސީ (އެފް.ޓީ.ޕީ) 2023 ގެ ދެ މާއްދާއަކަށް އިސްލާހު ގެނެސްފައިވާ ކަމަށެވެ. މި ބަދަލު ގެނައީ އެކްސްޕޯޓް ކޮންޓްރެކްޓްތަކުގައި ފައިސާ ކަނޑައެޅުމާއި، އިންޑިއާ ރުޕީސްއިން ފައިސާ ހޯދުމުން ލިބޭ އިނާޔަތްތަކާ ގުޅޭ އުސޫލުތައް، "ފޮރިން އެކްސްޗޭންޖް މެނޭޖްމަންޓް ރެގިއުލޭޝަންސް 2023" އާ އެއްގޮތްކުރުމަށްޓަކައި ކަމަށް އެ އިދާރާއިން ހާމަކުރެ އެވެ.

Advertisement - newsAdvertisement

އޭޝިއަން ކްލިއަރިންގް ޔޫނިއަން (އޭ.ސީ.ޔޫ) ގައި ނުހިމެނޭ ގައުމުތަކަށް މުދާ ފޮނުވާއިރު، އެކްސްޕޯޓް ކުރާ ފަރާތްތަކަށް މިހާރު އެފަރާތްތަކުގެ ކޮންޓްރެކްޓްތަކާއި އިންވޮއިސްތައް އިންޑިއާ ރުޕީސްއިން ނުވަތަ ބޭރުގެ އެހެން ފައިސާއަކުން ވެސް ތައްޔާރުކުރެވޭނެ އެވެ. މީގެ ކުރިން އާންމު އުސޫލެއްގެ ގޮތުން އެކްސްޕޯޓް ފައިސާ ބަލައިގަންނަން ޖެހެނީ ބައިނަލްއަގުވާމީ ބާޒާރުގައި ފަސޭހައިން ބަދަލުކުރެވޭ ފައިސާއަކުންނެވެ. އަލަށް ގެނައި އިސްލާހުގެ ދަށުން ދިވެހިރާއްޖެ، ބަންގްލަދޭޝް، އީރާން، މިޔަންމާ، ޕާކިސްތާން އަދި ސްރީލަންކާއާ އެކު ކުރެވޭ އެކްސްޕޯޓް މުއާމަލާތްތަކުގައި ބޭނުންކުރަން ޖެހޭނީ އޭ.ސީ.ޔޫ އިން ކަނޑައަޅާފައިވާ ފައިސާއެކެވެ. ނަމަވެސް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރް.ބީ.އައި) އިން ނެރޭ އިރުޝާދުތަކާ އެއްގޮތަށް އިންވޮއިސް ތައްޔާރުކުރުމާއި ފައިސާ ދެއްކުމުގެ ފުރުސަތު މި ނޯޓިފިކޭޝަނުން ފަހިކޮށްދެ އެވެ.

ޖީ.ޓީ.އާރް.އައި ގެ ބާނީ އަޖޭ ސްރިވަސްތާވާ ވިދާޅުވި ގޮތުގައި، ނޭޕާލް އަދި ބޫޓާނާ މެދު އަމަލުކުރަނީ ތަފާތު ގޮތަކަށެވެ. އެގޮތުން އެ ދެ ގައުމާއެކު ކުރެވޭ އެކްސްޕޯޓް ކޮންޓްރެކްޓްތަކުގެ އަގު ކަނޑައަޅައި ފައިސާ ދައްކަން ޖެހެނީ އާންމު ގޮތެއްގައި އިންޑިއާ ރުޕީސްއިން ނުވަތަ އާރް.ބީ.އައި ގެ އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އޭޝިއަން ކްލިއަރިންގް ޔޫނިއަންގައި ހިމެނެނީ ނުވަ ގައުމެކެވެ. އެއީ ދިވެހިރާއްޖެ، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، އީރާން، މިޔަންމާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ އެވެ. މި ކޮންމެ ގައުމަކުން ވެސް އެ ގައުމެއް ތަމްސީލުކުރަނީ މަރުކަޒީ ބޭންކުން ނުވަތަ މަނިޓަރީ އޮތޯރިޓީންނެވެ.

ޖީ.ޓީ.އާރް.އައި އިން ބުނާ ގޮތުގައި، މި ބަދަލުގެ ސަބަބުން އެމެރިކާ ޑޮލަރަށް ނުވަތަ ބައިނަލްއަގުވާމީ އެހެން ފައިސާއަކަށް ބަރޯސާނުވެ، އިންޑިއާގެ އެކްސްޕޯޓަރުންނާއި ބޭރުގެ ގަންނަ ފަރާތްތަކަށް މުއާމަލާތްތައް ނިންމުމުގެ ފުރުސަތު ލިބި، އިންޑިއާ ރުޕީސް ބައިނަލްއަގުވާމީ ގޮތުން ބޭނުންކުރުން ފުޅާވެގެންދާނެ އެވެ. މި ނިންމުމަށް މަރުހަބާ ވިދާޅުވަމުން އަޖޭ ސްރިވަސްތާވާ ވިދާޅުވީ، މީގެ ސަބަބުން ކުރިން އޮތް ނުތަނަވަސްކަން ނެތިގޮސް، ރުޕީސްއިން ލިބޭ ފައިސާއަށް ވެސް ބޭރު ފައިސާއިން ލިބޭ އާމްދަނީއާ އެއް ހަމައެއްގެ ދަރަޖަ ލިބިގެންދާނެ ކަމަށެވެ. ނަމަވެސް ހަމައެކަނި ގަވާއިދަށް ގެނެވޭ ބަދަލަކުން ބޮޑު މިންވަރަކަށް ރުޕީސްގެ ވިޔަފާރި ކުރިއަށް ނުދާނެ ކަމަށާއި، އެހެންނަމަވެސް ރުޕީސް ބޭނުންކުރުމުން ފައިސާ ބަދަލުކުރުމުގެ ޚަރަދު ކުޑަވެ، ބޭރު ފައިސާގެ އަގަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި ޑޮލަރުގެ ތަދިކަން ކުރިމަތިވެފައިވާ ގައުމުތަކާއި ބައިނަލްއަގުވާމީ ފައިސާ ދެއްކުމުގެ ނިޒާމުތައް ބޭނުންކުރުމުގައި ދަތިތައް ހުރި ގައުމުތަކާއެކު ވިޔަފާރިކުރުމުގައި މި އިންތިޒާމަކީ ވަރަށް ބޭނުންތެރި އިންތިޒާމަކަށް ވާނެ ކަމަށް ވެސް އޭނާ އިތުރަށް ވިދާޅުވި އެވެ.

އިންޑިއާއިންޑިއަން ރުޕީފޮރިން ޓްރޭޑް ޕޮލިސީއޭޝިއަން ކްލިއަރިން ޔޫނިއަން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 އޯގަސްޓު 2026

ބީޖޭޕީއަށް ބަދަލުތައް: އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ އިސް ސަފަށް ގެނައި ބޮޑު ބަދަލުގެ ފަހަތުގައިވަނީ ކޮން ކަމެއް؟

20 އޯގަސްޓު 2026
ބީޖޭޕީއަށް ބަދަލުތައް: އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ އިސް ސަފަށް ގެނައި ބޮޑު ބަދަލުގެ ފަހަތުގައިވަނީ ކޮން ކަމެއް؟
15 އޯގަސްޓު 2026

އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސް ސޯލިހު ފޮނުއްވައިފި

15 އޯގަސްޓު 2026
އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސް ސޯލިހު ފޮނުއްވައިފި
15 އޯގަސްޓު 2026

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

10 އޯގަސްޓު 2026

އެއާ އިންޑިއާގެ ބޯޓުގެ އުސްމިން ކުއްލިއަކަށް ދަށްކޮށްލި ކެޕްޓަން މަސްތުވާތަކެއްޗަށް ޕޮޒިޓިވް، އިތުރު ތަހުލީލު ކުރަނީ

10 އޯގަސްޓު 2026
އެއާ އިންޑިއާގެ ބޯޓުގެ އުސްމިން ކުއްލިއަކަށް ދަށްކޮށްލި ކެޕްޓަން މަސްތުވާތަކެއްޗަށް ޕޮޒިޓިވް، އިތުރު ތަހުލީލު ކުރަނީ
06 އޯގަސްޓު 2026

ސައީދުގެ "މޮޅު ޓިކްޓޮކް". ބޮޑު ފްލޮޕަކަށް

06 އޯގަސްޓު 2026
ސައީދުގެ "މޮޅު ޓިކްޓޮކް". ބޮޑު ފްލޮޕަކަށް
04 އޯގަސްޓު 2026

ތައިލެންޑުން އިންޑިއާއަށް ދަތުރުކުރި އެއާ އިންޑިއާ ފްލައިޓެއް ކޮޅިގަނޑެއްގައި ޖެހި ދަތުރުކުރި އެތައް ބަޔަކަށް އަނިޔާވެއްޖެ

04 އޯގަސްޓު 2026
ތައިލެންޑުން އިންޑިއާއަށް ދަތުރުކުރި އެއާ އިންޑިއާ ފްލައިޓެއް ކޮޅިގަނޑެއްގައި ޖެހި ދަތުރުކުރި އެތައް ބަޔަކަށް އަނިޔާވެއްޖެ
01 އޯގަސްޓު 2026

"ކޮކްރޯޗް" މުޒާހަރާތަކުގައި އިންޑިއާގެ ބޮޑުވަޒީރަށް ހުތުރުބަހުން މުޚާތަބުކުރި ދަރިވަރުންނަށް މާފުކޮށްފިކަމަށް މޯދީ ވިދާޅުވެއްޖެ

01 އޯގަސްޓު 2026
"ކޮކްރޯޗް" މުޒާހަރާތަކުގައި އިންޑިއާގެ ބޮޑުވަޒީރަށް ހުތުރުބަހުން މުޚާތަބުކުރި ދަރިވަރުންނަށް މާފުކޮށްފިކަމަށް މޯދީ ވިދާޅުވެއްޖެ
30 ޖުލައި 2026

ދިވެހިރާއްޖެ ހިމެނޭ ގޮތައް އިންޑިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ 24 ގައުމަކަށް ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައި: އިންޑިއާ

30 ޖުލައި 2026
ދިވެހިރާއްޖެ ހިމެނޭ ގޮތައް އިންޑިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ 24 ގައުމަކަށް ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައި: އިންޑިއާ
29 ޖުލައި 2026

ސާކް ސަމިޓް ބޭއްވުމަށް ރައީސް މުޢިއްޒު ގޮވާލެއްވުމުން، އިންޑިއާއިން ރައްދުގައި ބުނީ ސަރަޙައްދީ އެއްބާރުލުން ގާއިމުކުރެވޭނީ ޓެރަރިޒަމުން ސަލާމަތްވެފައިވާ ހެޔޮނިޔަތް އޮތް މާހައުލެއްގައި ކަމަށް

25 ޖުލައި 2026

އިމްތިހާން ކަރުދާސް ލީކުވި މައްސަލައިގައި ކޮކްރޯޗް ޕާޓީގެ މުޒާހަރާތައް ހޫނުވެ އެންމެ ފަހުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

25 ޖުލައި 2026
އިމްތިހާން ކަރުދާސް ލީކުވި މައްސަލައިގައި ކޮކްރޯޗް ޕާޓީގެ މުޒާހަރާތައް ހޫނުވެ އެންމެ ފަހުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް