Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒު ސަރުކާރު

ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އެސްއޯއީތަކުގެ މާލީ ހާލަތަށް ކުރާނެ އަސަރުތައް ދެނެގަނެ ލަފާދޭނެ މީހަކު ހޯދަނީ، މުސާރަ 46،000 ރުފިޔާ!

5 އޯގަސްޓު 2026 | ބުދަ 08:40

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުކޮށް އިސްތިރާޖީ ލަފާދޭނެ "ޗީފް އެސްއޯއީ ފައިނޭންޝަލް އެންޑް ބިޒްނަސް ސްޓްރެޓެޖިސްޓް" އެއް ހޯދަން ފައިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި. މަހަކު 46،000 ރުފިޔާގެ މުސާރައެއް ކަނޑައަޅާފައިވާ މި މަގާމުގެ މައިގަނޑު ޒިންމާއަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ދައުލަތުގެ ބަޖެޓަށް ކުރާ ބާރު ކުޑަކުރުމަށް ބޭނުންވާ ފަންނީ އިރުޝާދު ދިނުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 އޯގަސްޓު 2026 | ބުދަ 08:40
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު | ރައީސް އޮފީސް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތު ދެނެގަނެ، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އެ ކުންފުނިތަކަށް ކުރާނެ އަސަރުތައް ދިރާސާކޮށް ލަފާދޭނެ ހާއްސަ މާހިރަކު ހޯދުމަށް މިނިސްޓްރީ އޮފް ފައިނޭންސްއިން އިއުލާނުކޮށްފި އެވެ.

މި މަގާމަށް ހޯދަނީ "ޗީފް އެސްއޯއީ ފައިނޭންޝަލް އެންޑް ބިޒްނަސް ސްޓްރެޓެޖިސްޓް" އެކެވެ.

Advertisement - newsAdvertisement

ފައިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން، މި މަގާމަށް ހޮވޭ ފަރާތަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި މަހަކު ގާތްގަނޑަކަށް 46،000 ރުފިޔާ ލިބޭނެ އެވެ. މިއީ އެއް އަހަރު ދުވަހުގެ މުއްދަތަށް އައްޔަންކުރާ ކޮންޓްރެކްޓް ވަޒީފާއެކެވެ.

މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 9 ވަނަ ދުވަހެވެ.

މި މަގާމަށް އައްޔަންކުރާ މީހެއްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ދައުލަތުގެ ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތުގެ ހަގީގީ މަންޒަރު ފެންނާނެހެން ރިޕޯޓުކުރުމަށްޓަކައި، އެ ކުންފުނިތަކުގެ މާލީ ބަޔާންތައް އަލުން އެކުލަވައިލުމާ ގުޅޭ އިރުޝާދާއި އިސްތިރާޖީ ލަފާ ފޯރުކޮށްދިނުން ހިމެނެ އެވެ.

މީގެ އިތުރުން، ކުންފުނިތަކުގެ މާލީ ބަޔާންތަކުގެ އެކްސްޓަރނަލް އޮޑިޓްތަކުން ފާހަގަވާ މައްސަލަތަކާއި މެނޭޖްމަންޓް ލެޓަރތަކުގައި ހުންނަ ކަންކަން އިސްލާހުކުރުމަށް ބޭނުންވާ އިރުޝާދު ދިނުމަކީ ވެސް މި މަގާމުގެ މުހިންމު ޒިންމާއެކެވެ.

ދައުލަތުގެ ބަޖެޓަށް ކުންފުނިތަކުގެ ސަބަބުން ކުރާ މާލީ ބާރު ކުޑަކުރުމަކީ ވެސް މި މަސައްކަތުގެ ބޮޑު އަމާޒެކެވެ. އެގޮތުން ސަރުކާރުން ކުންފުނިތަކަށް އިންވެސްޓްކުރާ ފައިސާ ނުވަތަ ކެޕިޓަލް އިންޖެކްޝަންތަކުގެ ނަތީޖާ މިހާރަށްވުރެ ހަރުދަނާކޮށް، އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ދިރާސާތައް މި ސްޓްރެޓެޖިސްޓް ކުރަންޖެހޭނެ އެވެ. އަދި ކުންފުނިތަކުން ހިންގާ މަޝްރޫއުތަކަށް ފައިސާ ހޯދޭނެ އިތުރު ގޮތްތައް ހޯދުމާއި، އެންމެ އިސްކަންދޭންޖެހޭ މަޝްރޫއުތައް ކަނޑައެޅުމުގައި ލަފާދޭންޖެހޭނެ ކަމަށް ފައިނޭންސް މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން، ސަރުކާރުން އެކުލަވައިލާ އެކި ސިޔާސަތުތަކުގެ ސަބަބުން ކުންފުނިތަކުގެ މާލީ ހާލަތަށް ކުރާނެ އަސަރުތައް ދެނެގަތުމަކީ ވެސް މި މަގާމުގެ މަސްއޫލިއްޔަތެކެވެ. އެފަދަ ސިޔާސަތުތަކުން ނުކުމެދާނެ ނޭދެވޭ ނަތީޖާތައް ކުޑަކުރުމަށްޓަކައި ސަރުކާރަށާއި ކުންފުނިތަކަށް ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދިނުމަށް ވެސް މިނިސްޓްރީން ވަނީ ޝަރުތުކޮށްފަ އެވެ.

ސަރުކާރުން މި ފިޔަވަޅު އަޅާފައިވަނީ ދައުލަތުގެ ހިއްސާވާ ކުންފުނިތައް އިސްލާހުކޮށް، އެ ކުންފުނިތަކަކީ ދައުލަތަށް ބުރައަކަށް ނުވާނެ ފަދަ ގޮތަކަށް ހިންގުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންކަމަށް ބުނެފައިވާއިރު، ވެރިކަން ފެށުނު ފަހުން އެސްއޯއީތަކުގެ ޙާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދާކަމަށް ސަރުކާރުން ނެރޭ އެކި ރިޕޯޓުތަކުން ދަނީ ފެންނަމުންނެވެ.

ފިނޭންސް މިނިސްޓްރީޗީފް އެސްއޯއީ ފައިނޭންޝަލް އެންޑް ބިޒްނަސް ސްޓްރެޓެޖިސްޓްސަރުކާރުގެ ވިޔަފާރި ކުންފުނިތައް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

02 އޯގަސްޓު 2026

ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް ރައީސް އުފެއްދެވި ކުންފުނީގެ ބޯޑަށް މެންބަރަކު އައްޔަންކޮށްފި

02 އޯގަސްޓު 2026
ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް ރައީސް އުފެއްދެވި ކުންފުނީގެ ބޯޑަށް މެންބަރަކު އައްޔަންކޮށްފި
02 އޯގަސްޓު 2026

މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ އަދިވެސް ދަނީ އިތުރުވަމުން، ބަޖެޓް ޑެފިސިޓް 1.4 ބިލިއަން ރުފިޔާގައި!

02 އޯގަސްޓު 2026
މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ އަދިވެސް ދަނީ އިތުރުވަމުން، ބަޖެޓް ޑެފިސިޓް 1.4 ބިލިއަން ރުފިޔާގައި!
24 ޖުލައި 2026

ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް

24 ޖުލައި 2026
ބަޖެޓު ޚަރަދުގެ 87 އިންސައްތަ ހިންގުމަށް، ޕީއެސްއައިޕީ މަޝްރޫއުތަކަށްކުރި ހޭދަ 16 އިންސައްތަ ދަށަށް، ބަޖެޓް ޑެފިސިޓް 1.5 ބިލިއަނަށް
04 ޖުލައި 2026

ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓެއް ހިންގަން މާލީ ވުޒާރާގައި ހުއްދައަށް އެދި އަހަރެއް ވީއިރުވެސް ހުއްދަ ނުލިބޭ: މޭޔަރު ޢާޠިފް

04 ޖުލައި 2026
ރިއަލް އެސްޓޭޓް ހައުސިންގ ޕްރޮޖެކްޓެއް ހިންގަން މާލީ ވުޒާރާގައި ހުއްދައަށް އެދި އަހަރެއް ވީއިރުވެސް ހުއްދަ ނުލިބޭ: މޭޔަރު ޢާޠިފް
02 ޖުލައި 2026

ސްޓެލްކޯ އަށް ފާއިތުވި އަހަރު 239 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް: އޮޑިޓް ރިޕޯޓް

02 ޖުލައި 2026
ސްޓެލްކޯ އަށް ފާއިތުވި އަހަރު 239 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް: އޮޑިޓް ރިޕޯޓް
02 ޖުލައި 2026

ދައުލަތުގެ އެކި އިދާރާތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 948 މިލިއަނަށް އަރާ

02 ޖުލައި 2026
ދައުލަތުގެ އެކި އިދާރާތަކުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 948 މިލިއަނަށް އަރާ
27 ޖޫން 2026

ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް ތިރިކުރެވޭތޯ މަސައްކަތް އެބަކުރަން: މުންދު

27 ޖޫން 2026
ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް ތިރިކުރެވޭތޯ މަސައްކަތް އެބަކުރަން: މުންދު
18 ޖޫން 2026

ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްޤީކުރުމުގެ ގަވާއިދު ގެޒެޓްކޮށްފި

18 ޖޫން 2026
ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްޤީކުރުމުގެ ގަވާއިދު ގެޒެޓްކޮށްފި
16 ޖޫން 2026

މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން 110.6 މިލިއަން ރުފިޔާގެ ދަރަނި އުފައްދައިފި

16 ޖޫން 2026
މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން 110.6 މިލިއަން ރުފިޔާގެ ދަރަނި އުފައްދައިފި
08 ޖޫން 2026

ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޒަރީރު އައްޔަނުކޮށްފި

08 ޖޫން 2026
ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޒަރީރު އައްޔަނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް