ހިންނަވަރުގެ ރައްޔިތުން ރަށްވެހިކަން ދޫކޮށްލާ ނަމަ، 2000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅައިފި
19 އޯގަސްޓު 2026 | ބުދަ 09:54ހިންނަވަރު ކައުންސިލުން ބުނެފައިވާ ގޮތުގައި، މިގޮތަށް ނިންމައިފައި ވަނީ ހިންނަވަރުގެ އާބާދީގެ އަދަދަށް ނުރަގަނޅު އަސަރު ކުރަމުންދާތީވެ ކަމަށާއި، ހިންނަވަރުގެ އާބާދީ އިތުރު ކުރަން ބާރު އެޅުމުގެ ގޮތުން ކަމަށް


ޅ. ހިންވަރު ފެންނަ ފޮޓޯއެއް | ސޯޝަލް މީޑިއާ
ޅ. ހިންނަވަރުގެ ރައްޔިތުން އެ ރަށުގެ ރަށްވެހިކަމުން ބަދަލުވާ ނަމަ، ހިންނަވަރު ކައުންސިލުން 2000 ރުފިޔާގެ ފީއެއް ނަގަން ނިންމައިފި އެވެ.
ބުދަ ދުވަހު ސޯޝަލް މީޑިއާގައި ހިންނަވަރު ކައުންސިލުން އިއުލާނު ކޮށްފައިވާ ގޮތުގައި 2026 ސެޕްޓެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ހިންނަވަރުގެ ރަށްވެހިކަން ދޫކޮށް، އެހެން ރަށްރަށަށް ރަށްވެހިކަން ބަދަލުކޮށްދިނުމުގެ ހިދުމަތުގެ އިދާރީ ފީގެ ގޮތުގައި 2000 ރުފިޔާ ނެގުމަށް ނިންމައިފައިވާ ކަމަށެވެ.
ހިންނަވަރު ކައުންސިލުން ބުނެފައިވާ ގޮތުގައި، މިގޮތަށް ނިންމައިފައި ވަނީ ހިންނަވަރުގެ އާބާދީގެ އަދަދަށް ނުރަގަނޅު އަސަރު ކުރަމުންދާތީވެ ކަމަށާއި، ހިންނަވަރުގެ އާބާދީ އިތުރު ކުރަން ބާރު އެޅުމުގެ ގޮތުން ކަމަށެވެ.
ދިވެހިރާއްޖޭގެ ރަށްތަކުގެ ރަށްވެހިކަމާއި ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގައި، އެއް ރަށަކުން އަނެއް ރަށަކަށް ބަދަލުވުމުގެ އިހްތިޔާރު ކޮންމެ މީހަކަށް ވެސް ލިބިގެންވެ އެވެ.











