Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ހިންނަވަރަށް ވަޑައިގަތުން

ރައީސް ނުރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނުގެ އުފަން ރަށަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ހިންވަރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅު ނިންވާލައްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 22 އެޕްރީލު 2022 | ހުކުރު 11:53
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ފެބުރުއަރީ މަހު ޅ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ފެބުރުއަރީ މަހު ޅ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނުރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނުގެ އުފަންރަށް ހިންނަވަރަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅަކަށްވާތީ ދަތުރުގެ މާބޮޑު ތަފްސީލެއް ރައީސް އޮފީހުން ހާމަނުކުރެއެވެ. ރައީސްކަމުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު ރަސްމީ ދަތުރުފުޅެއްގައި އަމިއްލަފުޅު ރަށަށް ފުރަތަމަ ވަޑައިގެންނެވީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ. އެހެންނަމަވެސް 2019 ވަނަ އަހަރު މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގައި ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ހިންނަވަރަށް ވަޑައިގެންފައިވެއެވެ.

އެމަނިކުފާނު އެންމެ ފަހުން ހިންނަވަރަށް ވަޑައިގެންނެވި ދަތުރުފުޅުގައި އެރަށުގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔުމަށް ރޭވިފައިވާކަމަށް ވިދާޅުވިއެވެ.

ހިންނަވަރުގެ އިންޖީނުގޭގެ އައު ޢިމާރާތާއި ނެޓްވާރކް އަޕްގްރޭޑްކުރުމާއި ފުޓްބޯޅަ ދަނޑުގެ މަޝްރޫއު މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމާއި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރާނެ ނިޒާމާއި، މަގުތަކުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި 30 އެނދުގެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫއު ފެށުމަށް ވާން ޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ހިންވަރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅު ނިންވާލައްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ.

ޅ. ހިންނަވަރުރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
01 ސެޕްޓެމްބަރު 2023

ހިންނަވަރު ކައުންސިލުގެ ރައީސް ވިދާޅުވެދެއްވީ ރަށު ރައީސް ދެކެ ލޯބިވާ ސަބަބުތައް

01 ސެޕްޓެމްބަރު 2023
ހިންނަވަރު ކައުންސިލުގެ ރައީސް ވިދާޅުވެދެއްވީ ރަށު ރައީސް ދެކެ ލޯބިވާ ސަބަބުތައް
01 ސެޕްޓެމްބަރު 2023

ރައީސްގެ އުފަން ރަށަށް ދެއްވީ އުއްމީދު: ވިދާޅުވީ ބާކީކޮށްނުލާ ތަރައްޤީ ގެނެސްދެއްވާނެ ކަމަށް

01 ސެޕްޓެމްބަރު 2023
ރައީސްގެ އުފަން ރަށަށް ދެއްވީ އުއްމީދު: ވިދާޅުވީ ބާކީކޮށްނުލާ ތަރައްޤީ ގެނެސްދެއްވާނެ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު