Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޓީއައި

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

10 އޯގަސްޓު 2026 | ހޯމަ 18:10

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލްގެ "ގްލޯބަލް ޓްރާންސްފޯމޭޝަން ސީރީޒް" ގެ ދަށުން ސައުދީ އަރަބިއްޔާ އާއި ދެކުނު އެމެރިކާގެ ބަނދަރުތަކާ ގުޅޭ ދިރާސާ ފޮތްތަކެއް ނެރުމަށް ރައީސް ނަޝީދު އިސްކޮށް މަސައްކަތް ކުރައްވާނެ. މި މަސައްކަތްތަކުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށީގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި

ރާއްޖެ އެމްވީ | 10 އޯގަސްޓު 2026 | ހޯމަ 18:10
ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު | ގެޓީ އިމޭޖަސް

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް (ޕީ.ޓީ.އައި) ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޔަންކޮށްފި އެވެ. މި މަގާމުގައި އެމަނިކުފާނު މަސައްކަތް ކުރައްވާނީ އެ އިދާރާއަށް އިސްތިރާޖީ ލަފާދެއްވުމަށާއި، ބައިނަލްއަގުވާމީ މަޝްރޫއުތަކާއި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށެވެ.

މި ޒިންމާގެ ދަށުން ރައީސް ނަޝީދު އެންމެ ފުރަތަމަ އިސްކަންދެއްވާނީ ޕީ.ޓީ.އައި ގެ "ގްލޯބަލް ޓްރާންސްފޯމޭޝަން ސީރީޒް" ގެ ދަށުން ނެރުމަށް ހަމަޖެހިފައިވާ މުހިންމު ދެ ފޮތަކަށެވެ. މީގެ ތެރެއިން ފުރަތަމަ ފޮތް ކަމަށްވާ "މަވާނީ: ދަ ޓްރާންސްފޯމޭޝަން އޮފް ސައުދީ އަރަބިއާސް ޕޯޓްސް" ގައި، ސައުދީ އަރަބިއްޔާގެ ބަނދަރުތަކުގެ ނެޓްވޯކާއި، އެ ގައުމުގެ ލީޑަޝިޕާއި، އިންވެސްޓްމަންޓް ޕްރޮގްރާމްތަކުގެ އިތުރުން "ވިޜަން 2030" ގެ ދަށުން ލޮޖިސްޓިކްސްގެ ދާއިރާއިން އެ ގައުމުން ގެންގުޅޭ އަމާޒުތަކަށް އަލިއަޅުވާލާނެ އެވެ. މި ފޮތް ޗާޕުކޮށްގެންނާއި ޑިޖިޓަލް ފޯމެޓުގައި ޝާއިއުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، މި ސީރީޒްގެ ދެވަނަ ފޮތް ކަމަށްވާ "10 ފާސްޓެސްޓް-ގްރޯވިންގ ޕޯޓްސް އިން ސައުތު އެންޑް ސެންޓްރަލް އެމެރިކާ" ތައްޔާރުކުރުމުގައި ވެސް ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ އެވެ. މިއީ 2027 ވަނަ އަހަރު ޕެނަމާގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސީ.ޓީ.އޭ.ސީ އެމެރިކާސް" ކޮންފަރެންސްގައި ނެރުމަށް ހަމަޖެހިފައިވާ އަހަރީ ރިޕޯޓެކެވެ. ޗާޕުކޮށްގެންނާއި އޮންލައިންކޮށް ޝާއިއުކުރާ މި ރިޕޯޓުގައި، ދެކުނު އަދި މެދުތެރޭ އެމެރިކާގެ ސަރަހައްދީ ކުރިއެރުމާއި، އިންވެސްޓްމަންޓް އަދި ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ބަނދަރުތައް ދިރާސާކުރާނެ އެވެ. އަދި މޫސުމީ ބަދަލުތަކުގެ ނުރައްކާ އޮތް އިގްތިސާދުތަކަށް، ބަދަލުވަމުންދާ ހާލަތްތަކަށް ކެތްކުރެވޭ ފަދަ އިންފްރާސްޓްރަކްޗާއެއްގެ މުހިންމުކަމާ މެދު ވެސް މި ރިޕޯޓުގައި ބަހުސްކުރާނެ އެވެ.

ރައީސް ނަޝީދުގެ ދައުރުގެ ތެރޭގައި ޕީ.ޓީ.އައި އިން އިންތިޒާމުކުރާ ހާއްސަ ހަރަކާތްތަކާއި ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުން ހިމެނެ އެވެ. މީގެ ބޭނުމަކީ ބައިނަލްއަގުވާމީ ވިޔަފާރިއާއި ކަނޑުދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމުގައި އިސްކޮށް އުޅުއްވާ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ސިނާއަތުގެ މާހިރުންނާ ގުޅުވައިދިނުމަށް އެ ޖަމިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ޕީ.ޓީ.އައި ގެ އެޑްވައިޒަރީ ބޯޑާ ގުޅިވަޑައިގަތުމާ ގުޅޭގޮތުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ ބޯޑާ ގުޅިވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"މި މަސައްކަތުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށް އަޅުގަނޑު ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ. އަދި ތިން ދަހަރަށްވުރެ ގިނަ ދުވަސްވަންދެން ސިނާއަތުގެ އިތުބާރު ހޯދާފައިވާ މިފަދަ މުހިންމު ޕްލެޓްފޯމަކަށް ހިއްސާވުމުގެ ފުރުސަތު ލިބިގެންދާނެ. ޕީ.ޓީ.އައި އިން ދާއިރާގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކަކީ، ސިނާއަތަށް ކުރިމަތިވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކާ މެދު ފުންކޮށް މަޝްވަރާކޮށް، ހައްލު ހޯދުމަށް އެޅޭ ވަރުގަދަ ބިންގަލެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި ރައީސް ނަޝީދު އެންމެ ފަހުން ފުރުއްވި މުހިންމު މަގާމުތަކުގެ ތެރޭގައި، 2023 އިން ފެށިގެން 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީ.ވީ.އެފް) އަދި ވީ20 ފައިނޭންސް މިނިސްޓަރުންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ހިމެނެ އެވެ. އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި ޔޫރަޕް، އުތުރު އެމެރިކާ، ގަލްފް ސަރަހައްދު އަދި ދެކުނު އޭޝިއާގެ ގައުމުތަކުގެ ސަރުކާރުތަކާއި ބައިނަލްއަގުވާމީ ލީޑަރުންނާއެކު ގާތުން މަސައްކަތް ކުރައްވާފައިވެ އެވެ.

މަސްދަރު: ޕޯޓް ޓެކްނޮލޮޖީ އިންޓަރނޭޝަނަލް

މުޙައްމަދު ރަޝީދުޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލްކްލައިމެޓް ވަލްނަރަބަލް ފޯރަމް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 ޖުލައި 2026

ވިލިމާލެއަކީ ފެހިކަމާ ގުދުރަތީ ރީތި ސިފަތައް ލިބިގެންވާ ތަނެއް، އެތަން ކޮންކްރީޓް ޖަންގައްޔަކަށް ނުހަދާ: ނަޝީދު

11 ޖުލައި 2026
ވިލިމާލެއަކީ ފެހިކަމާ ގުދުރަތީ ރީތި ސިފަތައް ލިބިގެންވާ ތަނެއް، އެތަން ކޮންކްރީޓް ޖަންގައްޔަކަށް ނުހަދާ: ނަޝީދު
26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
26 ޖެނުއަރީ 2017

އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި

26 ޖެނުއަރީ 2017
އިމިގްރޭޝަނުން ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓައިފި
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް