Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިލިމާލެގެ ފެހިކަން

ވިލިމާލެއަކީ ފެހިކަމާ ގުދުރަތީ ރީތި ސިފަތައް ލިބިގެންވާ ތަނެއް، އެތަން ކޮންކްރީޓް ޖަންގައްޔަކަށް ނުހަދާ: ނަޝީދު

11 ޖުލައި 2026 | ހޮނިހިރު 03:11

ވިލިމާލޭގެ ގުދުރަތީ ފެހިކަމާއި ހަމަހިމޭންކަން ގެއްލި، އެ އަވަށަކީ ކޮންކްރީޓް ޖަންގައްޔަކަށް ބަދަލުވަމުންދާ ކަމުގެ ބިރު އޮތުމުން އެކަމާ މެދު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. ތަރައްގީގެ މަޝްރޫއުތަކާއެކު އުސް އިމާރާތްތައް ބިނާކޮށް ގަސްތައް ކަނޑަމުންދާތީ، މުސްތަގުބަލުގެ ޖީލުތަކަށްޓަކައި އެ ރަށުގެ އަސްލު ސިފަ ހިމާޔަތްކުރުމަށް ގިނަ ބަޔަކު ބޭނުންވޭ. އެހެންކަމުން، ބްރިޖުން ގުޅާލެވޭ އެހެން ރަށްތަކުގައި އުސް އިމާރާތްތައް ކުރި ނަމަވެސް ވިލިމާލެ އޮންނަންވާނީ ތަފާތު ހިތްފަސޭހަ މާހައުލެއްގެ ގޮތުގަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 11 ޖުލައި 2026 | ހޮނިހިރު 03:11
އެމްޑީޕީގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު | އެމްޑީޕީ

ވިލިމާލެ އަކީ ފެހިކަމާ، ގުދުރަތީ އެތައް ސިފައެއް ލިބިފައިވާ ރީތި ތަނަކަށް ވާއިރު އެ ތަން ހިމާޔަތް ކޮށް އެގޮތުގައި ބޭއްވުމަށާ އެތަން ކޮންކްރީޓް ޖަންގައްޔަކަށް ނުހެދުމަށް އެމްޑީޕީގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ވިލިމާލެ އަކީ ފެހިކަމާއި، ގުދުރަތީ ތަބީއަތާއި ސިފަތައް ހިމާޔަތް ކުރެވިފައިވާ ކޮންކްރީޓް ޖަންގައްޔަކަށް ނުވާ ރަށެއްގެ ގޮތުގައި ދަމަހައްޓަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. 

Advertisement - newsAdvertisement

އިސާހިތަކު ވިލިމާލެ ބްރިޖް އިން މާލެ އާއި ގުޅީފަޅު، ތިލަފުށި ގުޅޭނެ ކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެތަންތަނުގައި އުސްކޮށް، ކޮންކްރީޓް އިމާރާތްތައް އޭރުން އެޅިދާނެ ކަމަށެވެ. 

ރައީސް ނަޝީދު އެހެން ވިދާޅުވިއިރު ވިލިމާލެއަކީ މާލޭގެ އަވަށްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ، ގުދުރަތީ ރީތިކަމާއި ހަމަހިމޭންކަން ލިބިފައިވާ އެއް އަވަށެވެ. މާލޭގެ ކުޑަބޮޑުމިނާ އަޅާބަލާއިރު ވިލިމާލެ އަދިވެސް ފެންނަނީ ނިސްބަތުން ފެހިކަން ގަދަ، ހިތްފަސޭހަ މާހައުލެއްގެ ގޮތުގަ އެވެ. މަގުތަކުގައި ހިޔާދޭ ބޮޑެތި ގަސްތައް ހުރުމާއި، އިންޖީނުލީ އުޅަނދުފަހަރު މަދުވުމުގެ ސަބަބުން އެ ރަށަށް ލިބިފައިވަނީ ތަފާތު ދިރުމެކެވެ.

ނަމަވެސް، ފަހަކަށް އައިސް ވިލިމާލޭގެ ރައްޔިތުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފަ އެވެ. އެއީ މާލެއެކޭ އެއްފަދައިން ވިލިމާލެވެސް "ކޮންކްރީޓް ޖަންގަލީ" އަކަށް ބަދަލުވަމުންދާ ކަމުގެ އިހުސާސެވެ.

ވިލިމާލޭގެ ރައްޔިތުން ފާހަގަކުރާ ގޮތުގައި، ހަލުވިކަމާއެކު އަންނަމުންދާ ތަރައްގީގެ ސަބަބުން ރަށުގެ އަސްލު ސިފަ ގެއްލެމުންދާކަމުގެ ބިރު އެބައޮތެވެ. ބޮޑެތި އުސް އިމާރާތްތައް ބިނާކުރުމާއި، މަޝްރޫއުތަކަށްޓަކައި ޒަމާންވީ ބޮޑެތި ގަސްތައް ކަނޑަމުންދިއުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

މި ކަންބޮޑުވުންތަކާއެކު، ވިލިމާލޭގެ ރައްޔިތުން ދަނީ އެމީހުންގެ އަޑު އުފުލަމުންނެވެ. އެމީހުން ބޭނުންވަނީ ތަރައްގީއާއެކުވެސް ރަށުގެ ފެހިކަމާއި، ހަމަހިމޭންކަން ހިމާޔަތްކުރާށެވެ. ވިލިމާލެއަކީ މާލޭގެ ތޮއްޖެހުމުން ސަލާމަތްވާން ދާންއޮތް ހަމައެކަނި މާހައުލަށް ވާއިރު، އެ ރަށްވެސް ކޮންކްރީޓް ޖައްޔަކަށް ބަދަލުވެއްޖެނަމަ، މުސްތަގުބަލުގެ ޖީލުތަކަށް ލިބޭނެ ގެއްލުން މާ ބޮޑުވާނެ ކަމަށް ރަށުގެ ގިނަ ބަޔަކު ގަބޫލުކުރެ އެވެ. 

ވިލިމާލެ މުޙައްމަދު ރަޝީދު

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

11 ޖުލައި 2026

ގްރޫޕް މާރާމާރީއެއްގައި 4 މީހަކަށް އަނިޔާވެގެން ފަރުވާ ދެނީ

11 ޖުލައި 2026
ގްރޫޕް މާރާމާރީއެއްގައި 4 މީހަކަށް އަނިޔާވެގެން ފަރުވާ ދެނީ
21 ޖޫން 2026

ފާއިތުވި ހަފްތާގައި 15،700 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި އެކި މައްސަލަތަކުގައި 59 މީހަކު، ފުލުހުން ހައްޔަރު ކުރި

21 ޖޫން 2026
ފާއިތުވި ހަފްތާގައި 15،700 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި އެކި މައްސަލަތަކުގައި 59 މީހަކު، ފުލުހުން ހައްޔަރު ކުރި
30 މެއި 2026

ޢީދު ފާހަގަކުރުމަށް މިރޭ ވިލިމާލެއާ ދިމާ ބޭރުން ހަވާއަރުވަނީ

30 މެއި 2026
ޢީދު ފާހަގަކުރުމަށް މިރޭ ވިލިމާލެއާ ދިމާ ބޭރުން ހަވާއަރުވަނީ
11 މެއި 2026

ރައްޔިތުންގެ ޝަކުވާތަކަށް "އެޓެންޑް" ވާނެ ކަމަށް ވިދާޅުވުމަށް ފަހު، އެކަން ނުކުރައްވާ އަނެއްކާވެސް ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަން ރައީސް އިއުލާނު ކުރައްވައިފި

11 މެއި 2026
ރައްޔިތުންގެ ޝަކުވާތަކަށް "އެޓެންޑް" ވާނެ ކަމަށް ވިދާޅުވުމަށް ފަހު، އެކަން ނުކުރައްވާ އަނެއްކާވެސް ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަން ރައީސް އިއުލާނު ކުރައްވައިފި
26 އެޕްރީލު 2026

"ފުނަވަލުގައި" ހައުސިންގ ޔުނިޓްތައް އަޅާތީ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް، އެއް ޓަވަރު އަޅާތަން ބަދަލުކޮށްފި

26 އެޕްރީލު 2026
"ފުނަވަލުގައި" ހައުސިންގ ޔުނިޓްތައް އަޅާތީ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް، އެއް ޓަވަރު އަޅާތަން ބަދަލުކޮށްފި
08 އެޕްރީލު 2026

ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު ނޭޕާލް ޒުވާނެއް މަރުވެއްޖެ

08 އެޕްރީލު 2026
ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު ނޭޕާލް ޒުވާނެއް މަރުވެއްޖެ
29 މާރިޗު 2026

ނުކުތީ ވިލިމާލޭ ފުނަވަލުގެ ހިމާޔަތުގައި، ކުރިމަތިލާން ޖެހުނީ ޕީއެންސީ އެކްޓިވިސްޓުންގެ ގަނާކުރުމާއި!

29 މާރިޗު 2026
ނުކުތީ ވިލިމާލޭ ފުނަވަލުގެ ހިމާޔަތުގައި، ކުރިމަތިލާން ޖެހުނީ ޕީއެންސީ އެކްޓިވިސްޓުންގެ ގަނާކުރުމާއި!
28 މާރިޗު 2026

ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކު ރަހީނުކުރި ފަސް މީހުން ހައްޔަރު ކޮށްފި

28 މާރިޗު 2026
ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކު ރަހީނުކުރި ފަސް މީހުން ހައްޔަރު ކޮށްފި
26 މާރިޗު 2026

ބީއެމްއެލް އިން ވިލިމާލޭގައި އިމާރާތްކުރާ 300 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި

26 މާރިޗު 2026
ބީއެމްއެލް އިން ވިލިމާލޭގައި އިމާރާތްކުރާ 300 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި
15 މާރިޗު 2026

ދޮރުން ދޮރަށް ހަރަކާތުން އެނގުނީ އެމްޑީޕީގެ މޭޔަރުކަމެއްގައި، ވިލިމާލެ އަށް އަޅާލާނެކަން ވިލިމާލެ އިން ގަބޫލުކުރާކަން: އާޒިމް

15 މާރިޗު 2026
ދޮރުން ދޮރަށް ހަރަކާތުން އެނގުނީ އެމްޑީޕީގެ މޭޔަރުކަމެއްގައި، ވިލިމާލެ އަށް އަޅާލާނެކަން ވިލިމާލެ އިން ގަބޫލުކުރާކަން: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް