Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

7 އޯގަސްޓު 2026 | ހުކުރު 13:24

އީރާނުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އެމެރިކާ އާއި އިސްރާއީލުގެ ޒަމާނީ ޑްރޯންތައް ރިވާސް އިންޖިނިއަރިން މެދުވެރިކޮށް ދިރާސާކޮށް، އެ ގައުމުގެ އަމިއްލަ އުފެއްދުންތައް ތަރައްގީކުރުމުގެ މަސައްކަތް އައިއާރުޖީސީން ދަނީ ކުރަމުން. މީގެ އިތުރުން، ހަނގުރާމައިގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ އަދަދެއްގެ ޑްރޯންތައް ވައްޓާލާފައިވާކަން ފާހަގަކުރެވޭ

ރާއްޖެ އެމްވީ | 7 އޯގަސްޓު 2026 | ހުކުރު 13:24

އެމެރިކާގެ އެމްކިއު-9 ރީޕަރ ޑްރޯނަކާއި އިސްރާއީލުގެ ހާމީސް 900 މަރުކާގެ ޑްރޯނެއް އީރާނުގެ ބާރުގެ ދަށަށް ގެންގޮސްފާވާއިރު މި ދެ ޑްރޯންވެސް އީރާނުގެ އަތްދަށަށް ގޮސްފައިވަނީ ބޮޑެތި ގެއްލުންތަކެއް ނުލިބި، ސަލާމަތުން އޮއްވާކަން ފާހަގަވޭ | ސްކްރީން އިމޭޖް

އިލެކްޓްރޯނިކް ވޯފެއާ ނުވަތަ ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ "ހާމީސް 900" މަރުކާގެ ޑްރޯން (ޔޫއޭވީ) އެއް އެއްވެސް ގެއްލުމެއް ނުދީ ހުއްޓުވައި، އަތުލައިގެންފައިވާ ކަމަށް ބުނެ އީރާނުން އޭގެ މަންޒަރުތައް އާންމުކޮށްފި އެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނި ގޮތުގައި، އެ ޑްރޯންގެ ޓެކްނޮލޮޖީ ދިރާސާކުރުމަށް ވަނީ ޑްރޯން ރޫޅާލައިފަ އެވެ.

މިއީ ޒަމާނީ ޑްރޯން ހަނގުރާމައިގައި އީރާނަށް ލިބުނު ޖާސޫސީ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބެލެވެ އެވެ.

އޭގެ އިތުރުން އެމެރިކާގެ "އެމްކިއު-9 ރީޕާ" މަރުކާގެ ޑްރޯނެއް މިހާރު ވަނީ އީރާނުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. އަދި މި ދެ ޑްރޯނަށް ވެސް ބޮޑު ގެއްލުމެއް ލިބިފައި ނުވާކަން ފާހަގަކުރެވެ އެވެ. އައިއާރުޖީސީން  މި ޑްރޯންތަކުގައި ބޭނުންކޮށްފައިވާ ނިޒާމުތަކާއި ޓެކްނޮލޮޖީތައް ދިރާސާކޮށް އަދި އޭގެ މުހިންމު ބައިތައް ރިވާސް އިންޖިނިއަރިން މެދުވެރިކޮށް  ލިބޭ މައުލޫމާތުގެ އެހީގައި އީރާނުގެ އަމިއްލަ ޑްރޯންތައް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހަނގުރާމަ ފެށުނީއްސުރެ އެމެރިކާގެ "އެމްކިއު-9 ރީޕާ" މަރުކާގެ ގާތްގަނޑަކަށް 30 ޑްރޯން އީރާނުން ވައްޓާލާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކު މިދިޔަ ޖުލައިމަހުގެ ކުރީކޮޅު ވަނީ ވިދާޅުވެފަ އެވެ.

2007 ވަނަ އަހަރު އެމެރިކާގެ އެއާފޯސްގެ ޚިދުމަތަށް ނެރުނު ރީޕާ ޑްރޯންތަކަކީ، މެދުއިރުމައްޗާއި އެހެނިހެން ހަމަނުޖެހުން ބޮޑު ސަރަހައްދުތަކުގައި އެމެރިކާއިން ހިންގާ އޮޕަރޭޝަންތަކުގެ މައިބަދަ އެވެ. މިއީ އިރާގާއި އަފްޣާނިސްތާނުގެ ހަނގުރާމަތަކުގައި އިންސާނުންނާ ނުލައި ދުއްވާ އުޅަނދުތަކަށް އެމެރިކާގެ އަސްކަރިއްޔާއިން ބަރޯސާވާ މިންވަރު އިތުރުވެފައިވާކަން ހާމަކޮށްދޭ ކަމެކެވެ.

ރީޕާ ޑްރޯންތައް ފަރުމާކޮށްފައިވަނީ ވައިގެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާއަށް އޮންނަ ހާލަތްތަކުގައި ބޭނުންކުރުމަށެވެ. ނަމަވެސް، އީރާނުން ވަނީ އެމެރިކާއަށް އޮތް އެ ފުރުސަތަށް ތަކުރާރުކޮށް ހުރަސްއަޅައި ގޮންޖަހާފަ އެވެ.

ޖެނެރަލް އެޓޮމިކްސް ކުންފުނީގެ ތަރުޖަމާނު ސީ. މާކް ބްރިންކްލީ ވިދާޅުވި ގޮތުގައި، އެމެރިކާގެ އެއާފޯސް އިން ރީޕާ ޑްރޯން ގަތުމުގެ ފަސް އަހަރުގެ އެންމެ ފަހު ކޮންޓްރެކްޓް އިއުލާންކުރީ 2020 ވަނަ އަހަރު އެވެ. އަދި ޖުމްލަ 575 ޑްރޯން އުފެއްދުމަށްފަހު، އެ އުފައްދާ ލައިން މިދިޔަ އަހަރު ވަނީ ހުއްޓާލާފަ އެވެ. އެންމެ ފަހުން އުފެއްދި ބެޗުން ހަތަރު ޑްރޯން އެކުގައި ގަތްއިރު، އޭގެން ކޮންމެ ޑްރޯނަކަށް ގާތްގަނޑަކަށް 16 މިލިއަން ޑޮލަރު ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ. އީރާނުން ވަނީ ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ އެތައް ޑްރޯނެއް ވައްޓާލާފައިކަމަށް އިއުލާނު ކޮށްފަ އެވެ.

މިދިޔަ މޭ މަހު ބޭއްވި ބަޖެޓް އަޑުއެހުމެއްގައި، އެމެރިކާ އެއާފޯސްގެ އެންމެ އިސް އޮފިސަރު ޖެނެރަލް ކެނެތު ވިލްސްބެކް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ވިދާޅުވީ، އީރާނާއެކު ކުރާ ހަނގުރާމައިގައި ރީޕާ ޑްރޯން އަކީ "އެންމެ އަގުހުރި" ވަސީލަތް ކަމަށެވެ.

އެއާފޯސް އިން ޑްރޯން ބޭނުންކުރާ މިންވަރަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، "އަޅުގަނޑުމެން ވަރަށް ގިނަ ހަމަލާތައް ދީފިން. އެހެން އެއްވެސް ވަސީލަތެއް މިއާ ގާތްވެސް ނުކުރޭ،" ކަމަށެވެ.

ޑްރޯންގެ އިތުރުން މި ހަނގުރާމައިގައި އެމެރިކާގެ ބައެއް އަސްކަރީ މަތިންދާބޯޓުތައް ވެސް ވަނީ ގެއްލިފަ އެވެ. އޭގެ ތެރޭގައި މިދިޔަ މާރިޗު މަހު ކުވެއިތުގެ އެއާ ޑިފެންސް ސިސްޓަމަށް އޮޅިގެން އެމެރިކާގެ ތިން އެފް-15 ފައިޓާ ޖެޓް ވައްޓާލުން ހިމެނެ އެވެ. އެ ހާދިސާގައި ހުރިހާ ފްލައިޓް ކްރޫއިން ވަނީ ސަލާމަތުން ބޯޓުން ފުންމާލާފަ އެވެ. އަދި ހަމަ އެ މަހު، އިރާގުގެ ހުޅަނގު ސަރަހައްދުގައި ވައިގެ ތެރޭގައި ދެ ކޭސީ-135 ރިފިއުލިން މަތިންދާބޯޓު ޖެހި ހިނގި އެކްސިޑެންޓެއްގައި އެއް ބޯޓު ވެއްޓި، އޭގައި ތިބި ހަ ފަޅުވެރިން ވެސް ވަނީ މަރުވެފަ އެވެ.

މީގެ އިތުރުން، އޭޕްރީލް މަހު އީރާނުން ދިން ހަމަލާއެއްގައި އެމެރިކާ އެއާފޯސްގެ އެފް-15 ޖެޓެއް ވައްޓާލާފައިވެ އެވެ. އޭގެ ޕައިލެޓް ވަގުތުން ސަލާމަތްކުރެވުނު އިރު، ވެޕަން ސިސްޓަމްސް އޮފިސަރު ސަލާމަތްކުރެވުނީ ދެ ދުވަސް ފަހުންނެވެ. އެފް-15 ގެ އިތުރުން، ސަލާމަތްކުރުމުގެ އޮޕަރޭޝަނަށް އެހީތެރިވަމުންދިޔަ އޭ-10 މަރުކާގެ ބޯޓަކަށް ވެސް އީރާނުގެ ހަމަލާތައް އަމާޒުވި އެވެ. ނަމަވެސް، އެ ބޯޓު ކުވެއިތާ ހަމައަށް ދަތުރުކޮށް، ބޯޓު ވެއްޓުމުގެ ކުރިން ޕައިލެޓް ވަނީ ސަލާމަތުން ފުންމާލާފަ އެވެ.

އީރާން-އިސްރާއީލުއީރާން-އެމެރިކާހާމީސް 900އެމްކިއު-9 ރީޕަރ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

07 އޯގަސްޓު 2026

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ "ވަރަށް އަވަހަށް" ނިމުމަކަށް އަންނާނެ: ޓްރަމްޕް

07 އޯގަސްޓު 2026
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ "ވަރަށް އަވަހަށް" ނިމުމަކަށް އަންނާނެ: ޓްރަމްޕް
06 އޯގަސްޓު 2026

ހަނގުރާމައަށް ފުރިހަމަ އަށް ތައްޔާރު، ހުއްޓުމެއްނެތި އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްދަނީ ކުރިއަށް: އީރާން

06 އޯގަސްޓު 2026
ހަނގުރާމައަށް ފުރިހަމަ އަށް ތައްޔާރު، ހުއްޓުމެއްނެތި އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްދަނީ ކުރިއަށް: އީރާން
06 އޯގަސްޓު 2026

އީރާން ހަނގުރާމައިން މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވާނެކަމަށް އެމެރިކާ ރައްޔިތުން ގަބޫލުކުރޭ: ސާވޭ

06 އޯގަސްޓު 2026
އީރާން ހަނގުރާމައިން މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވާނެކަމަށް އެމެރިކާ ރައްޔިތުން ގަބޫލުކުރޭ: ސާވޭ
06 އޯގަސްޓު 2026

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

06 އޯގަސްޓު 2026
އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި
06 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅިއާ ގުޅޭ އެއްބަސްވުމަކަށް އަންނަ އިރު، މިއީ އެމެރިކާގެ ރައީސް ބޭނުންފުޅުވާ ފަދަ އެއްބަސްވުމެއް ނޫން!

06 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅިއާ ގުޅޭ އެއްބަސްވުމަކަށް އަންނަ އިރު، މިއީ އެމެރިކާގެ ރައީސް ބޭނުންފުޅުވާ ފަދަ އެއްބަސްވުމެއް ނޫން!
06 އޯގަސްޓު 2026

ޓްރަމްޕް މިފަހަރު ކުރެއްވީ އީރާން އަށް ތައުރީފު!

06 އޯގަސްޓު 2026
ޓްރަމްޕް މިފަހަރު ކުރެއްވީ އީރާން އަށް ތައުރީފު!
06 އޯގަސްޓު 2026

އީރާނު ހަނގުރާމައަށް ބޭނުންވާ އެމެރިކާގެ ހަތިޔާރު މަދުވި މައްސަލައިގައި އޮޅުވާލިކަމަށް ވިދާޅުވެ ޓްރަމްޕް ވަރަށް ބޮޑަށް ކޯފާވެ ހަނގުރާމަ އާ ބެހޭ ވަޒީރުއާ ކުރިމަތިލައްވައިފި

06 އޯގަސްޓު 2026
އީރާނު ހަނގުރާމައަށް ބޭނުންވާ އެމެރިކާގެ ހަތިޔާރު މަދުވި މައްސަލައިގައި އޮޅުވާލިކަމަށް ވިދާޅުވެ ޓްރަމްޕް ވަރަށް ބޮޑަށް ކޯފާވެ ހަނގުރާމަ އާ ބެހޭ ވަޒީރުއާ ކުރިމަތިލައްވައިފި
05 އޯގަސްޓު 2026

އީރާން-އޮމާން މަޝްވަރާތަކުން ހުރްމުޒް ވަގުތުން ނުހުޅުވޭނެ، ޓްރަމްޕް ދައްކަވަނީ ރަނގަޅު ވާހަކަ އެއް ނޫން

05 އޯގަސްޓު 2026
އީރާން-އޮމާން މަޝްވަރާތަކުން ހުރްމުޒް ވަގުތުން ނުހުޅުވޭނެ، ޓްރަމްޕް ދައްކަވަނީ ރަނގަޅު ވާހަކަ އެއް ނޫން
05 އޯގަސްޓު 2026

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

05 އޯގަސްޓު 2026
އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!
04 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި ބުދަ ދުވަހާ ހަމައަށް ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ

04 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި ބުދަ ދުވަހާ ހަމައަށް ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް