Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ބާރުތަކުގެ ކުރިމަތީގައި އީރާން އިން ފަހަތަށް ނުޖެހޭނަން: ރައީސް ޕެޒެޝްކިއާން

8 އޯގަސްޓު 2026 | ހޮނިހިރު 06:19

އީރާންގެ އައިއާރުއައިބީ ބްރޯޑްކާސްޓަރުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޕެޒެޝްކިއާން ވިދާޅުވީ އީރާން އިން މަސައްކަތް ކުރަނީ އެ ޤައުމުގެ ދިފާއީ ޤާބިލުކަން އަދި ސަލާމަތާ ބެހޭ ކަންކަން ކުރިއެރުވުމަށް ކަމަށް. އެމެރިކާ އިން ގަލްފު ޤައުމުތަކުގައި ހުންނަ އަސްކަރީ ބޭސްތައް ބޭނުން ކޮށްގެން އީރާން އަށް ހަމަލާ ދީފައިވާ ކަމަށް އެ ޤައުމުން ބުނާ ބުނުން، ޕެޒެޝްކިއާން ވަނީ ތަކުރާރު ކުރައްވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އޯގަސްޓު 2026 | ހޮނިހިރު 06:19
އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން

އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން | ގެޓީ އިމޭޖަސް

އިރާން އިން ބޭނުން ވަނީ ހަނގުރާމަ ފުޅާ ކުރަން ނޫން ކަމަށާއި، ނަމަވެސް ބާރުތަކުގެ ކުރިމަތީގައި އެ ޤައުމުން ފަހަތަށް ނުޖެހޭނެ ކަމަށް އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެ އެވެ. 

އީރާންގެ އައިއާރުއައިބީ ބްރޯޑްކާސްޓަރުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޕެޒެޝްކިއާން ވިދާޅުވީ އީރާން އިން މަސައްކަތް ކުރަނީ އެ ޤައުމުގެ ދިފާއީ ޤާބިލުކަން އަދި ސަލާމަތާ ބެހޭ ކަންކަން ކުރިއެރުވުމަށް ކަމަށެވެ. އެމެރިކާ އިން ގަލްފު ޤައުމުތަކުގައި ހުންނަ އަސްކަރީ ބޭސްތައް ބޭނުންކޮށްގެން އީރާން އަށް ހަމަލާ ދީފައިވާ ކަމަށް އެ ޤައުމުން ބުނާ ބުނުން، ޕެޒެޝްކިއާން ވަނީ ތަކުރާރު ކުރައްވައިފަ އެވެ.

Advertisement - worldAdvertisement

މީގެ އިތުރުން ޕެޒެޝްކިއާން ވިދާޅުވީ، އެމެރިކާ އިން ބޭނުން ވަނީ އީރާން އާއި އެ ޤައުމުގެ ސަރަހައްދީ ޤައުމުތަކާ ދެމެދު ބައިބައިވުން އުފެއްދުމަށް ކަމަށެވެ. ނަމަވެސް ޕެޒެޝްކިއާން ވިދާޅުވީ، އީރާން އިން އަވަށްޓެރި ޤައުމުތަކާ ދެމެދު އޮތް ގިނަ މައްސަލަތައް ޙައްލު ކޮށްފައިވާ ކަމަށެވެ. އީރާން އަށް ދަތި ކުރުމާއި، ބިރު ދެއްކުން ހުއްޓާލައިފި ނަމަ، ނުތަނަވަސްކަން ދަމަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ޕެޒެޝްކިއާން ވަނީ ވިދާޅުވެފައި އެވެ، 

އީރާންގެ ރައީސް ޕެޒެޝްކިއާންގެ މި ވާހަކަތައް އަައިސްފައި ވަނީ، މެދު އިރުމަތީގެ ސަރަހައްދުގައި ނުތަނަވަސްކަން އިތުރުވެ، ބައިނަލްއަޤުވާމީ މުޖުތަމައުން ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ދަނޑިވަޅެއްގައި އެވެ. އީރާން އާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން ސަރަހައްދީ ބޮޑު ނުރައްކަލަކަށް ވެފައިވާއިރު، އެކި ޤައުމުތަކުން މި ދެ ޤައުމުގެ ދެ މެދުގައި ސުލްޙަވެރިކަން ޤާއިމު ކުރުމަށް މަސައްކަތް ކުރަމުން ގެންދެ އެވެ. 

ޕެޒެޝްކިއާންގެ ވާހަކަ ތަކުގައި އެމެރިކާގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއިރު، އަވަށްޓެރި ޤައުމުތަކާ ގުޅުން ރަނގަޅު ކުރުމަށް އީރާން އިން ތައްޔާރަށް އޮތް ކަމުގެ އިޝާރާތް ވެސް ވަނީ ދެއްވައިފަ އެވެ. ސަރަހައްދީ ޤައުމުތަކާ އެކު މަސައްކަތް ކުރުމަށް އީރާން އިން ބޭނުންވާ ކަމަށާއި، އެކަމަށް ހުރަސް އެޅިފައި އޮތީ ބޭރުގެ ބާރުތަކުގެ ސަބަބުން ކަމަށް ވެސް ޕެޒެޝްކިއާން ވަނީ ވިދާޅުވެފައި އެވެ. 

މީގެ އިތުރުން، ސަރަހައްދީ ސަލާމަތާއި ސުލްޙަ ދެމެހެއްޓުނަށް އީރާން އިން ވަރަށް ބޮޑަށް ސަމާލުކަން ދެމުން އަންނަ ކަމަށާއި، އެހެން ނަމަވެސް ޤައުމުގެ ސިޔާދަތާއި ރައްކާތެރި ކަމަށް ނުރައްކާވާ ކޮންމެ ކަމަކަށް ވެސް ބަދަލު ދޭނެ ކަމަށް ޕެޒެޝްކިއާން ވަނީ ވިދާޅުވެފައި އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން ހަނގުރާމައީރާން-އެމެރިކާމަސްއޫދު ޕެޒެޝްކިއާން

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

3

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

4

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

5

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2026

މަޝްވަރާތަކުގައި މިހާރު އެމެރިކާއަށް އިތުބާރު ކުރެވޭކަށް ނެތް: ޕީޒިޝްކިއާން

27 ސެޕްޓެމްބަރު 2026
މަޝްވަރާތަކުގައި މިހާރު އެމެރިކާއަށް އިތުބާރު ކުރެވޭކަށް ނެތް: ޕީޒިޝްކިއާން
27 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ދެމެހެއްޓުމުގައި ދެމިއޮންނާނަން: އޮމާން

27 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ދެމެހެއްޓުމުގައި ދެމިއޮންނާނަން: އޮމާން
26 ސެޕްޓެމްބަރު 2026

ހަނގުރާމަ ހުއްޓާލަން އީރާނުން ހަތް ދުވަހުގެ މަގުޗާޓެއް ހުށަހަޅައިފި، އެމެރިކާއިން އެއްބަސްވެދާނެތަ؟

26 ސެޕްޓެމްބަރު 2026
ހަނގުރާމަ ހުއްޓާލަން އީރާނުން ހަތް ދުވަހުގެ މަގުޗާޓެއް ހުށަހަޅައިފި، އެމެރިކާއިން އެއްބަސްވެދާނެތަ؟
26 ސެޕްޓެމްބަރު 2026

މިޑްޓާމް އިންތިޚާބަށްފަހު އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ޓްރަމްޕް ރާއްވަވަނީ

26 ސެޕްޓެމްބަރު 2026
މިޑްޓާމް އިންތިޚާބަށްފަހު އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ޓްރަމްޕް ރާއްވަވަނީ
25 ސެޕްޓެމްބަރު 2026

އީރާނުން ހަނގުރާމަކުރަން ބޭނުމެއް ނޫން، އެއްބަސްވުމެއް ހަދަން ތައްޔާރު: ޕީޒިޝްކިއާން

25 ސެޕްޓެމްބަރު 2026
އީރާނުން ހަނގުރާމަކުރަން ބޭނުމެއް ނޫން، އެއްބަސްވުމެއް ހަދަން ތައްޔާރު: ޕީޒިޝްކިއާން
24 ސެޕްޓެމްބަރު 2026

ޔޫއެސްއެސް ލިންކަންގެ 8 ފަޅުވެރިން އަމިއްލައަށް މަރުވާން މަސައްކަތްކުރި: ނޭވީގެ އެކްޓިންގ ސެކްރެޓަރީ

24 ސެޕްޓެމްބަރު 2026
ޔޫއެސްއެސް ލިންކަންގެ 8 ފަޅުވެރިން އަމިއްލައަށް މަރުވާން މަސައްކަތްކުރި: ނޭވީގެ އެކްޓިންގ ސެކްރެޓަރީ
24 ސެޕްޓެމްބަރު 2026

އަރާގްޗީ އީރާނުގެ 'ސާފު އަދި ދެފުށް ފެންނަ' ޝަރުތުތައް އެމެރިކާއަށް ހުށަހަޅުއްވައިފި: ތަރުޖަމާނު

24 ސެޕްޓެމްބަރު 2026
އަރާގްޗީ އީރާނުގެ 'ސާފު އަދި ދެފުށް ފެންނަ' ޝަރުތުތައް އެމެރިކާއަށް ހުށަހަޅުއްވައިފި: ތަރުޖަމާނު
24 ސެޕްޓެމްބަރު 2026

"ނިއުކްލިއާ ބޮން އޮތީ އިސްރާއީލުގައި، އިންސްޕެކްޓަރުން ތިބީ އީރާނުގައި" - ޕެޒެޝްކިއަން

24 ސެޕްޓެމްބަރު 2026
"ނިއުކްލިއާ ބޮން އޮތީ އިސްރާއީލުގައި، އިންސްޕެކްޓަރުން ތިބީ އީރާނުގައި" - ޕެޒެޝްކިއަން
23 ސެޕްޓެމްބަރު 2026

ޚާމަނާއީ: ތައުލީމަކީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އޮތް ދަގަނޑު އައްޑަނަ

23 ސެޕްޓެމްބަރު 2026
ޚާމަނާއީ: ތައުލީމަކީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އޮތް ދަގަނޑު އައްޑަނަ
22 ސެޕްޓެމްބަރު 2026

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

22 ސެޕްޓެމްބަރު 2026
އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް