Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮލަމްބިއާ

ކޮލަމްބިއާގެ ރައީސްކަމުގެ ހުވާ ހަރުކަށި ފިކުރުގެ އެސްޕްރިއޭލާ ކުރެއްވިތާ އެއްދުވަސް ފަހުން ކާރު ބޮމެއް ގޮއްވާލައި

9 އޯގަސްޓު 2026 | އާދީއްތަ 07:25

ކޮލަމްބިއާގެ އާ ރައީސް އަބެލާޑޯ ޑި ލާ އެސްޕްރިއޭލާ ހަތިޔާރު އެޅި ގުރޫޕުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް، އެ ގައުމުގައި ނުރައްކާތެރި ބޮމުގެ ހަމަލާއެއް ދީފި. އެމެރިކާގެ އަސްކަރީ އެހީތެރިކަމާއެކު މަސްތުވާތަކެއްޗާއި ޓެރަރިޒަމް ނައްތާލުމަށް އާ ސަރުކާރުން އިސްކަންދޭއިރު، މި ސިޔާސަތުގެ ސަބަބުން އިންސާނީ ހައްގުތަކަށް އަސަރުކޮށްފާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރެވޭ

ރާއްޖެ އެމްވީ | 9 އޯގަސްޓު 2026 | އާދީއްތަ 07:25

ކޮލަމްބިއާގައި ބާރުގަދަ ބޮމެއް ގޮއްވާލި ސަރަހައްދުގެ މަންޒަރެއް | ސޯޝަލް މީޑިއާ

ކޮލަމްބިއާގެ ރައީސްކަމުގެ ހުވާ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށްވާ އަބެލާޑޯ ޑި ލާ އެސްޕްރިއޭލާ ކުރެއްވިތާ އެއްދުވަސް ފަހުން، އެ ގައުމުގެ ހުޅަނގު ދެކުނުގައި ކާރު ބޮމެއް ގޮއްވާލައި ނުރައްކާތެރި ހަމަލާއެއް ދީފި އެވެ.

ކޮލަމްބިއާގެ އަސްކަރިއްޔާއިން ތުހުމަތުކުރާ ގޮތުގައި ހޮނިހިރު ދުވަހު ދިން މި ހަމަލާގެ ފަހަތުގައި ވަނީ، 2016 ވަނަ އަހަރު ސަރުކާރާއެކު ހެދި ސުލްހައިގެ އެއްބަސްވުމަށްފަހު ހަތިޔާރު ބެހެއްޓި "ރިވޮލިއުޝަނަރީ އާމްޑް ފޯސަސް އޮފް ކޮލަމްބިއާ" (ފާކް) އިން ވަކިވެގަތް ހަތިޔާރު އެޅި ދެ ގުރޫޕެކެވެ. ކޮލަމްބިއާގެ ހުޅަނގު އައްސޭރީގެ ކައުކާ ޑިޕާޓްމަންޓުގައި ހުންނަ ޕޭން-އެމެރިކަން ހައިވޭގެ ޓޯލް ޕްލާޒާއަކަށް އަމާޒުކޮށް މި ހަމަލާ ދީފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.

މި ބޮން ގޮއްވާލުމުގެ ސަބަބުން އެ ސަރަހައްދުގައި ތިބި ދެ ސެކިއުރިޓީ ގާޑަކަށް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މަންޒަރު ދުށް މީހަކު ބުނި ގޮތުގައި، މި ހަމަލާ ދިނީ ކާރެއް އެ ސަރަހައްދަށް ދޫކޮށްލުމަށްފަހު ސައިކަލެއްގައި ފިލި މީހެކެވެ.

ރައީސް އަބެލާޑޯ ޑި ލާ އެސްޕްރިއޭލާގެ ސަރުކާރުން ވަނީ މި ހަމަލާއަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ވަގުތުން ވައުދުވެފަ އެވެ.

މި ހަމަލާއާ ގުޅިގެން ކޮލަމްބިއާގެ ޓްރާންސްޕޯޓް މިނިސްޓަރު އެލްސާ ނޮގުއޭރާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަނިޔާވެރިކަމުގެ ކުރިމަތީގައި ކޮލަމްބިއާ ކަކޫ ނުޖަހާނެ ކަމަށާއި، ގައުމުގެ އެކި ސަރަހައްދުތައް ގުޅުވައިދޭ އުމްރާނީ ވަސީލަތްތައް ސުންނާފަތި ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

އޭނާ ވަނީ ރައީސް އެސްޕްރިއޭލާ މަގާމުގެ ހުވާ ކުރެއްވުމަށްފަހު ދެއްވި ތަގުރީރުގައި، މަސްތުވާތަކެތީގެ ޓެރަރިޒަމް ނައްތާލައި ކުށްކުރުން ހުއްޓުވާނެ ކަމަށް ވިދާޅުވި ވާހަކަފުޅަށް އިޝާރާތް ކުރައްވާފަ އެވެ.

މިނިސްޓަރު ނޮގުއޭރާ އިތުރަށް ވިދާޅުވީ، ރައީސް އަބެލާޑޯ ޑި ލާ އެސްޕްރިއޭލާ އިއްޔެ ވިދާޅުވި ފަދައިން، ގައުމުގައި ނިޒާމު ގާއިމުކުރުމުގެ ވަގުތު ޖެހިފައިވާ ކަމަށެވެ. އަދި ސަލާމަތީ ކަންކަން ވަރުގަދަކޮށް، ގައުމުގެ ސަރަހައްދުތަކުގެ ކޮންޓްރޯލް ހޯދައި، ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު މަގާމުގެ ހުވާ ކުރެއްވި ހަރުކަށި ފިކުރުގެ ރައީސް އެސްޕްރިއޭލާ އިންތިޚާބު ކާމިޔާބު ކުރެއްވީ، ކޮލަމްބިއާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގެ ވައުދާއެކުގަ އެވެ.

ފާއިތުވި 60 އަށްވުރެ ގިނަ އަހަރު ވަންދެން ކޮލަމްބިއާގައި ދަނީ ކަނާތު ފިޔައިގެ ހަތިޔާރު އެޅި ގުރޫޕުތަކާއި، ވާތު ފިޔައިގެ ހަނގުރާމަވެރިންނާއި، ސަރުކާރުގެ ސިފައިންނާއި އަދި ކުށްކުރާ ނެޓްވޯކްތަކުގެ މެދުގައި ދާޚިލީ ހަމަނުޖެހުންތައް ހިނގަމުންނެވެ. މީގެ އިތުރުން، ކޮލަމްބިއާއަކީ ކޮކެއިން އުފެއްދުމަށް ބޭނުންކުރާ މާއްދާއެއް ކަމަށްވާ "ކޯކާ" ދުނިޔޭގައި އެންމެ ގިނައިން އުފައްދާ ގައުމުވެސް މެއެވެ.

ސިޔާސީ ދާއިރާއަށް އަލަށް ނުކުމެވަޑައިގަތް އެސްޕްރިއޭލާ އަކީ، ކުށްކުރުން އިތުރުވުމާއި ސަލާމަތީ ކަންކަމާ މެދު އާންމުންގެ މެދުގައި އޮތް ބިރުވެރިކަމުގެ ފައިދާ ނަގައިގެން ލެޓިން އެމެރިކާގެ ގައުމުތަކުގައި ވެރިކަމަށް ވަޑައިގެންނެވި ކަނާތު ފިޔައިގެ ލީޑަރުންގެ ތެރެއިން ބޭފުޅެކެވެ.

ނަމަވެސް، ކޮލަމްބިއާގެ ރައީސުންނަށް ދެވަނަ ދައުރަކަށް ކުރިމަތިނުލެވޭއިރު، އޭނާގެ ހަތަރު އަހަރުގެ ދައުރުގެ ތެރޭގައި މިފަދަ ބޮޑެތި މައްސަލަތަކަށް ހައްލެއް ހޯއްދެވުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށް ބެލެވެ އެވެ.

ޖޫން މަހު ބޭއްވި ރިއާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެސްޕްރިއޭލާ ކާމިޔާބު ހޯއްދެވީ ވާތު ފިޔައިގެ ކެންޑިޑޭޓް ސެނެޓަރު އިވާން ސެޕެޑާއާ ވާދަކޮށް، އެކެއް އިންސައްތައަށްވުރެ ކުޑަ ތަފާތަކުންނެވެ.

ކަނާތު ފިޔައިގެ މި ލީޑަރު ވިދާޅުވެފައިވަނީ، 2022 ވަނަ އަހަރު ކޮލަމްބިއާގެ ފުރަތަމަ ވާތު ފިޔައިގެ ރައީސްގެ ގޮތުގައި ހޮވުނު ގުސްތާވޯ ޕެޓްރޯ ގެންގުޅުއްވި "ޓޯޓަލް ޕީސް" ނުވަތަ ފުރިހަމަ ސުލްހައިގެ ސިޔާސަތު ނިމުމަކަށް ގެންނަވާނެ ކަމަށެވެ.

ކުރީގެ ރައީސް ޕެޓްރޯގެ ސިޔާސަތު ބިނާވެފައި އޮތީ ހަތިޔާރު އެޅި ގުރޫޕުތަކާއެކު މަޝްވަރާ ކުރުމުގެ މައްޗަށެވެ. ނަމަވެސް އޭނާގެ ވެރިކަމުގައިވެސް އަސްކަރީ ބާރުގެ ބޭނުން ކޮށްފައިވެ އެވެ.

މީގެ އިދިކޮޅަށް، ރައީސް އެސްޕްރިއޭލާ ވައުދުވެވަޑައިގެންފައިވަނީ އަސްކަރީ ބާރުގެ ބޭނުން ބޮޑަށް ކުރާ ސިޔާސަތަކަށް ރުޖޫއަވުމަށެވެ. އޭނާގެ ފުރަތަމަ ތަގުރީރުގައި ވިދާޅުވީ މަޝްވަރާ ކުރުމުގެ ފުރުސަތު މިހާރު "ނިމިފައި" ވާކަމަށެވެ.

އެސްޕްރިއޭލާއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތާއީދު ލިބިފައިވާއިރު، ޓްރަމްޕްގެ ސަރުކާރުން ވަނީ ސަލާމަތީ އެހީގެ ގޮތުގައި 1 ބިލިއަން ޑޮލަރު ދޭނެ ކަމަށް ވައުދުވެފަ އެވެ. މިއީ ކުރީގެ ރައީސް ޕެޓްރޯގެ ދުވަސްވަރު އެމެރިކާއާއެކު އޮތް ގުޅުން ގޯސްވެފައި އޮތުމަށްފަހު ލިބުނު އެހީއެކެވެ.

ޓްރަމްޕްގެ ސަރުކާރުން ދަނީ ކުށްކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް މަސައްކަތް ކުރުމުގެ ނަމުގައި، މުޅި ލެޓިން އެމެރިކާގައި އެމެރިކާގެ އަސްކަރީ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

އަދި އެ ސަރަހައްދުގެ ކަނާތު ފިޔައިގެ ލީޑަރުން، ކުށްކުރުން ހުއްޓުވުމަށްޓަކައި ހަރުކަށި ފިޔަވަޅުތައް އެޅުމަށްވެސް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ.

ނަމަވެސް، މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ސަރުކާރުގެ ސިފައިން އިންސާނީ ހައްގުތަކަށް އަރައިގަނެފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮލަމްބިއާއަބެލާޑޯ ޑެ ލާ އެސްޕްރިއޭލާގުސްޓާވޯ ޕެޓްރޯކޮލަމްބިއާ-އެމެރިކާ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

08 އޯގަސްޓު 2026

ކޮލަމްބިއާގެ ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގެ ވައުދާއެކު އަބެލާޑޯ ޑި ލާ އެސްޕްރިއޭލާ ކޮލަމްބިއާގެ ރައީސްކަމުގެ ހުވާ ކުރައްވައިފި

08 އޯގަސްޓު 2026
ކޮލަމްބިއާގެ ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގެ ވައުދާއެކު އަބެލާޑޯ ޑި ލާ އެސްޕްރިއޭލާ ކޮލަމްބިއާގެ ރައީސްކަމުގެ ހުވާ ކުރައްވައިފި
17 ޖުލައި 2026

އިސްރާއީލާ ގުޅުން ވަރުގަދަކުރުމުގެ ގޮތުން ގުދުސްގައި އެމްބަސީއެއް ހުޅުވަން ކޮލަމްބިއާގެ އިންތިޚާބީ ރައީސް ނިންމަވައިފި

17 ޖުލައި 2026
އިސްރާއީލާ ގުޅުން ވަރުގަދަކުރުމުގެ ގޮތުން ގުދުސްގައި އެމްބަސީއެއް ހުޅުވަން ކޮލަމްބިއާގެ އިންތިޚާބީ ރައީސް ނިންމަވައިފި
24 ޖޫން 2026

ކޮލަމްބިއާގެ ރިޔާސީ އިންތިޚާބަށް އިސްރާއީލުން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރަނީ ކީއްވެ؟

24 ޖޫން 2026
ކޮލަމްބިއާގެ ރިޔާސީ އިންތިޚާބަށް އިސްރާއީލުން ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތު ކުރަނީ ކީއްވެ؟
22 ޖޫން 2026

ޓްރަމްޕް ތާއީދު ކުރެއްވި ކެންޑިޑޭޓް އެސްޕްރިއޭލާ ކޮލަމްބިއާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި

22 ޖޫން 2026
ޓްރަމްޕް ތާއީދު ކުރެއްވި ކެންޑިޑޭޓް އެސްޕްރިއޭލާ ކޮލަމްބިއާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި
04 ޖޫން 2026

ކޮލަމްބިއާގެ ރައީސް ކަމަށް އައުމަށް ޓްރަމްޕް ތާއީދު ކުރައްވަނީ، ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ޑެ ލާ އެސްޕްރިއޭލާ އަށް

04 ޖޫން 2026
ކޮލަމްބިއާގެ ރައީސް ކަމަށް އައުމަށް ޓްރަމްޕް ތާއީދު ކުރައްވަނީ، ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ޑެ ލާ އެސްޕްރިއޭލާ އަށް
01 ޖޫން 2026

އިންތިޚާބުގެ ވަގުތީ ނަތީޖާ ޤަބޫލު ނުކުރައްވާ ކަމަށް، ކޮލަމްބިއާގެ ރައީސް ޕެޓްރޯ ވިދާޅުވެއްޖެ

01 ޖޫން 2026
އިންތިޚާބުގެ ވަގުތީ ނަތީޖާ ޤަބޫލު ނުކުރައްވާ ކަމަށް، ކޮލަމްބިއާގެ ރައީސް ޕެޓްރޯ ވިދާޅުވެއްޖެ
01 ޖޫން 2026

ކޮލަމްބިއާގެ ރިޔާސީ އިންތިޚާބު ދެ ވަނަ ބުރަކަށް

01 ޖޫން 2026
ކޮލަމްބިއާގެ ރިޔާސީ އިންތިޚާބު ދެ ވަނަ ބުރަކަށް
30 މާރިޗު 2026

ޑޯއުގެ ދެ ލަނޑާ އެކު، ފްރާންސް އިން ކޮލަމްބިއާ ބަލިކޮށްފި

30 މާރިޗު 2026
ޑޯއުގެ ދެ ލަނޑާ އެކު، ފްރާންސް އިން ކޮލަމްބިއާ ބަލިކޮށްފި
09 ޖެނުއަރީ 2026

ކޮލަމްބިއާ އަށް އެމެރިކާ އިން ހަމަލާ ދީފާނެ ކަމުގެ ހަގީގީ ބިރު އޮތް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ

09 ޖެނުއަރީ 2026
ކޮލަމްބިއާ އަށް އެމެރިކާ އިން ހަމަލާ ދީފާނެ ކަމުގެ ހަގީގީ ބިރު އޮތް ކަމަށް އެ ގައުމުގެ ރައީސް ވިދާޅުވެއްޖެ
08 ޖެނުއަރީ 2026

އިންޒާރު ދެއްވުމަށް ފަހު، ވައިޓް ހައުސް އަށް ވަޑައިގެންނެވުމުގެ ދައުވަތު ޓްރަމްޕް ކޮލަމްބިއާގެ ރައީސް ޕެޓްރޯ އަށް ދެއްވައިފި

08 ޖެނުއަރީ 2026
އިންޒާރު ދެއްވުމަށް ފަހު، ވައިޓް ހައުސް އަށް ވަޑައިގެންނެވުމުގެ ދައުވަތު ޓްރަމްޕް ކޮލަމްބިއާގެ ރައީސް ޕެޓްރޯ އަށް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް