Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަހުމަތްތެރި ކަމުގެ މެޗު

ޑޯއުގެ ދެ ލަނޑާ އެކު، ފްރާންސް އިން ކޮލަމްބިއާ ބަލިކޮށްފި

މިއީ މިއަހަރުގެ ޖޫން މަހު ފަށާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ފްރާންސް އިން ކުޅުނު މެޗެއް. ކޮލަމްބިއާ މެޗުގެ ކުރިން ފްރާންސް އިން ވަނީ ބްރެޒިލްއާ ދެކޮޅަށް ކުޅެ، އެ ޓީމުގެ މައްޗަށް ވެސް ކުރި ހޯދާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 މާރިޗު 2026 | ހޯމަ 05:06
މެޗުގައި ލަނޑު ޖެހުމަށް ފަހު ފްރާންސްގެ ކުޅުންތެރިންނާ އެކު ޑޯއު އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ފްރާންސްގެ ކުޅުންތެރިންނާ އެކު ޑޯއު އުފާ ފާޅު ކުރަނީ | ރޮއިޓާސް

ބައިނަލްއަޤުވާމީ ރަޙުމަތްތެރި ކަމުގައި ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެ، ފްރާންސް އިން އެ ޓީމުގެ ފޯމު ދަމަހައްޓައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ދަންވަރު ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗު ފްރާންސް އިން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ފްރާންސް އިން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ދެ ވަނަ ހާާފުގަ އެވެ. ކޮލަމްބިއާ އިން އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ފްރާންސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ފްރާންސް އަށް ޖަހައިދިނީ  ޑެޒައިއާ ޑޯއު އެވެ. އޭގެ ފަހުން ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ފްރާންސްގެ މާކަސް ތުރަމް ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ޑޯއު ވަނީ ފްރާންސްގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން ޑޯއު އަށް ފުރުސަތު ތަނަވަސްކޮށްދިނީ ތުރަމް އެވެ. އޭގެ ފަހުން މެޗުގެ 77 ވަނަ މިނެޓުގައި ކޮލަމްބިއާގެ ހަމައެކަނި ލަނޑު ޖެހީ ޖަމިންޓޮން ކަމްޕާޒް އެވެ.

މިއީ މިއަހަރުގެ ޖޫން މަހު ފަށާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ފްރާންސް އިން ކުޅުނު މެޗެކެވެ. ކޮލަމްބިއާ މެޗުގެ ކުރިން ފްރާންސް އިން ވަނީ ބްރެޒިލްއާ ދެކޮޅަށް ކުޅެ، އެ ޓީމުގެ މައްޗަށް ވެސް ކުރި ހޯދައިފަ އެވެ. 

ފްރާންސް ފުޓުބޯޅަ ޓީމުކޮލަމްބިއާ

އިތުރަށް ކިޔާލަން

05 ޖެނުއަރީ 2026

ކޮލަމްބިއާގެ ރައީސަށް ޓްރަމްޕް އިންޒާރު ދެއްވައިފި

05 ޖެނުއަރީ 2026
ކޮލަމްބިއާގެ ރައީސަށް ޓްރަމްޕް އިންޒާރު ދެއްވައިފި
02 އޯގަސްޓު 2025

ކޮލޮމްބިއާގެ ކުރީގެ ރައީސް އަލްވާރޯ އުރިބެއަށް 12 އަހަރުގެ ގޭބަންދު

02 އޯގަސްޓު 2025
ކޮލޮމްބިއާގެ ކުރީގެ ރައީސް އަލްވާރޯ އުރިބެއަށް 12 އަހަރުގެ ގޭބަންދު
20 ނޮވެމްބަރު 2024

އެކުއެޑޯ އަތުން ބަލިވެ، ކޮލަމްބިއާ ހަތަރު ވަނަ އަށް ވެއްޓިއްޖެ

20 ނޮވެމްބަރު 2024
އެކުއެޑޯ އަތުން ބަލިވެ، ކޮލަމްބިއާ ހަތަރު ވަނަ އަށް ވެއްޓިއްޖެ
03 ޖުލައި 2024

ބްރެޒިލާ އެއްވަރުކޮށް، ގްރޫޕްގެ އެއް ވަނަ ކޮލަމްބިއާ އަށް

03 ޖުލައި 2024
ބްރެޒިލާ އެއްވަރުކޮށް، ގްރޫޕްގެ އެއް ވަނަ ކޮލަމްބިއާ އަށް
25 ޖޫން 2024

ޕެރަގުއޭ ބަލިކޮށް، ކޮލަމްބިއާ އަށް ރަނގަޅު ފެށުމެއް

25 ޖޫން 2024
ޕެރަގުއޭ ބަލިކޮށް، ކޮލަމްބިއާ އަށް ރަނގަޅު ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު