Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އީރާން އަށް ކުރިމަތިކުރި ބްލޮކޭޑުގެ ދަށުން، 53 އުޅަނދެއްގެ މިސްރާބު ބަދަލުކޮށްފައިވާ ކަމަށް އެމެރިކާާ އިން ބުނެފި

9 އޯގަސްޓު 2026 | އާދީއްތަ 05:56

ބަންދު ކޮށްފައިވާ ދެ ބޯޓުގެ މައްޗަށް އިތުރު ތަހުގީގުތައް ކުރިއަށްދާ ކަމަށާއި އެ ބޯޓުތަކުގައި ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފު ބާވަތްތައް ހުރި ކަމަށް ބެލެވޭ ކަމަށް ވެސް ސެންޓްކޮމް އިން ބުނެފައިވޭ. ނަމަވެސް، އެ ބޯޓުތަކުގެ އިތުރު އެއްވެސް ތަފްސީލެއް ސެންޓްކޮމް އިން ދީފައި ނުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 އޯގަސްޓު 2026 | އާދީއްތަ 05:56
އެމެރިކާގެ އަސްކަރީ އުޅަނދުތަކެއް ދަތުރު ކުރަމުން އަންނަ މަންޒަރު

އެމެރިކާގެ އަސްކަރީ އުޅަނދުތަކެއް ދަތުރު ކުރަމުން އަންނަ މަންޒަރު | ރޮއިޓާސް

އީރާންއާ ދެކޮޅަށް އެމެރިކާ އިން ކުރިމަތިކޮށްފައިވާ ކަނޑުގެ ބްލޮކޭޑުގެ ދަށުން، 53 ވިޔަފާރި ބޯޓެއްގެ މަގު ބަދަލުކޮށް، ދެ ބޯޓެއް ބަންދު ކޮށްފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފި އެވެ. 

ސެންޓްކޮމް އިން ބުނީ، ބްލޮކޭޑުގެ ދަށުން ހިންގަމުންދާ އޮޕަރޭޝަންތަކުގައި، ބައިނަލްއަޤުވާމީ ކަނޑުގެ ޤާނޫނާ އެއްގޮތަށް އަމަލު ކުރަމުންދާ ކަމަށެވެ. މީގެ ތެރެއިން އިންސާނީ އެހީތެރިކަން ގެންދަމުން ދިޔަ 30 ބޯޓަކަށް ދަތުރު ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ވެސް، ސެންޓްކޮމް އިން ބުނެފައިވެ އެވެ. 

އިންސާނީ އެހީތެރިކަމުގެ ބާވަތްތައް ގެންދަމުން ދިޔަ ބޯޓުތަކަށް ދަތުރު ކުރުމުގެ ހުއްދަ ދީފައި ވަނީ، އިންސާނީ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެއްގެ ގޮތުގައި ކަމަށް ސެންޓްކޮމް އިން ވަނީ ބުނެފައި އެވެ. 

ބަންދުކޮށްފައިވާ ދެ ބޯޓުގެ މައްޗަށް އިތުރު ތަހުގީގުތައް ކުރިއަށްދާ ކަމަށާއި، އެ ބޯޓުތަކުގައި ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފު ބާވަތްތައް ހުރި ކަމަށް ބެލެވޭ ކަމަށް ވެސް ސެންޓްކޮމް އިން ބުނެފައިވެ އެވެ. ނަމަވެސް، އެ ބޯޓުތަކުގެ އިތުރު އެއްވެސް ތަފްސީލެއް ސެންޓްކޮމް އިން ދީފައި ނުވެ އެވެ. 

މަގު ބަދަލުކުރި 53 ވިޔަފާރީގެ ބޯޓުތަކަކީ، އީރާންގެ ބަނދަރުތަކަށް ދަތުރު ކުރަމުން ދިޔަ ބޯޓުތަކެއް ކަމަށާއި، އެ ބޯޓުތައް އެހެން މަގުތަކުން ދިޔުމަށް އަންގާފައިވާ ކަމަށް ވެސް، ސެންޓްކޮމް އިން ބުނެފައިވެ އެވެ. އީރާން އަށް ކުރިމަތި ކޮށްފައިވާ ބްލޮކޭޑުގެ ސަބަބުން، އީރާންގެ އިޤްތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ވެސް ތަޖުރިބާކާރުން ބުނެފައިވެ އެވެ. 

އީރާންއާ ދެކޮޅަށް އެމެރިކާ އިން ކަނޑުގެ ބްލޮކޭޑް އަލުން ފަށާފައި ވަނީ، އެ ޤައުމާއި އެމެރިކާއާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެފައިވާ ވަގުތެއްގައި އެވެ. އެމެރިކާގެ ވެރިން ބުނަމުން އަންނަނީ، ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އީރާން އިން ބޯލަނބަން ޖެހޭނެ ކަމަށާއި އީރާން އަށް ދަތިކުރުން ކުރިއަށް ގެންދާނެ ކަމަށެވެ. 

އީރާންއާ ދެކޮޅަށް އެމެރިކާ އިން ކުރިމަތިކުރަމުން އަންނަ ކަނޑުގެ ބްލޮކޭޑް އާއި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާންގެ ރައްޔިތުންނަށް އެތައް ގޮންޖެހުންތަކެއް ދިމާވާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި ބައިނަލްއަޤުވާމީ މުޖުތަމައުން ވެސް އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

މަސްދަރު: އަލް ޖަޒީރާ

ނޭވަލް ބްލޮކޭޑްސެންޓްކޮމްއީރާން-އެމެރިކާ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

05 އޯގަސްޓު 2026

ޓްރަމްޕްގެ ވަރުގަދަ އިންޒާރުތަކެއް އީރާން އަށް، "ކުރިއަށް އަދި އޮތީ!"

05 އޯގަސްޓު 2026
ޓްރަމްޕްގެ ވަރުގަދަ އިންޒާރުތަކެއް އީރާން އަށް، "ކުރިއަށް އަދި އޮތީ!"
30 ޖުލައި 2026

އެމެރިކާއިން އީރާނަށް އަނެއްކާވެސް ބޮން އަޅާ، ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖުލައި 2026
އެމެރިކާއިން އީރާނަށް އަނެއްކާވެސް ބޮން އަޅާ، ބޮޑެތި ގެއްލުންތަކެއް ދީފި
23 ޖުލައި 2026

ތެލުގެ އަގު 100 ޑޮލަރަށް އަރައިފި

23 ޖުލައި 2026
ތެލުގެ އަގު 100 ޑޮލަރަށް އަރައިފި
23 ޖުލައި 2026

އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

23 ޖުލައި 2026
އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
21 ޖުލައި 2026

ހުރްމުޒް ގައި ޓޭންކަރުތަލުގައި ރޯވެފައި، އެމެރިކާ އާއި އީރާނުން ހަމަލާތައް ބަދަލު ކުރަނީ، އެންމެ ފަހުގެ ޚަބަރަކީ ކޮބާ؟

21 ޖުލައި 2026
ހުރްމުޒް ގައި ޓޭންކަރުތަލުގައި ރޯވެފައި، އެމެރިކާ އާއި އީރާނުން ހަމަލާތައް ބަދަލު ކުރަނީ، އެންމެ ފަހުގެ ޚަބަރަކީ ކޮބާ؟
20 ޖުލައި 2026

މަސްރަހު ފިނިކުރަން މެދުވެރިންގެ ފަރާތުން ހުށަހެޅުމެއް ވަނީ ލިބިފައި، އެމެރިކާގެ ޖަރީމާތަކަށް ބަދަލުހިފަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން: އީރާން

20 ޖުލައި 2026
މަސްރަހު ފިނިކުރަން މެދުވެރިންގެ ފަރާތުން ހުށަހެޅުމެއް ވަނީ ލިބިފައި، އެމެރިކާގެ ޖަރީމާތަކަށް ބަދަލުހިފަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން: އީރާން
20 ޖުލައި 2026

އެމެރިކާއިން މެދުނުކެނޑި ނުވަވަނަ ރޭ ވެސް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

20 ޖުލައި 2026
އެމެރިކާއިން މެދުނުކެނޑި ނުވަވަނަ ރޭ ވެސް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފި
19 ޖުލައި 2026

އީރާނަށް އެމެރިކާއިން ޖެހިޖެހިގެން އަށްވަނަ ރޭ ހަމަލާދީފި، އީރާނުން ގަލްފުގައި ހުރި އެމެރިކާގެ ބޭސްތަކަށް ރައްދު ހަމަލާދީފި - އެންމެ ފަހުގެ މައުލޫމާތު

19 ޖުލައި 2026
އީރާނަށް އެމެރިކާއިން ޖެހިޖެހިގެން އަށްވަނަ ރޭ ހަމަލާދީފި، އީރާނުން ގަލްފުގައި ހުރި އެމެރިކާގެ ބޭސްތަކަށް ރައްދު ހަމަލާދީފި - އެންމެ ފަހުގެ މައުލޫމާތު
18 ޖުލައި 2026

އުރުދުން އަށް އީރާނުން ދިން ހަމަލާ އެއްގައި އެމެރިކާގެ ދެ ސިފައިންގެ މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފި

18 ޖުލައި 2026
އުރުދުން އަށް އީރާނުން ދިން ހަމަލާ އެއްގައި އެމެރިކާގެ ދެ ސިފައިންގެ މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފި
17 ޖުލައި 2026

އީރާނުގެ ވަރުގަދަ އިންޒާރު: އެމެރިކާގެ އަސްކަރިއްޔާއަށް ނިސްބަތްވާ އުޅަނދުފަހަރާއި ވަސީލަތްތައް މިދަނީ ވަރަށް ގާތުން މޮނިޓަރު ކުރަމުން "ޒީރޯ އަވާ" އާ ދަނީ ގާތްވަމުން!

17 ޖުލައި 2026
އީރާނުގެ ވަރުގަދަ އިންޒާރު: އެމެރިކާގެ އަސްކަރިއްޔާއަށް ނިސްބަތްވާ އުޅަނދުފަހަރާއި ވަސީލަތްތައް މިދަނީ ވަރަށް ގާތުން މޮނިޓަރު ކުރަމުން "ޒީރޯ އަވާ" އާ ދަނީ ގާތްވަމުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް