Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބ. އޭދަފުށި

އޭދަފުށީ އެމްއެންޔޫ ކެމްޕަސްގެ މަސައްކަތް ހުއްޓި، އެ ސަރަހައްދު މަދިރި އާލާވާ ތަނަކަށް ވެއްޖެ

7 އޯގަސްޓު 2026 | ހުކުރު 07:55

އޭދަފުށީގައި އިމާރާތްކުރާ އެމްއެންޔޫ ކެމްޕަހުގެ އަމަލީ މަސައްކަތް ހުއްޓި، ކޮނެފައިވާ ވަޅުގަނޑުތަކުގައި ފެންބޮޑުވެ މަދިރި އާލާވާތީ ރަށުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. މި މަޝްރޫއަކީ އިންތިޚާބާ ދިމާކޮށް ދެއްކި "ދަޅައެއް" ކަމަށް ބުނެ ދާއިރާގެ މެންބަރަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، މަސައްކަތް އަވަސްކުރުމަށް އާންމުން ދަނީ ގޮވާލަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 7 އޯގަސްޓު 2026 | ހުކުރު 07:55
އޭދަފުށީ އެމްއެންޔޫ ކެމްޕަސްގެ މަސައްކަތް ވަނީ ހުއްޓިފައި

އޭދަފުށީ އެމްއެންޔޫ ކެމްޕަސްގެ މަސައްކަތް ވަނީ ހުއްޓިފައި | ސޯޝަލް މީޑިއާ

ބ. އޭދަފުށީގައި އިމާރާތް ކުރުމަށް ނިންމާފައިވާ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކެމްޕަސްގެ މަސައްކަތް ހުއްޓި، އެ ތަނުގެ ބިން ކޮނެފައި އޮތް ސަރަހައްދުގައި ފެންބޮޑުވެ މަދިރި އާލާވާ މައްސަލަ ފެންމަތިވެއްޖެ އެވެ.

މި މަޝްރޫއަކީ އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް ދެއްކި "ދަޅައެއް" ކަމަށް ބުނެ އެ ރަށުގެ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Advertisement - newsAdvertisement

ސޯޝަލް މީޑިއާގައި އާއްމުންގެ މީހަކު އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ބުނީ، މި މަޝްރޫއަށް މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި، މިހާރު އެ ސަރަހައްދުގައި ފެންނަން ހުރީ ހަމައެކަނި ޖަހާފައިވާ ފެންސުތަކާއި ދާގަނޑުތައް އެކަނި ކަމަށާއި، އެއްވެސް އިމާރާތެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ. 

އިމާރާތް ކުރުމަށްޓަކައި ކޮނެފައިވާ ވަޅުގަނޑުތަކުގައި ފެން ހެދިފައި ހުރުމުގެ ސަބަބުން، އެ ތަނަކީ މަދިރި އާލާވާ ނުރައްކާތެރި ތަނަކަށް ވެފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ބައެއް މީހުން ވަނީ އެ ތަނުގައި ހެދިފައި ހުރި ފެންގަނޑުތަކަކީ "ބޮޑު ކަންނެލި އާލާކުރަން ހަދާފައި ހުރި ފެންގަނޑުތަކެއް ފަދަ" ތަންތަން ކަމަށް ސިފަކޮށްފަ އެވެ.

މީގެ އިތުރުން މި މައްސަލައިގައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އަށް ވެސް ބޮޑެތި ފާޑު ކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

މި މަޝްރޫއުގެ ހަގީގީ ހާލަތު އޮތް ގޮތް ރައްޔިތުންނަށް ސާފުކޮށްދީ، މި ކަންކަން ރަނގަޅު ކުރުމަށް މެންބަރުގެ ހައިސިއްޔަތުން މަސައްކަތް ކުރުމަށް ގޮވާލާފައިވެ އެވެ. 

އޭދަފުށީ އެމްއެންޔޫ ކެމްޕަސްގެ މަސައްކަތް ހުއްޓިފައިވާއިރު، އެސަރަހައްދުގައި ކޮނެފައިވާ ވަޅުގަނޑުގައި ވަނީ މަދިރި އާލާވެފައި

އޭދަފުށީ އެމްއެންޔޫ ކެމްޕަސްގެ މަސައްކަތް ހުއްޓިފައިވާއިރު، އެސަރަހައްދުގައި ކޮނެފައިވާ ވަޅުގަނޑުގައި ވަނީ މަދިރި އާލާވެފައި | ސޯޝަލް މީޑިއާ

11 އޯގަސްޓް 2025 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގައި އެމްއެންޔޫގެ ކެމްޕަހެއް ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ވަނީ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. 

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 80.79 މިލިއަން ރުފިޔާ އަށް 720 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މީގެ އިތުރުން 5 މާޗް 2026 ގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައި އެމްއެންޔޫ ކެމްޕަހުގެ ބިންގާ އަޅާފައިވެ އެވެ. 

އެމްއެންޔޫގެ އައު އިމާރާތުގެ ބިންގާ އަޅަން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ ޔުނިވާރސިޓީގެ ބިންގާ އަޅުއްވައިދީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އޭރު މަތީ ތައުލީމާއި ބެހޭ ވަޒީރު ކަމުގައި ހުންނެވި، ޑރ. އަލީ ހައިދަރު އަހްމަދެވެ.

3500 މީހުންގެ އާބާދީއެއް އޮންނަ އޭދަފުށީގައި މި ކެމްޕަސް ގާއިމުކުރެވުމުން، އެ ސަރަހައްދުގެ ޒުވާނުންނަށް މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް އިތުރުވެގެންދާނެ އެވެ. ނަމަވެސް މިފަދަ މުހިންމު މަޝްރޫއުތައް ހުއްޓިފައި އޮތުމަކީ ރަށުގެ ތަރައްގީއަށް އެޅޭ ބޮޑު ހުރަހެއް ކަމަށް އޭދަފުށީގެ ރައްޔިތުން ދަނީ ބުނަމުންނެވެ. 

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީބ. އޭދަފުށިއެމްއެންޔޫ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

14 ޖުލައި 2026

އޭދަފުށި ފަޅުތެރެއިން މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

14 ޖުލައި 2026
އޭދަފުށި ފަޅުތެރެއިން މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ
02 ޖުލައި 2026

އިމްތިހާންއާ ދިމާކޮށް ދަރިވަރުން ދަނާލުން ނުނެރޭނެ، ތަން ހުސް ކުރުމަށް ވެސް ނާންގާނެ: އެމްއެންޔޫ

02 ޖުލައި 2026
އިމްތިހާންއާ ދިމާކޮށް ދަރިވަރުން ދަނާލުން ނުނެރޭނެ، ތަން ހުސް ކުރުމަށް ވެސް ނާންގާނެ: އެމްއެންޔޫ
20 ޖޫން 2026

ރަސްފަންނު މޫދަށްއެރޭ ސަރަހައްދުގައި އިންސާނުންގެ ނަޖިހުގެ އަސަރު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި

20 ޖޫން 2026
ރަސްފަންނު މޫދަށްއެރޭ ސަރަހައްދުގައި އިންސާނުންގެ ނަޖިހުގެ އަސަރު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި
15 ފެބުރުއަރީ 2026

އޭސީސީން އެމްއެންޔޫގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން ކުރިއެރުވުމުގެ މަސައްކަތް ކުރަނީ

15 ފެބުރުއަރީ 2026
އޭސީސީން އެމްއެންޔޫގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން ކުރިއެރުވުމުގެ މަސައްކަތް ކުރަނީ
04 ޖެނުއަރީ 2026

ޕެނަލްޓީގައި މޮޅުވެ، އޭދަފުށިން ޗެރިޓީ ޝީލްޑު ކާމިޔާބު ކޮށްފި

04 ޖެނުއަރީ 2026
ޕެނަލްޓީގައި މޮޅުވެ، އޭދަފުށިން ޗެރިޓީ ޝީލްޑު ކާމިޔާބު ކޮށްފި
12 ޖުލައި 2025

އޭދަފުށީ ކައުންސިލުން ހުއްދަ ނުހޯދައި އިތުރުގަޑީގެ މަސައްކަތް ކުރުވައި ލިމިޓެއް ނެތި ފައިސާ ދީފައިވޭ: އޮޑިޓް ރިޕޯޓް

12 ޖުލައި 2025
އޭދަފުށީ ކައުންސިލުން ހުއްދަ ނުހޯދައި އިތުރުގަޑީގެ މަސައްކަތް ކުރުވައި ލިމިޓެއް ނެތި ފައިސާ ދީފައިވޭ: އޮޑިޓް ރިޕޯޓް
08 މެއި 2024

އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އަޅަނީ

08 މެއި 2024
އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އަޅަނީ
14 ނޮވެމްބަރު 2023

އޭދަފުށީގެ ފަޚުރުވެރި ކެޕްޓަން މަޖީދު: ރަށުގައި އަދިވެސް އޮތީ އިޙްތިރާމާއި ލޯބި

14 ނޮވެމްބަރު 2023
އޭދަފުށީގެ ފަޚުރުވެރި ކެޕްޓަން މަޖީދު: ރަށުގައި އަދިވެސް އޮތީ އިޙްތިރާމާއި ލޯބި
02 ނޮވެމްބަރު 2023

އޭދަފުށީގައި ކުރިން ކުޅެނީ މަތިން، މިހާރު ތިރިން

02 ނޮވެމްބަރު 2023
އޭދަފުށީގައި ކުރިން ކުޅެނީ މަތިން، މިހާރު ތިރިން
29 އޮކްޓޯބަރު 2023

އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމް: އެހެން ރަށްރަށާއި ސަރުކާރަށް ވެސް ނަމޫނާއެއް

29 އޮކްޓޯބަރު 2023
އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމް: އެހެން ރަށްރަށާއި ސަރުކާރަށް ވެސް ނަމޫނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް