Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިމާބެހޭ ޤަވާއިދު

ރައީސްގެ ހުއްދައާއެކު، ސަރުކާރު ކުންފުނިތަކަށް ބިން ދޫކުރެވޭ ގޮތަށް ޤަވާއިދެއް އެކުލަވާލައި އަމަލުކުރަން ފަށައިފި

6 އޯގަސްޓު 2026 | ބުރާސްފަތި 08:36

ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށް ބިން ދޫކުރެވޭ ގޮތަށް، ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ އައު ގަވާއިދަށް އަމަލުކުރަން ފަށައިފި. މި ގަވާއިދުގެ ދަށުން ބިމުގެ އަގާއި ކުލި ކަނޑައަޅާނީ ރައީސް އައްޔަންކުރައްވާ 9 މެންބަރުންގެ "ލޭންޑް ވެލުއޭޝަން ކޮމިޓީ" އަކުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 އޯގަސްޓު 2026 | ބުރާސްފަތި 08:36
ނޭޝަންޗެޓް: އެޕިސޯޑް 3 ގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ

ނޭޝަންޗެޓް: އެޕިސޯޑް 3 ގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށް ބިން ދޫކުރެވޭ ގޮތަށް ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމާއި، ރަޖިސްޓަރީކުރުމުގެ ގަވާއިދަށް ބަދަލު ގެނެސް، އައު ޤަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.

މި ސަރުކާރުން ފުރަތަމަ މި ގަވާއިދު އެކުލަވާލީ 2024 ވަނަ އަހަރު އެވެ. އޭގެ ފަހުން ދެފަހަރެއްގެ މަތިން ގަވާއިދަށް އިސްލާޙު ގެނެސްފައިވާއިރު، މިހާރު އެ ގަވާއިދު ބާތިލުކޮށް މުޅިން އައު ގަވާއިދެއް އެކުލަވާލާފައިވެ އެވެ. އައު ގަވާއިދުގައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށް ބިން ދޫކުރެވޭ ގޮތަށް މާއްދާއެއް ވަނީ އިތުރުކޮށްފަ އެވެ.

Advertisement - newsAdvertisement

އެ މާއްދާގައިވާ ގޮތުން ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުން ކަނޑައަޅާ ސިޔާސަތަކާ އެއްގޮތްވާ ގޮތުގެ މަތިން އަދި ބިމާ ބެހޭ އިދާރާގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކަށް ބިން ދޫކުރެވިދާނެ އެވެ.

މި ގަވާއިދުގެ ދަށުން ބިން ދޫކުރެވޭ 6 ގޮތެއް އޮންނައިރު، އޭގެ ތެރޭގައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށް ބިން ދޫކުރުންވެސް ވަނީ ހިމަނާފަ އެވެ.

މީގެ އިތުރުން، ގަވާއިދުގައި ހިމެނޭ ބައެއް އިތުރު ކަންކަމަށް ބަލާއިރު، ބިމުގެ އަގާއި ކުލި ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ލޭންޑް ވެލުއޭޝަން ކޮމިޓީންކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އެ ގޮތަށް އަގު ކަނޑައެޅުމުގައި ބަލަންޖެހޭ ކަންކަންވެސް ވަނީ ބަޔާންކޮށްފަ އެވެ. އޭގެ ތެރޭގައި ބިމުގެ ތަނަވަސްކަމާއި، އިގްތިސާދީ ފުދުންތެރިކަމާއި، ބިމުގެ ޑިމާންޑް ހިމެނެ އެވެ.

ލޭންޑް ވެލުއޭޝަން ކޮމިޓީގައި 9 މެންބަރުން ހިމެނޭއިރު، ކޮމިޓީ ޗެއަރ ކުރާނީ އެ 9 މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުކަމަށް ބަޔާންކޮށްފައިވެ އެވެ.

ލޭންޑް ވެލުއޭޝަން ކޮމިޓީގައި ހިމެނެނީ، މާލީ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް، ބިން ބޭނުންކުރުމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ ދެ މެމްބަރުން، އިގްތިސާދާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް، މަސްވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް، ފަތުރުވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް، އިމާރާތްކުރުމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް، ދަނޑުވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މެންބަރެކެވެ.

ލޭންޑް ވެލުއޭޝަން ކޮމިޓީބިމާބެހޭ ޤާނޫނު

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

13 އެޕްރީލު 2026

މައިމުޅަވާ ދަރިންނަށް ބަންޑާރަ ބިމުން ބައެއް ލިބޭ ގޮތަށް ހުށަހެޅި އިސްލާހު ބަލަ އެއް ނުގަތް

13 އެޕްރީލު 2026
މައިމުޅަވާ ދަރިންނަށް ބަންޑާރަ ބިމުން ބައެއް ލިބޭ ގޮތަށް ހުށަހެޅި އިސްލާހު ބަލަ އެއް ނުގަތް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް