Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމް އިބްރާހިމް

ގާސިމް މިއަދު ވެސް ފްލައިޓަކަށް ނޭރުވި، ފަރުވާގެ މުއްދަތު ކަރެކްޝަނުން އިތުރުކޮށް ނުދިން!

2 އޮކްޓޯބަރު 2017 | ހޯމަ 14:06

ގާސިމަކީ ފްލައި ކުރުމަށް އަންފިޓް މީހެއް ކަމަށް އެއާލައިނުން ވަނީ ކަނޑައަޅާފަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 2 އޮކްޓޯބަރު 2017 | ހޯމަ 14:06
ޖުމްހޫރީ ޕާޓީީގެ ލީޑަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީީގެ ލީޑަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާއަށް ސަރުކާރުން ދިން މުއްދަތު ހޯމަ ދުވަހު ހަމަވާއިރު، ގާސިމް ފްލައިޓަށް އެރުވުމަށް އެއާލައިނުން އަނެއްކާ ވެސް ދެކޮޅު ހަދާފައިވާ ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

ގާސިމްގެ ގާނޫނީ ވަކީލުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ގާސިމްގެ އާއިލާއަށް އަންގާފައިވަނީ، ހޯމަ ދުވަހުގެ ކުރިން އެމަނިކުފާނު މާލެ ގެނެސް އެސަރވިސްއާ ހަވާލުކުރުމަށް ކަމަށެވެ. ނަމަވެސް، އެމަނިކުފާނަކީ ފްލައި ކުރުމަށް އަންފިޓް މީހެއް ކަމަށް ކުރީންވެސް ކަނޑައަޅާފައިވާތީ އާއި އެމަނިކުފާނުގެ މެޑިކަލް ސްޓޭޓަސް އަށް ބަދަލެއް އައިސްފައި ނުވާތީ އެއަރލައިނުން އެމަނިކުފާނަށް ހޯމަ ދުވަހު ވެސް ދަތުރު ކުރުމަށް ހުއްދަ ދީފައިނުވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

އެހެންކަމުން ސިންގަޕޫރުން މާލެއަށް އޮންރަބަލް ޤާސިމް އިބްރާހީމަށް ދަތުރުކުރުމުގެ ހުއްދަ އެއަރލައިނުން ދީފައިނުވާކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހޯމަ ދުވަހު ވެސް އަންގާފައިވާނެ ކަމަށް ވަކީލުން ވިދާޅުވެފައިވެއެވެ.

ވަކީލުން ވިދާޅުވީ ކަރެކްޝަނަށް ހުށަހަޅާފައިވާ ގާސިމްގެ ޑޮކްޓަރުންގެ މެޑިކަލް ރިޕޯރޓް ގައިވާ ފަދައިން އެމަނިކުފާނުގެ ހިތުގެ އީ.ޕީ.ސްޓަޑީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތް ނޮވީނާ ހޮސްޕިޓަލުގައި ހެދުމަށް އޮކްޓޯބަރު 19 ވަނަ ދުވަހަށް ޝެޑިއުލް ކޮށްފައިވާކަމާއި، އީ.ޕީ.ސްޓަޑީ އަށްފަހުވެސް އިތުރު ފަރުވާކުރުމަށްޓަކައި ސިންގަޕޫރުގައި ހުންނަވަންޖެހޭނެ ކަމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާކަންވެސް ވަނީ ކަރެކްޝަނަށް އަންގާފައެވެ.

ގާސިމަށް ސިންގަޕޫރުގައި ފަރުވާދެއްވާ ޑޮކްޓަރުންގެ މެޑިކަލް ރިޕޯރޓް ގައިވާ މުއްދަތަށް ފަރުވާ ލިބިގަތުމަށްޓަކައި ސިންގަޕޫރުގައި ހުންނެވުމަށް ހުއްދަ ދެއްވުމަށާއި އެކަމަށް ބޭނުންވާ އިންތިޒާމް ހަމަޖައްސަވައި ދެއްވުން އެދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި އެމަނިކުފާނުގެ ފަރާތްޕުޅުން ތަކުރާރުކޮށް އެދިވަޑައިގެންނެވުމުން، ހޯމަ ދުވަހުގެ ހަވީރު 4:55 ގައި ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދެވެން ނެތްކަމަށް އެސަރވިސްއިން ގާސިމްގެ ޢާއިލާއަށް އަންގާފައިވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ފަންނީ ޑޮކްޓަރުންގެ ލަފަޔާއި، އަދި ކްރިމިނަލް ކޯޓުގެ ހުކުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ކޮށްފައިވާ އަމުރާއި، އެސަރވިސްގެ ފަރާތުން ތަބާވާންޖެހޭ ޤާނޫނީ އޮނިގަނޑުގައި އެފަރާތުގެ މައްޗަށް ޢަމަލުކުރަން ލާޒިމުކުރާ އުޞޫލުތަކާ އެއްގޮތަށް ގާސިމަށް ރާއްޖެއިން ބޭރުގައި ބޭސް ފަރުވާ ކުރުމަގެ ފުރަޞަތު ދެއްވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށާއި ދިވެހި ސަރުކާރަށް ވަކީލުން ވަނީ ގޮވާލައްވާފަ އެވެ.

ވަކީލުން ވިދާޅުވީ ގާސިމް 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ޙުކުމްކުރިއިރުވެސް، އެމަނިކުފާނުގެ ފުރާނައަށް ނުރައްކާތެރިވެފައިވާ ކަމަށާއި އެމަނިކުފާނަށް ބޭނުންވާ ފަރުވާ ރާއްޖެއިން ލިބެން ނެތްކަމަށް މާލޭގެ އެންމެ ބޮޑު ތިން ހޮސްޕިޓަލް ކަމަށްވާ އައި.ޖީ.އެމް.އެޗް އާއި އޭ.ޑީ.ކޭ. ހޮސްޕިޓަލް އަދި މެޑިކާ ހޮސްޕިޓަލްގެ ސްޕްޝަލިސްޓް ޑޮކްޓަރުން ލަފާދެއްވާފައިވާތީ، ސެޕްޓެމްބަރު 6 ވަނަ ދުވަހު ކަރެކްޝަނުން އެމަނިކުފާނުގެ އާލާސްކަންފުޅަށް ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމުގެ ހުއްދަ ދެއްވުމަށް ފަހު، ޑޮކްޓަރުންގެ ލަފާއާއި އިރުޝާދާ ޚިލާފަށް، އެމަނިކުފާނުގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެދާނެ ގޮތަށް އެ ސަރވިސްގެ ފަރާތުން ތަކުރާރުކޮށް ޢަމަލުކުރަމުން ގެންދާ މައްސަލައަކީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

މިއަދު އަމާންދީފިނަމަ، މާދަމާވެސް ތިބެންޖެހޭނީ އަޅުވެތިކަމުގައި: ޝިދާތާ

23 ފެބުރުއަރީ 2017
މިއަދު އަމާންދީފިނަމަ، މާދަމާވެސް ތިބެންޖެހޭނީ އަޅުވެތިކަމުގައި: ޝިދާތާ
21 ފެބުރުއަރީ 2017

ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

21 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!
13 ފެބުރުއަރީ 2017

ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ

13 ފެބުރުއަރީ 2017
 ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް