Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ކުރީގެ ނައިބު ރައީސް ކަމަލާ 8.15 މިލިއަން ޑޮލަރަށް "ގަނޑުވަރެއް ފަދަ" ގެކޮޅެއް ބައްލަވައިގެންފި

31 ޖުލައި 2026 | ހުކުރު 08:21

ކެލިފޯނިއާގެ މަލިބޫގެ އަތިރިމަތީގައި ހުންނަ މި ގެކޮޅު ނުވަތަ މޭންޝަން އަކީ 4000 އަކަފޫޓުގެ ބޮޑު އިންވެސްޓްމަންޓެއް. މި ގެކޮޅުގައި ކަނޑުގެ ހިތްގައިމު މަންޒަރުތައް ފެންނަން ހުރުމުގެ އިތުރުން، ވައިން ފިނިކުރާ ގިނަ ފްރިޖްތަކާއި، އަމިއްލަ ގޮލްފް ކުޅޭ ދަނޑަކާއި، ފަސް ކާރު ޕާކު ކުރެވޭނެ ޖާގަ ހިމެނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޖުލައި 2026 | ހުކުރު 08:21
އެމެރިކާާގެ ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް

އެމެރިކާާގެ ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް | ރޮއިޓާސް

އެމެރިކާގެ ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް ކެލިފޯނިއާގެ މުއްސަނދި ސަރަހައްދަކުން 8.15 މިލިއަން އެމެރިކާ ޑޮލަރަށް އައު ގެކޮޅެއް ބައްލަވައިގެންފައިވާއިރު، ގިނަ ބައެއްގެ ފާޑު ކިޔުން އެކަމަށް އަމާޒުވެއްޖެ އެވެ.

އެގޮތުން ކަމަލާގެ ސިޔާސީ ފަލްސަފާ އާއި އަމިއްލަ ދިރިއުޅުމާ ދެމެދު ހުރި ފަރަގާ މެދު ގިނަ ބަޔަކު ވަނީ ފާޑު ކިޔަން ފަށައިފަ އެވެ. ކަޅު ނަސްލުގެ މީހުންނަށް ދިރިއުޅުމުގެ ފުރުސަތުތައް ހޯދައި ދިނުމަށާއި، ނަސްލީ ތަފާތުކުރުންތައް ނައްތާލުމަށް ވަކާލާތު ކުރައްވާ ކަމަލާ މިފަހަރު ދިރިއުޅުން ބަދަލު ކުރެއްވީ، ކަޅު ނަސްލުގެ މީހުން އެއްވެސް ވަރަކަށް ދިރިނޫޅޭ "ޕޮއިންޓް ޑޫމް" ކިޔާ އެކްސްކްލޫސިވް އަވަށަކަށެވެ. 

ކެލިފޯނިއާގެ މަލިބޫގެ އަތިރިމަތީގައި ހުންނަ މި ގެކޮޅު ނުވަތަ މޭންޝަން އަކީ 4000 އަކަފޫޓުގެ ބޮޑު އިންވެސްޓްމަންޓެކެވެ. މި ގެކޮޅުގައި ކަނޑުގެ ހިތްގައިމު މަންޒަރުތައް ފެންނަން ހުރުމުގެ އިތުރުން، ވައިން ފިނިކުރާ ގިނަ ފްރިޖްތަކާއި، އަމިއްލަ ގޮލްފް ކުޅޭ ދަނޑަކާއި، ފަސް ކާރު ޕާކު ކުރެވޭނެ ޖާގަ ހިމެނެ އެވެ. 

އެމެރިކާގެ ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް ބައްލަަވައި ގެންނެވި އައު ގެކޮޅު

އެމެރިކާގެ ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް ބައްލަަވައި ގެންނެވި އައު ގެކޮޅު | ނިއުޔޯކް ޕޯސްޓް

ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މި ސަރަހައްދުގެ އާބާދީގެ 94 އިންސައްތަ އަކީ ދޮން ނަސްލުގެ މީހުންނެވެ. އަދި ކަޅު ނަސްލުގެ މީހުންގެ ނިސްބަތަކީ އެންމެ 0.2 އިންސައްތަ ކަމަށް ބުނެފައިވެ އެވެ. 

ކަމަލާގެ މި ނިންމުމަށް ފާޑު ކިޔުން އަމާޒު ވަނީ، ކަޅު ނަސްލުގެ މީހުންގެ މެދުގައި ދިރިއުޅުމުގެ މުހިންމުކަމާ ގުޅޭ ގޮތުން މީގެ ކުރިން އޭނާ ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެންނެވެ. އެގޮތުން 2019 ވަނަ އަހަރު ވޮޝިންޓަން ޕޯސްޓަށް ދެއްވި އިންޓަވިޔުއެއްގައި، ކަޅު ނަސްލުގެ މީހުންނަށް ޚާއްސަ ހަވާޑް ޔުނިވާސިޓީގައި ކިޔެވި ދުވަސްވަރުގެ ހަނދާންތައް އައު ކުރައްވަމުން ކަމަލާ ވިދާޅުވީ، ތިމާއާ އެއްގޮތް މީހުން ގިނަ މުޖުތަމައެއްގައި އުޅުމަކީ އަމިއްލަ ނަފްސު ދެނެގަތުމަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށެވެ. 

ނަަމަވެސް، މިހާރު ކަމަލާ ދިރިއުޅުއްވުން ބަދަލު ކުރެއްވި ސަރަހައްދަކީ، ބައެއް ޖަމާއަތް ތަކުން ތުހުމަތު ކުރާ ގޮތުގައި ނަސްލީ ގޮތުން ބައި މަދު މީހުން އެ ސަރަހައްދުގެ ގޮނޑު ދޮށް ތަކަށް ވަނުން ހުއްޓުވުމަށް ހުރަސް ތަކެއް ކުރިމަތިކުރާ ތަނެކެވެ. 

ކަމަލާގެ ސިޔާސީ ޙަޔާތަށް ބަލާއިރު، އޭނާ ވަނީ ބޯހިޔާހަވި ކަމުގެ ދާއިރާގައި ހުރި ނަސްލީ ތަފާތު ކުރުންތައް ނައްތާލުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވައިފަ އެވެ. އެގޮތުން 2012 ވަނަ އަހަރު ކެލިފޯނިއާގެ އެޓާނީ ޖެނަރަލްގެ މަޤާމުގައި ހުންނެވިއިރު، ފެއާ ހައުސިން އެކްޓް ތަންފީޒު ކުރުމަށް ކަމަލާ ވަކާލާތު ކުރެއްވި އެވެ. އަދި ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި 2024 ވަނަ އަހަރު ހުންނެވިއިރު، ނަސްލީ ގޮތުން ތަފާތު ކުރުންތައް ކުރިމަތިވެފައިވާ އާއިލާ ތަކަށް 100 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ދިނުމަށް ހުށަހެޅުއްވި އެވެ. 

މީގެ އިތުރުން ކަމަލާގެ ނަސްލީ އައިޑެންޓިޓީއާ މެދު ވެސް މީގެ ކުރިން ވަނީ ސުވާލު އުފެދިފައި އެވެ. އިންޑިއާ އަދި ޖަމައިކާގެ ނަސްލަށް ނިސްބަތްވާ ކަމަލާ ބޮޑުވެފައި ވަނީ، ދޮން ނަސްލުގެ މީހުން ގިނަ އަދި މުއްސަނދި ސަރަހައްދު ތަކުގައި އެވެ. 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ޑޮނަލްޑް ޓްރަމްޕް ވަނީ، ކަމަލާ ކަޅު ނަސްލު ބޭނުން ކުރައްވަނީ ސިޔާސީ މަންފާ އަށް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި އޭނާގެ ފިރިކަލުން ޑަގް އެމްހޮފް އަކީ ވެސް ދޮން ނަސްލުގެ ބޭފުޅެކެވެ. 

އެމެރިކާގައި 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ކަމަލާ ވާދަ ކުރައްވާނެ ކަމުގެ އަޑު ތަކެއް މިހާރު ދަނީ ފެތުރެމުންނެވެ. ނަމަވެސް، އައު ގެކޮޅެއް ބައްލަވައިގަތް މައްސަލައިގައި ފޮކްސް ނިއުސް އިން ސުވާލު ކުރުމުން، ކަމަލާގެ ތަރުޖަމާނު އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެ އެވެ.

މަސްދަރު: ފޮކްސް ނިއުސް

އެމެރިކާކަމަލާ ހެރިސް

އިތުރަށް ކިޔާލަން

31 ޖުލައި 2026

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

31 ޖުލައި 2026
ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި
31 ޖުލައި 2026

ޖޯން އޮސޮފް، ޑިމޮކްރެޓިކް ޕާޓީ އިން ބޭނުންވާފަދަ އައު "އޮބާމާ"!

31 ޖުލައި 2026
ޖޯން އޮސޮފް، ޑިމޮކްރެޓިކް ޕާޓީ އިން ބޭނުންވާފަދަ އައު "އޮބާމާ"!
30 ޖުލައި 2026

ހޯމަ ދުވަހު އާންމު ކުރި ރެކޯޑިންތަކުގައި ބައިޑަންގެ ހަނދާނުގެ މައްސަލަ ހުންނާތީ ނަންތައް ނޯޓުކޮށްގެން އުޅުއްވި ކަމާއި، ސިއްރު ލިޔެ ކިޔުންތަކެއް ގޭގައި ބެހެއްޓެވި ކަމުގެ ވާހަކަތައް!

30 ޖުލައި 2026
ހޯމަ ދުވަހު އާންމު ކުރި ރެކޯޑިންތަކުގައި ބައިޑަންގެ ހަނދާނުގެ މައްސަލަ ހުންނާތީ ނަންތައް ނޯޓުކޮށްގެން އުޅުއްވި ކަމާއި، ސިއްރު ލިޔެ ކިޔުންތަކެއް ގޭގައި ބެހެއްޓެވި ކަމުގެ ވާހަކަތައް!
29 ޖުލައި 2026

ގްރަހަމްގެ ޖަނާޒާގައި ޓްރަމްޕް މިންޓް ބައްސަވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، ވައިރަލްވެއްޖެ!

29 ޖުލައި 2026
ގްރަހަމްގެ ޖަނާޒާގައި ޓްރަމްޕް މިންޓް ބައްސަވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، ވައިރަލްވެއްޖެ!
26 ޖުލައި 2026

ހަތިޔާރު މަދުވުމުގެ ސަބަބުން، އީރާން އަށް ދެމުން އައި ހަމަލާތައް އެމެރިކާ އިން މެދުކަނޑާލައިފި

26 ޖުލައި 2026
ހަތިޔާރު މަދުވުމުގެ ސަބަބުން، އީރާން އަށް ދެމުން އައި ހަމަލާތައް އެމެރިކާ އިން މެދުކަނޑާލައިފި
25 ޖުލައި 2026

ޓްރަމްޕްގެ މަޖާ ވާހަކަފުޅުތަކެއް: ވިދާޅުވީ ތިން އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށާއި، ހަތަރު ވަނަ ދައުރަކަށް ވެސް ވާދަ ކުރައްވާނެ ކަމަށް!

25 ޖުލައި 2026
ޓްރަމްޕްގެ މަޖާ ވާހަކަފުޅުތަކެއް: ވިދާޅުވީ ތިން އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށާއި، ހަތަރު ވަނަ ދައުރަކަށް ވެސް ވާދަ ކުރައްވާނެ ކަމަށް!
24 ޖުލައި 2026

ސެޓެލައިޓް މެދުވެރިކޮށް ނަގާ ގަލްފް ސަރަހައްދުގެ ފޮޓޯތައް އާންމުކުރުން ފަސްކޮށްދިނުމަށް އެމެރިކާއިން އެދިފައިވާ އެދުމަށް އީޔޫ އިން އެއްބަސްވެއްޖެ

24 ޖުލައި 2026
ސެޓެލައިޓް މެދުވެރިކޮށް ނަގާ ގަލްފް ސަރަހައްދުގެ ފޮޓޯތައް އާންމުކުރުން ފަސްކޮށްދިނުމަށް އެމެރިކާއިން އެދިފައިވާ އެދުމަށް އީޔޫ އިން އެއްބަސްވެއްޖެ
22 ޖުލައި 2026

މިފަހަރުގެ ވޯލްޑް ކަޕް އަކީ ކުރީގެ މުބާރާތްތަކާ އަޅާބަލާއިރު، ހަތަރު ގުނަ ކާމިޔާބު މުބާރާތެއް: ޓްރަމްޕް

22 ޖުލައި 2026
މިފަހަރުގެ ވޯލްޑް ކަޕް އަކީ ކުރީގެ މުބާރާތްތަކާ އަޅާބަލާއިރު، ހަތަރު ގުނަ ކާމިޔާބު މުބާރާތެއް: ޓްރަމްޕް
19 ޖުލައި 2026

ޖީ7 ގެ ފަރުދާގެ ފަހަތް: ޓްރަމްޕްގެ ނުފޫޒާއި އަމަލުފުޅުތައް ހުންނަނީ ބައިނަލްއަޤުވާމީ ޕްރޮޓޮކޯލް އަށް ވުރެ މަތީގައި

19 ޖުލައި 2026
ޖީ7 ގެ ފަރުދާގެ ފަހަތް: ޓްރަމްޕްގެ ނުފޫޒާއި އަމަލުފުޅުތައް ހުންނަނީ ބައިނަލްއަޤުވާމީ ޕްރޮޓޮކޯލް އަށް ވުރެ މަތީގައި
17 ޖުލައި 2026

އެމެރިކާގެ އިންތިޚާބީ ނިޒާމު އޮތީ ކޮރަޕްޓުވެފައި، ވޯޓުލާ މީހުންގެ ތެރޭގައި އެމެރިކާ ރައްޔިތުން ނޫން މީހުންނާއި މަރުވެފައި ތިބި ވެސް އެބަ ތިބި: ޓްރަމްޕް

17 ޖުލައި 2026
އެމެރިކާގެ އިންތިޚާބީ ނިޒާމު އޮތީ ކޮރަޕްޓުވެފައި، ވޯޓުލާ މީހުންގެ ތެރޭގައި އެމެރިކާ ރައްޔިތުން ނޫން މީހުންނާއި މަރުވެފައި ތިބި ވެސް އެބަ ތިބި: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް