Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

31 ޖުލައި 2026 | ހުކުރު 06:03

އެ ޕޯސްޓު ރީޕޯސްޓި ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެ ހިތްވަރުގަދަ ޒުވާނާ އާއި އޭނާގެ އާއިލާ އަދި އެ ހާދިސާގައި ސަލާމަތްވި ކުއްޖާ ވައިޓް ހައުސް އަށް ގެންނާނެ ކަމަށް. އަދި ވައިޓް ހައުސްގައި އެ ޒުވާނާ އަށް އިނާމު ދިނުން އޮންނާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި. އެއާ އެކު ޓްރަމްޕް ވިދާޅުވެފައި ވަނީ، އެ ޒުވާނާ އަކީ ވަރަށް ހިތްވަރު ގަދަ ޒުވާނެއް ކަމަށާއި، އޭނާ އަށް އިނާމު ހައްގުވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޖުލައި 2026 | ހުކުރު 06:03

ބިޔަ ރާޅުތަކުގެ ތެރޭގައި ގެނބުނު ކުޑަ ކުއްޖަކު ސަލާމަތް ކުރުމަށް 16 އަހަރުގެ ޒުވާނަކު މަަސައްކަތް ކުރާ މަންޒަރު | ސޯޝަލް މީޑިއާ

އެމެރިކާގެ ކެލިފޯނިއާގެ ސެއިންކްރޫޒްގައި ބޮޑެތި ބިޔަ ރާޅުތަކުގެ ތެެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި، އުމުރުން 16 އަހަރުގެ ޒުވާނަކަށް ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި އިނާމު ދެއްވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ. 

ޓްރަމްޕް ވަނީ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި އެ ވީޑިއޯ ރީޕޯސްޓު ކުރައްވައިފަ އެވެ. އެ ވީޑިއޯ އެންމެ ފުރަތަމަ ޕޯސްޓު ކުރައްވާފައި ވަނީ ޓްރަމްޕް ދަރިކަލުން އެރިކް ޓްރަމްޕް އެވެ. އެ ޕޯސްޓުގައި އެރިކް ލިޔުއްވާފައި ވަނީ، އެ ޒުވާނާ އަށް އެންމެ މަތީ ފަންތީގެ އިނާމެއް ދިނުމަށެވެ. 

އެ ޕޯސްޓު ރީޕޯސްޓި ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެ ހިތްވަރުގަދަ ޒުވާނާ އާއި، އޭނާގެ އާއިލާ އަދި އެ ހާދިސާގައި ސަލާމަތްވި ކުއްޖާ ވައިޓް ހައުސް އަށް ގެންނާނެ ކަމަށެވެ. އަދި ވައިޓް ހައުސްގައި އެ ޒުވާނާ އަށް އިނާމު ދިނުން އޮންނާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އެއާ އެކު ޓްރަމްޕް ވިދާޅުވެފައި ވަނީ، އެ ޒުވާނާ އަކީ ވަރަށް ހިތްވަރުގަދަ ޒުވާނެއް ކަމަށާއި، އޭނާ އަށް އިނާމު ހައްގުވާ ކަމަށެވެ.

ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި އެ ޒުވާނާ ވަނީ އުމުރުން 10 އަހަރުގެ ކުއްޖަކު ސީބްރައިޓް ބީޗުގެ ބޮޑެތި ރާޅުތަކުގެ ތެރެއިން ސަލާމަތް ކޮށްފައި އެވެ. ހޫނު މޫސުމުގެ މި ދުވަސްވަރު، އެ ސަރަހައްދުގައި ބޮޑެތި ރާޅުތަކެއް އުފެދޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

ރާޅުތަކުގެ ތެރެއިން އެ ކުޑަ ކުއްޖާ ސަލާމަތް ކުރުމަށް އެ ޒުވާނާ ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ މަންޒަރު ފެނެ އެވެ. އަދި އޭނާގެ ފަހަތުން އެހެން ބަޔަކު ވެސް އެކަމުގައި ބައިވެރިވެ، އެ ޒުވާނާ އާއެކު އެ ކުއްޖާާ ސަލާމަތް ކުރުމަށް މަސައްކަތް ކުރާ މަންޒަރު ފެނެ އެވެ. އެ ޒުވާނާ ވަނީ އެ ހާދިސާގެ ފަހުން، ގެނބުނު ކުއްޖާގެ އާއިލާއާ ވެސް ބައްދަލުކޮށްފައި އެވެ. 

އުމުރުން 16 އަހަރުގެ ޒުވާނާ އަށް ޓްރަމްޕް އަރުވަނީ ކޮން އިނާމެއް ކަމެއް މިހާތަނަށް ހާމަ ކޮށްފައެއް ނުވެ އެވެ. އެމެރިކާގެ އެންމެ މަތީ ފަންތީގެ އިނާމަކީ ޕްރެޒިޑެންޝަލް މެޑަލް އޮފް ފްރީޑަމް ކަމަށްވާއިރު، އެ އިނާމު އާންމުކޮށް ދެނީ ޤައުމީ ސަލާމަތާއި މަސްލަޙަތަށް ނުވަތަ ދުނިޔޭގެ ސުލްޙަ އަށް ނުވަތަ ސަގާފީ މުހިންމު މަސައްކަތްތައް ކޮށްފައިވާ ޚިދުމަތްތަކަށެވެ. 

އެމެރިކާޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

31 ޖުލައި 2026

ޖޯން އޮސޮފް، ޑިމޮކްރެޓިކް ޕާޓީ އިން ބޭނުންވާފަދަ އައު "އޮބާމާ"!

31 ޖުލައި 2026
ޖޯން އޮސޮފް، ޑިމޮކްރެޓިކް ޕާޓީ އިން ބޭނުންވާފަދަ އައު "އޮބާމާ"!
30 ޖުލައި 2026

ހޯމަ ދުވަހު އާންމު ކުރި ރެކޯޑިންތަކުގައި ބައިޑަންގެ ހަނދާނުގެ މައްސަލަ ހުންނާތީ ނަންތައް ނޯޓުކޮށްގެން އުޅުއްވި ކަމާއި، ސިއްރު ލިޔެ ކިޔުންތަކެއް ގޭގައި ބެހެއްޓެވި ކަމުގެ ވާހަކަތައް!

30 ޖުލައި 2026
ހޯމަ ދުވަހު އާންމު ކުރި ރެކޯޑިންތަކުގައި ބައިޑަންގެ ހަނދާނުގެ މައްސަލަ ހުންނާތީ ނަންތައް ނޯޓުކޮށްގެން އުޅުއްވި ކަމާއި، ސިއްރު ލިޔެ ކިޔުންތަކެއް ގޭގައި ބެހެއްޓެވި ކަމުގެ ވާހަކަތައް!
29 ޖުލައި 2026

ގްރަހަމްގެ ޖަނާޒާގައި ޓްރަމްޕް މިންޓް ބައްސަވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، ވައިރަލްވެއްޖެ!

29 ޖުލައި 2026
ގްރަހަމްގެ ޖަނާޒާގައި ޓްރަމްޕް މިންޓް ބައްސަވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، ވައިރަލްވެއްޖެ!
26 ޖުލައި 2026

ހަތިޔާރު މަދުވުމުގެ ސަބަބުން، އީރާން އަށް ދެމުން އައި ހަމަލާތައް އެމެރިކާ އިން މެދުކަނޑާލައިފި

26 ޖުލައި 2026
ހަތިޔާރު މަދުވުމުގެ ސަބަބުން، އީރާން އަށް ދެމުން އައި ހަމަލާތައް އެމެރިކާ އިން މެދުކަނޑާލައިފި
25 ޖުލައި 2026

ޓްރަމްޕްގެ މަޖާ ވާހަކަފުޅުތަކެއް: ވިދާޅުވީ ތިން އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށާއި، ހަތަރު ވަނަ ދައުރަކަށް ވެސް ވާދަ ކުރައްވާނެ ކަމަށް!

25 ޖުލައި 2026
ޓްރަމްޕްގެ މަޖާ ވާހަކަފުޅުތަކެއް: ވިދާޅުވީ ތިން އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށާއި، ހަތަރު ވަނަ ދައުރަކަށް ވެސް ވާދަ ކުރައްވާނެ ކަމަށް!
24 ޖުލައި 2026

ސެޓެލައިޓް މެދުވެރިކޮށް ނަގާ ގަލްފް ސަރަހައްދުގެ ފޮޓޯތައް އާންމުކުރުން ފަސްކޮށްދިނުމަށް އެމެރިކާއިން އެދިފައިވާ އެދުމަށް އީޔޫ އިން އެއްބަސްވެއްޖެ

24 ޖުލައި 2026
ސެޓެލައިޓް މެދުވެރިކޮށް ނަގާ ގަލްފް ސަރަހައްދުގެ ފޮޓޯތައް އާންމުކުރުން ފަސްކޮށްދިނުމަށް އެމެރިކާއިން އެދިފައިވާ އެދުމަށް އީޔޫ އިން އެއްބަސްވެއްޖެ
22 ޖުލައި 2026

މިފަހަރުގެ ވޯލްޑް ކަޕް އަކީ ކުރީގެ މުބާރާތްތަކާ އަޅާބަލާއިރު، ހަތަރު ގުނަ ކާމިޔާބު މުބާރާތެއް: ޓްރަމްޕް

22 ޖުލައި 2026
މިފަހަރުގެ ވޯލްޑް ކަޕް އަކީ ކުރީގެ މުބާރާތްތަކާ އަޅާބަލާއިރު، ހަތަރު ގުނަ ކާމިޔާބު މުބާރާތެއް: ޓްރަމްޕް
19 ޖުލައި 2026

ޖީ7 ގެ ފަރުދާގެ ފަހަތް: ޓްރަމްޕްގެ ނުފޫޒާއި އަމަލުފުޅުތައް ހުންނަނީ ބައިނަލްއަޤުވާމީ ޕްރޮޓޮކޯލް އަށް ވުރެ މަތީގައި

19 ޖުލައި 2026
ޖީ7 ގެ ފަރުދާގެ ފަހަތް: ޓްރަމްޕްގެ ނުފޫޒާއި އަމަލުފުޅުތައް ހުންނަނީ ބައިނަލްއަޤުވާމީ ޕްރޮޓޮކޯލް އަށް ވުރެ މަތީގައި
17 ޖުލައި 2026

އެމެރިކާގެ އިންތިޚާބީ ނިޒާމު އޮތީ ކޮރަޕްޓުވެފައި، ވޯޓުލާ މީހުންގެ ތެރޭގައި އެމެރިކާ ރައްޔިތުން ނޫން މީހުންނާއި މަރުވެފައި ތިބި ވެސް އެބަ ތިބި: ޓްރަމްޕް

17 ޖުލައި 2026
އެމެރިކާގެ އިންތިޚާބީ ނިޒާމު އޮތީ ކޮރަޕްޓުވެފައި، ވޯޓުލާ މީހުންގެ ތެރޭގައި އެމެރިކާ ރައްޔިތުން ނޫން މީހުންނާއި މަރުވެފައި ތިބި ވެސް އެބަ ތިބި: ޓްރަމްޕް
17 ޖުލައި 2026

ޓްރަމްޕް ހުންނެވީ އީރާން އާއެކު ސިޔާސީ މަޝްވަރާތަކަށް ތައްޔާރަށް

17 ޖުލައި 2026
ޓްރަމްޕް ހުންނެވީ އީރާން އާއެކު ސިޔާސީ މަޝްވަރާތަކަށް ތައްޔާރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް