Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ޔޫކްރެއިން

ޔޫކްރެއިން އަށް ޕެޓްރިއޮޓް މިސައިލް އުފެއްދުމުގެ ލައިސަންސް ދިނުމަށް ޓްރަމްޕް އެއްބަސްވެއްޖެ

29 ޖުލައި 2026 | ބުދަ 05:54

ރޮއިޓާސް ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މިއީ ޔޫކްރެއިންގެ ދިފާއީ ޤާބިލުކަން ވަރުގަދަ ކުރުމަށް ކުރެވޭ މުހިންމު ފިޔަވަޅަކަށް ވާނެ. ޕެޓްރިއޮޓް މިސައިލްގެ ނިޒާމަކީ ދުނިޔޭގެ އެންމެ ހަރުދަނާ ވައިގެ ދިފާއީ ނިޒާމުތަކުގެ ތެރޭގައި ހިމެނޭ ނިޒާމެއް. މި ނިޒާމަކީ ދުރު މިނުގެ ބެލިސްޓިކް މިސައިލްތަކާއި، ހަނގުރާާމަވެރި ވައިގެ އުޅަނދުތައް ވައްޓާލުމަށް ބޭނުން ކުރާ ނިޒާމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖުލައި 2026 | ބުދަ 05:54
އެމެރިކާގެ ރައީސް ޓްރަމްޕް އާއި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

އެމެރިކާގެ ރައީސް ޓްރަމްޕް އާއި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ބޭއްވެވި ބައްދަލުވުމުގެ ތެރެއިން | ގެޓީ އިމޭޖަސް

ޔޫކްރެއިން އަށް ޕެޓްރިއޮޓް މިސައިލް އުފެއްދުމުގެ ލައިސަންސް ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވދާޅުވެއްޖެ އެވެ. 

ޒެލެންސްކީ އާއި ޓްރަމްޕް ބައްދަލު ކުރައްވާފައިވާއިރު، ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިން އިން އުންމީދު ކުރަނީ އެމެރިކާގެ ދިފާއީ ކުންފުނިތަކާ އެކު މިސައިލް އުފެއްދުމުގެ ހަމަޖެހުމެއް ޤާއިމު ކުރުން ކަމަށެވެ. 

ރޮއިޓާސް ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މިއީ ޔޫކްރެއިންގެ ދިފާއީ ޤާބިލުކަން ވަރުގަދަ ކުރުމަށް ކުރެވޭ މުހިންމު ފިޔަވަޅަކަށް ވާނެ އެވެ. ޕެޓްރިއޮޓް މިސައިލްގެ ނިޒާމަކީ ދުނިޔޭގެ އެންމެ ހަރުދަނާ ވައިގެ ދިފާއީ ނިޒާމުތަކުގެ ތެރޭގައި ހިމެނޭ ނިޒާމެކެވެ. މި ނިޒާމަކީ ދުރު މިނުގެ ބެލިސްޓިކް މިސައިލްތަކާއި، ހަނގުރާާމަވެރި ވައިގެ އުޅަނދުތައް ވައްޓާލުމަށް ބޭނުން ކުރާ ނިޒާމެކެވެ. 

ރަޝިޔާއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި ޔޫކްރެއިން އަށް ވައިގެ ދިފާއީ ނިޒާމުތައް ލިބުމަކީ ވަރަަށް މުހިންމު ކަމަށް ވަނީ ވެފައި އެވެ. ރަޝިޔާ އިން ޔޫކްރެއިންގެ އާންމު ސަރަހަައްދުތަކަށް ދެމުންދާ މިސައިލް ހަމަލާތަކަށް ރައްދު ދިނުމަށް މި ނިޒާމުތައް ބޭނުން ކުރެވޭނެ އެވެ. 

ޔޫކްރެއިން އަށް މިި މިސައިލް އުފެއްދުމުގެ ޤާބިލުކަން ލިބުމަކީ، އެ ޤައުމުގެ ދިފާއީ ސިނާއަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ އެވެ. މީގެ އިތުރުން އެމެރިކާ އިން ލިބޭ އަސްކަރީ އެހީތެރިކަމަށް ބަރޯސާވާން ޖެހުން މެދުވެ، ޔޫކްރެއިން އަށް އިތުރު މިނިވަން ކަމެއް ލިބިގެން ދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. 

އެމެރިކާގެ ދިފާއީ ކުންފުނިތަކާ އެކު މަސައްކަތް ކުރުމަށް ޔޫކްރެއިން އިން ކުރިއަށް ގެންދާ މަޝްވަރާތަކުގެ ތަފްސީލު މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ. ނަމަވެސް، މި ހަމަޖެހުން ހާސިލުވުމަކީ ޔޫކްރެރިންގެ ދިފާއީ ދާއިރާ އަށް ލިބޭ ތާރީޚީ ކާމިޔާބެއް ކަމަށް ދިފާއީ ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. 

ޓްރަމްޕްގެ މި ނިންމެވުމާ ގުޅިގެން ޒެލެންސްކީ ވަނީ، ޓްރަމްޕް އަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ދެ ޤައުމުގެ ދެ މެދުގައި އޮންނަ ދިފާއީ ހަމަޖެހުންތައް އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވެފައިވެ އެވެ. 

މަސްދަރު: ރޮއިޓާސް

އެމެރިކާ-ޔޫކްރެއިންޕެޓްރިއަޓް މިސައިލް ސިސްޓަމް

އިތުރަށް ކިޔާލަން

01 މެއި 2025

ކުވެއިތަށް ޕެޓްރިއަޓް މިސައިލް ސިސްޓަމް ވިއްކުމަށް އެމެރިކާއިން ހުއްދަ ދީފި

01 މެއި 2025
ކުވެއިތަށް ޕެޓްރިއަޓް މިސައިލް ސިސްޓަމް ވިއްކުމަށް އެމެރިކާއިން ހުއްދަ ދީފި
16 އެޕްރީލު 2017

އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލް ޓެސްޓެއް ނާކާމިޔަބު ވެއްޖެ

16 އެޕްރީލު 2017
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލް ޓެސްޓެއް ނާކާމިޔަބު ވެއްޖެ
07 އެޕްރީލު 2017

ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި

07 އެޕްރީލު 2017
ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
06 މާރިޗު 2017

އުތުރު ކޮރެއާއިން ޖަޕާނު ކަނޑަށް 4 މިސައިލް ފޮނުވާލައިފި

06 މާރިޗު 2017
އުތުރު ކޮރެއާއިން ޖަޕާނު ކަނޑަށް 4 މިސައިލް ފޮނުވާލައިފި
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި

12 ފެބުރުއަރީ 2017
އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް