Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެފްޑީއޭ

ބަރުދަން ލުއިވާނެކަމަށާއި ބަލިތަކުގެ ފަރުވާއަށް ކަމަށްބުނެ ކާބޯތަކެތި އިޝްތިހާރުކުރުމަކީ މަނާކަމެއް: އެމްއެފްޑީއޭ

23 ޖުލައި 2026 | ބުރާސްފަތި 09:12

ސައިންޓިފިކް ހެއްކެއް ނެތި ބަރުދަން ލުއިކޮށްދޭ ކަމަށް ބުނެ ކާބޯތަކެތި އިޝްތިހާރުކުރުމަކީ އާންމުންގެ ސިއްހަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް އެމްއެފްޑީއޭއިން ވަނީ ހާމަކޮށްފައި. ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުމަކީ ގަވާއިދުން މަނާކަމަކަށް ވުމާއެކު، ހާއްސަކޮށް ބަލި މީހުންނާއި މާބަނޑު މީހުން މިފަދަ ތަކެއްޗަށް ސަމާލުވުމަށް އެ އޮތޯރިޓީން އިލްތިމާސްކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ޖުލައި 2026 | ބުރާސްފަތި 09:12
ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީ

ބަރުދަން ލުއިކުރުމަށާއި އެކިއެކި ބަލިތަކުގެ ފަރުވާއަށް ކަމަށް ބުނެ ކާބޯތަކެތި އިޝްތިހާރުކުރުމަކީ މަނާކަމެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ބަރުދަން ލުއިކުރުމަށާއި އެކި ބަލީގެ ފަރުވާއަށް ކަމަށް ބުނެ ގިނަ އުފެއްދުންތަކެއް މާކެޓުކޮށް އެ ތަކެތި ބޭނުންކުރަން ބައެއް ފަރާތްތަކުން އިޝްތިހާރު ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.

އެ އޮތޯރިޓީން ފާހަގަކުރި ގޮތުގައި ސައިންޓިފިކް ދިރާސާއެއްގެ މައްޗަށް ބިނާ ނުކޮށް ސާބިތު ނުހިފޭ މައުލޫމާތު ހިމެނޭ ގޮތަށް އެ ތަކެތި މާކެޓުކުރުމަކީ އެ ބޭނުންކުރާ މީހުންނަށް މައުލޫމާތު އޮޅި، ސިއްހަތަށް އޭގެ ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމެކެވެ.

ވަކިން ޚާއްސަކޮށް ދާއިމީ ބަލިތަކަށް ބޭސްފަރުވާ ކުރާ މީހުންނާއި، މާބަނޑު މީހުން އަދި ގާތުން ކިރުދޭ މައިންނަށް މީގެ ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.

އެ އޮތޯރިޓީން ހާމަކުރި ގޮތުގައި ސިއްހަތަށް ވަކި ފައިދާއެއް ކުރާނެ ކަމަށް ނުވަތަ އެކިއެކި ބަލީގެ ފަރުވާއަށް ރަނގަޅުވާނެ ކަމަށް ދޭހަވާ ގޮތަށް ކާބޯތަކެތި އިޝްތިހާރުކުރުމަކީ މަނާކަމެކެވެ.

އަދި ކާބޯތަކެއްޗަކީ ވަކި ފެންވަރެއްގެ ނުވަތަ ވަކި ހާއްސަ ސިފައެއްގެ އެއްޗެއް ކަމަށް ދޭހަވާ ގޮތަށް ހަގީގަތާ ހިލާފަށް ނުވަތަ ހަގީގަތް އޮޅޭނެ ފަދަ ގޮތަކަށް އިޝްތިހާރުކުރުމަކީ ވެސް އެކަމާ ގުޅޭ ގަވައިދުގެ ދަށުން މަނާކަމެއް ކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.

މި ބަޔާން ނެރުނީ ކާބޯތަކެތީގެ ގޮތުގައި ވިއްކާ އެތައް އުފެއްދުމެއް ބަރުދަން ލުއިވާކަމަށް ބުނެ އިޝްތިހާރުކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. މި ފަދަ އިޝްތިހާރުތަކަކީ ރައްޔިތުންނަށް ގެއްލުން ލިބޭ ކަމެއް ކަމަށާއި، އެފަދަ އިޝްތިހާރުތަކަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އިލްތިމާސްކުރެ އެވެ.

ކާބޯތަކެތީގެ އިޝްތިހާރުތަކުގައި ހަގީގީ މައުލޫމާތު ދިނުމަކީ މުހިއްމު ކަމެއް ކަމަށާއި، އެފަދަ އިޝްތިހާރުތަކުގައި ސައިންޓިފިކް ހެކިތަކެއް ހުރުން ލާޒިމްކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ. ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް މި ފަދަ ކަންކަމަށް ސަމާލުވުމަކީ އެމްއެފްޑީއޭގެ މައިގަނޑު ޒިންމާއެއް ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީބަރުދަން ލުއިކުރުންކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދު

އިތުރަށް ކިޔާލަން

23 ޖުލައި 2026

މެޑިކަލް މާފިޔާގެ ގޮތުގައި ރައީސް މުއިއްޒު ސިފަކުރެއްވި އަމިއްލަ ބޭސް ފިހާރަތަކުން އަސާސީ ބޭހުގެ 80 ޕަސެންޓު ލިބެން ޖެހޭނެ ކަމަށް ކަނޑައަޅައި ބޭސް ހަމަކުރަން ސަރުކާރުން އަންގައިފި

23 ޖުލައި 2026
މެޑިކަލް މާފިޔާގެ ގޮތުގައި ރައީސް މުއިއްޒު ސިފަކުރެއްވި އަމިއްލަ ބޭސް ފިހާރަތަކުން އަސާސީ ބޭހުގެ 80 ޕަސެންޓު ލިބެން ޖެހޭނެ ކަމަށް ކަނޑައަޅައި ބޭސް ހަމަކުރަން ސަރުކާރުން އަންގައިފި
05 ޖުލައި 2026

ރާއްޖެއިން ފޭކު ކެންސަރު ބޭހެއް ފެނިފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން މުޅި ދުނިޔެއަށް ސިއްހީ އިންޒާރެއް ނެރެފި

05 ޖުލައި 2026
ރާއްޖެއިން ފޭކު ކެންސަރު ބޭހެއް ފެނިފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން މުޅި ދުނިޔެއަށް ސިއްހީ އިންޒާރެއް ނެރެފި
14 ޖޫން 2026

މިހާރު ބާޒާރުގައި ހުރި ތަކެތި ޤަވާއިދާ އެއްގޮތަށް ލޭބަލްކުރަން 6 މަސް ދުވަހުގެ މުއްދަތެއް ދީފި

14 ޖޫން 2026
މިހާރު ބާޒާރުގައި ހުރި ތަކެތި ޤަވާއިދާ އެއްގޮތަށް ލޭބަލްކުރަން 6 މަސް ދުވަހުގެ މުއްދަތެއް ދީފި
10 ޖޫން 2026

ގޯސްކޮށް ކާބޯތަކެތި ލޭބަލްކުރާނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭގޮތަށް ގަވާއިދު އާންމުކޮށްފި

10 ޖޫން 2026
ގޯސްކޮށް ކާބޯތަކެތި ލޭބަލްކުރާނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭގޮތަށް ގަވާއިދު އާންމުކޮށްފި
21 މެއި 2026

ބަރުދަން ލުއި ކުރުމާއި، ޖިންސީ ބަލި ކަށި ކަމަށް ބޭނުންކުރާ ބޭސްތަކާއެކު ޖުމްލަ 21 ބޭހެއް ލިސްޓުކޮށް، އެމްއެފްޑީއޭއިން އަނެއްކާ ވެސް އިންޒާރެއް ދީފި

21 މެއި 2026
ބަރުދަން ލުއި ކުރުމާއި، ޖިންސީ ބަލި ކަށި ކަމަށް ބޭނުންކުރާ ބޭސްތަކާއެކު ޖުމްލަ 21 ބޭހެއް ލިސްޓުކޮށް،
އެމްއެފްޑީއޭއިން އަނެއްކާ ވެސް އިންޒާރެއް ދީފި
12 މެއި 2026

އޭޑީއެޗްޑީ ބޭސް ނުލިބޭ މައްސަލަ އެމްޑީޕީގެ މެންބަރު ކުޑޫ ހުށަަހަޅައި މަސައްކަތް ކުރިއަށްދަނިކޮށް ކުއްލިގޮތަކަށް ރައީސް މުއިއްޒުގެ ގަރާރަކުން އެކަން ކުރައްވަން ނިންމަވައިފި

12 މެއި 2026
އޭޑީއެޗްޑީ ބޭސް ނުލިބޭ މައްސަލަ އެމްޑީޕީގެ މެންބަރު ކުޑޫ ހުށަަހަޅައި މަސައްކަތް ކުރިއަށްދަނިކޮށް ކުއްލިގޮތަކަށް ރައީސް މުއިއްޒުގެ ގަރާރަކުން އެކަން ކުރައްވަން ނިންމަވައިފި
23 އެޕްރީލު 2026

އޭޑީއެޗްޑީގެ ބޭސް ނުލިބުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ބޭސްކުންފުންޏާއި އެފްޑީއޭ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދިއްޖެ

23 އެޕްރީލު 2026
އޭޑީއެޗްޑީގެ ބޭސް ނުލިބުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ބޭސްކުންފުންޏާއި އެފްޑީއޭ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދިއްޖެ
13 އެޕްރީލު 2026

ބަރުދަން ލުއިކޮށް، ހަންގަނޑު ރީތި ކުރުމަށާއި، ޖިންސީ ކަންކަމުގައި ބޭނުން ކުރާ ބޭސް ހުއްދަ ނުނަގާ އެތެރެކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އަނެއްކާ ވެސް ދީފި

13 އެޕްރީލު 2026
ބަރުދަން ލުއިކޮށް، ހަންގަނޑު ރީތި ކުރުމަށާއި، ޖިންސީ ކަންކަމުގައި ބޭނުން ކުރާ ބޭސް ހުއްދަ ނުނަގާ އެތެރެކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އަނެއްކާ ވެސް ދީފި
09 މާރިޗު 2026

ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ތެލުލި ފަތް ފަދަ ކާބޯތަކެތި އުފައްދާ ތަނެއްގެ މަސައްކަތް ހުއްޓާލަން އަންގައިފި

09 މާރިޗު 2026
ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ތެލުލި ފަތް ފަދަ ކާބޯތަކެތި އުފައްދާ ތަނެއްގެ މަސައްކަތް ހުއްޓާލަން އަންގައިފި
23 ފެބުރުއަރީ 2026

ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދު ކޮށްގެން ނުވިއްކަން އެދިފި.

23 ފެބުރުއަރީ 2026
ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދު ކޮށްގެން ނުވިއްކަން އެދިފި.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް