Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭހުގެ ދަތިކަން

މެޑިކަލް މާފިޔާގެ ގޮތުގައި ރައީސް މުއިއްޒު ސިފަކުރެއްވި އަމިއްލަ ބޭސް ފިހާރަތަކުން އަސާސީ ބޭހުގެ 80 ޕަސެންޓު ލިބެން ޖެހޭނެ ކަމަށް ކަނޑައަޅައި ބޭސް ހަމަކުރަން ސަރުކާރުން އަންގައިފި

23 ޖުލައި 2026 | ބުރާސްފަތި 07:11

ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން އަސާސީ ބޭސްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި، ފާމަސީތައް ދެ ގްރޭޑަކަށް ގިންތިކޮށް އެ ތަންތަނުން ލިބެންޖެހޭ ބޭހުގެ ލިސްޓު އެމްއެފްޑީއޭއިން ވަނީ އާންމުކޮށްފައި. މި އުސޫލުގެ ދަށުން، ކޮންމެ ފާމަސީއަކުން ވެސް އެ ގިންތިއަކަށް ކަނޑައަޅާފައިވާ ބޭހުގެ މަދުވެގެން 80 އިންސައްތަ، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ އޮތޯރިޓީން ވަނީ ލާޒިމްކޮށްފައި

ޖިނާން ޙުސައިން
ޖިނާން ޙުސައިން | 23 ޖުލައި 2026 | ބުރާސްފަތި 07:11
ފާމަސީއެއްގައި ބޭސް ނަގައިދެނީ

ފާމަސީއެއްގައި ބޭސް ނަގައިދެނީ | އެސްޓީއޯ

މެޑިކަލް މާފިޔާގެ ގޮތުގައި ރައީސް މުއިއްޒު ސިފަކުރެއްވި އަމިއްލަ ބޭސް ފިހާރަތަކުން، އަސާސީ ބޭހުގެ 80 ޕަސެންޓު ލިބެން ޖެހޭނެ ކަމަށް ކަނޑައަޅައި ބޭސް ހަމަކުރަން ސަރުކާރުން އަންގައިފި އެވެ.

ބުދަ ދުވަހުގެ ރޭ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ، ފާމަސީތަކުގައި ބެހެއްޓުމަށް ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓު ދެ ގްރޭޑަކަށް ގިންތިކޮށް، އެ ގްރޭޑަކަށް ކަނޑައެޅިފައިވާ ބޭހުގެ 80 އިންސައްތަ ބޭސް މިއަދުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭނެ ކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ، ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ އަސާސީ ބޭސްތައް، މެދުނުކެނޑި ލިބެން ހުންނަކަން ކަށަވަރުކުރުމަކީ އެ އޮތޯރިޓީގެ ޒިންމާއެއް ކަމަށެވެ. އަދި ފާމަސީތަކުގައި ބެހެއްޓުމަށް ލާޒިމްކޮށްފައިވާ އަސާސީ ބޭހުގެ ލިސްޓް މުރާޖާކޮށް އަދާހަމަކޮށްފައިވާ ކަމަށާއި މި ލިސްޓު ގިންތި ކުރެވިފައިވާ ދެ ގްރޭޑްގެ ބޭސް، އެ ގްރޭޑަކަށް ކަނޑައެޅިފައިވާ ބޭހުގެ މަދުވެގެން 80 އިންސައްތަ ކޮންމެ ފާމަސީއަކުން ވެސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ އޮތޯރިޓީން ވަނީ އެދިފަ އެވެ.

އެމްއެފްޑީއޭއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ފާމަސީ ގިންތި ކުރެވިފައިވާ ގޮތުގެ ތަފްސީލް "ގައިޑްލައިން އޮން މިނިމަލް ރިކުއަރމަންޓް އޮފް އެސެންސިއަލް މެޑިސިންސް އިން ފާމަސީ" ގައި ތަފްސީލުކޮށްފައިވާނެ ކަމަށެވެ. އަދި މި ގައިޑްލައިން އެމްއެފްޑީއޭގެ ވެބްސައިޓާއި ހެލްތް މިނިސްޓްރީގެ ވެބްސައިޓްގެ އިތުރުން ދިރިތި ޕޯޓަލްގެ ޕަބްލިކޭޝަނުން ލިބޭނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

މި ބަދަލާއެކު މިހާރު ހިންގަމުންގެންދާ ފާމަސީތައް ގިންތި ކުރެވިފައިވާ ގްރޭޑާއި އެއްގޮތަށް ހުރިހާ ބޭހެއް މިއަދުން ފެށިގެން ހަ މަސް ތެރޭގައި ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެ އެވެ. އަދި އަލަށް ހުޅުވާ ފާމަސީ، ރަޖިސްޓްރީ ކުރުމަށް ފަހު، ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ، އެ ގިންތިއެއްގެ ފާމަސީގައި ބަހައްޓަންޖެހޭ ބޭސް ހަމަކުރުމަށް ކަމަށް ދެންނެވީމެވެ.
އެމްއެފްޑީއޭގެ އިއުލާނުގައިވޭ

ފާމަސީތަކުގައި ބެހެއްޓުމަށް ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓް ދެ ގްރޭޑަކަށް ގިންތިކޮށް، އެ ގްރޭޑަކަށް ކަނޑައެޅިފައިވާ ބޭހުގެ 80 އިންސައްތަ ބޭސް މިއަދުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭނެ ކަމަށް އެމްއެފްޑީއޭއިން އަންގާފައިވާއިރު، ބަލި މީހުންނަށް ބޭސް ނުލިބޭ ކަމުގެ ޝަކުވާ އަންނަނީ އިތުރުވަމުންނެވެ. ވަކިން ހާއްސަކޮށް އެސްޓީއޯގެ ފާމަސީތަކުން މީގެ ކުރިން ލިބެމުންދިޔަ ބޭސްތައް ނުލިބޭ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

އިތުރަށް ކިޔާލަން

05 ޖުލައި 2026

ރާއްޖެއިން ފޭކު ކެންސަރު ބޭހެއް ފެނިފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން މުޅި ދުނިޔެއަށް ސިއްހީ އިންޒާރެއް ނެރެފި

05 ޖުލައި 2026
ރާއްޖެއިން ފޭކު ކެންސަރު ބޭހެއް ފެނިފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން މުޅި ދުނިޔެއަށް ސިއްހީ އިންޒާރެއް ނެރެފި
14 ޖޫން 2026

މިހާރު ބާޒާރުގައި ހުރި ތަކެތި ޤަވާއިދާ އެއްގޮތަށް ލޭބަލްކުރަން 6 މަސް ދުވަހުގެ މުއްދަތެއް ދީފި

14 ޖޫން 2026
މިހާރު ބާޒާރުގައި ހުރި ތަކެތި ޤަވާއިދާ އެއްގޮތަށް ލޭބަލްކުރަން 6 މަސް ދުވަހުގެ މުއްދަތެއް ދީފި
21 މެއި 2026

ބަރުދަން ލުއި ކުރުމާއި، ޖިންސީ ބަލި ކަށި ކަމަށް ބޭނުންކުރާ ބޭސްތަކާއެކު ޖުމްލަ 21 ބޭހެއް ލިސްޓުކޮށް، އެމްއެފްޑީއޭއިން އަނެއްކާ ވެސް އިންޒާރެއް ދީފި

21 މެއި 2026
ބަރުދަން ލުއި ކުރުމާއި، ޖިންސީ ބަލި ކަށި ކަމަށް ބޭނުންކުރާ ބޭސްތަކާއެކު ޖުމްލަ 21 ބޭހެއް ލިސްޓުކޮށް،
އެމްއެފްޑީއޭއިން އަނެއްކާ ވެސް އިންޒާރެއް ދީފި
12 މެއި 2026

އޭޑީއެޗްޑީ ބޭސް ނުލިބޭ މައްސަލަ އެމްޑީޕީގެ މެންބަރު ކުޑޫ ހުށަަހަޅައި މަސައްކަތް ކުރިއަށްދަނިކޮށް ކުއްލިގޮތަކަށް ރައީސް މުއިއްޒުގެ ގަރާރަކުން އެކަން ކުރައްވަން ނިންމަވައިފި

12 މެއި 2026
އޭޑީއެޗްޑީ ބޭސް ނުލިބޭ މައްސަލަ އެމްޑީޕީގެ މެންބަރު ކުޑޫ ހުށަަހަޅައި މަސައްކަތް ކުރިއަށްދަނިކޮށް ކުއްލިގޮތަކަށް ރައީސް މުއިއްޒުގެ ގަރާރަކުން އެކަން ކުރައްވަން ނިންމަވައިފި
23 އެޕްރީލު 2026

އޭޑީއެޗްޑީގެ ބޭސް ނުލިބުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ބޭސްކުންފުންޏާއި އެފްޑީއޭ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދިއްޖެ

23 އެޕްރީލު 2026
އޭޑީއެޗްޑީގެ ބޭސް ނުލިބުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ބޭސްކުންފުންޏާއި އެފްޑީއޭ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދިއްޖެ
13 އެޕްރީލު 2026

ބަރުދަން ލުއިކޮށް، ހަންގަނޑު ރީތި ކުރުމަށާއި، ޖިންސީ ކަންކަމުގައި ބޭނުން ކުރާ ބޭސް ހުއްދަ ނުނަގާ އެތެރެކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އަނެއްކާ ވެސް ދީފި

13 އެޕްރީލު 2026
ބަރުދަން ލުއިކޮށް، ހަންގަނޑު ރީތި ކުރުމަށާއި، ޖިންސީ ކަންކަމުގައި ބޭނުން ކުރާ ބޭސް ހުއްދަ ނުނަގާ އެތެރެކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އަނެއްކާ ވެސް ދީފި
09 މާރިޗު 2026

ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ތެލުލި ފަތް ފަދަ ކާބޯތަކެތި އުފައްދާ ތަނެއްގެ މަސައްކަތް ހުއްޓާލަން އަންގައިފި

09 މާރިޗު 2026
ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ތެލުލި ފަތް ފަދަ ކާބޯތަކެތި އުފައްދާ ތަނެއްގެ މަސައްކަތް ހުއްޓާލަން އަންގައިފި
23 ފެބުރުއަރީ 2026

ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދު ކޮށްގެން ނުވިއްކަން އެދިފި.

23 ފެބުރުއަރީ 2026
ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދު ކޮށްގެން ނުވިއްކަން އެދިފި.
08 ފެބުރުއަރީ 2026

ތުއްތު ކުދީންނަށް ކާންދިނުމަށް ބޭނުންކުރާ ފޯމިއުލާއަކުން ވިހަ މާއްދާއެއް ފެނުމާއި ގުޅިގެން ބޭނުން ނުކުރުމަށް އަންގައިފި

08 ފެބުރުއަރީ 2026
ތުއްތު ކުދީންނަށް ކާންދިނުމަށް ބޭނުންކުރާ ފޯމިއުލާއަކުން ވިހަ މާއްދާއެއް ފެނުމާއި ގުޅިގެން ބޭނުން ނުކުރުމަށް އަންގައިފި
28 ޖެނުއަރީ 2026

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ނަގާ ފީ ދެ އަހަރު ދުވަހަށް ކުޑަކޮށްދޭން ނިންމައިފި

28 ޖެނުއަރީ 2026
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ނަގާ ފީ ދެ އަހަރު ދުވަހަށް ކުޑަކޮށްދޭން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް